ދިވެހިރާއްޖެ
މިމިނިސްޓްރީއިން ދޭ މަޢުލޫމާތާއި އެއްގޮތަށް އިސްލާމީ މަރުކަޒުގައި ސީސީޓީވީ ކެމެރާ ސިސްޓަމެއް ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު
ނަންބަރު (IUL)142-A1/142/2019/47 އިޢުލާނަށް އެކަށީގެންވާ ޢަދަދަށް ބިޑް ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާތިލުކޮށް، އަލުން އިޢުލާންކުރަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި މިނިސްޓްރީއަށް ޙާޟިރުވެ ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓަރ ކުރެއްވުމަށްފަހު ބިޑް ހުށަހެޅުއްވުން އެދެމެވެ.
މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ޕްރިބިޑް މީޓިންގައި ޙަވާލުކުރެވޭނެއެވެ. އޭގެ ފަހުން މަޢުލޫމާތު ކަރުދާސް ލިބިގަތުމަކީ ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ކުރާ ފަރާތުގެ ޒިންމާއެކެވެ.
ބިޑް ހުށަހެޅުއްވުމަށް ރަޖިސްޓަރ ކުރުން |
މިނިސްޓްރީގެ ރިސެޕްޝަން |
31 އޮކްޓޯބަރ 2019 އިން 05 ނޮވެމްބަރ 2019 ގެ 12:00 ގެ ނިޔަލަށް |
ޕްރި ބިޑްމީޓިން |
މިނިސްޓްރީގެ މީޓިންގރޫމް 1 |
05 ނޮވެމްބަރ 2019 ގެ 13:00 އަށް |
ބިޑް ހުށަހެޅުން |
މިނިސްޓްރީގެ މީޓިންގރޫމް 1 |
7 ނޮވެމްބަރ 2019 ގެ 9:00 ގައި |
މިނިސްޓްރީގެ ރިސެޕްޝަން ހުޅުވިފައި ހުންނާނީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން މެންދުރު 13:30 އަށެވެ.
ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓަރ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3020261 ފޯނަށެވެ.