ދިވެހިރާއްޖެ
ކަނޑުގައި ދުއްވާ އިންޖީނުލީ އެއްޗެހި ދުއްވަން ދަނޭތޯ ޢަމަލީ ގޮތުން ޓެސްޓް ކުރައްވާނެ އެގްޒަމިނަރަކު ހަމަޖެއްސުމާއި ބެހޭ.
ކަނޑުގައި ދުއްވާ އިންޖީނުލީ އެއްޗެހި ދުއްވުމުގެ ލައިސަންސް ދޫކުރުމުގައި، އެފަދަ ތަކެތި ދުއްވަން ދަނޭތޯ ޢަމަލީ ގޮތުން ޓެސްޓް ކުރައްވާނެ އެގްޒަމިނަރަކު ހަމަޖެއްސުމަށް، ވަނީ ބޭނުންވެފައެވެ.
މިއީ ޕާޓްޓައިމް ގޮތުގައި، ކުރާ މަސައްކަތަކަށް ވާތީ، މިމަސައްކަތް ކުރައްވާ ފަރާތަކަށް މިވަގުތަށް ކަނޑައެޅިފައިވާ އުޖޫރައަކީ ޓެސްޓް ބާއްވާދޭ ފަރާތަކަށް -/10 ރުފިޔާއެވެ. ނުވަތަ ޓްރާންސްޕޯޓް އޮތޯރިޓީ އާއި، އެފަރާތަކާއި ދެމެދު ވެވޭ އެއްބަސްވުމެއްގައި، ކަނޑަ އަޅުއްވާ އުޖޫރައެކެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 05 ނޮވެންބަރު 2019 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން މިއިދާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ. އަދި އެސިޓީއާއެކު އެފަރާތަކަށް ލިބިފައިވާ ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސްގެ އަޞްލު ނުވަތަ އަޞްލާއި އެއްގޮތް ކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަޞްލު މިއިދާރާއަށް ފޮނުއްވަން ޖެހޭނެއެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.