މަޤާމް:
|
ޑިރެކްޓަރ
|
މަޤާމުގެ ނަންބަރު:
|
J-309954
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކް:
|
އީ.އެކްސް 1
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ޓެކްނިކަލް ޑިރެކްޓަރ
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
މިނިސްޓްރީ އޮފް ހޯމްއެފެއާޒް / މޮނިޓަރިންގ ސެކްޝަން/ ކ. މާލެ
|
މުސާރަ:
|
މަހަކު 8,835.00ރުފިޔާ
|
ސަރވިސް އެލެވަންސް:
|
މަހަކު 2,000.00ރުފިޔާ
|
އެހެނިހެން އެލަވަންސް:
|
- ޓެކްނިކަލް ކޯ އެލަވަންސް: މި މަޤާމުގެ ކޯ ޑިސިޕްލިން ކަމުގައިވާ ހިއުމަން ރައިޓްސް ލޯ / ޕޮލިޓިކަލް ސައިންސް / ސޯޝިއަލް ޕޮލިސީ ދާއިރާއިން މޯލްޑިވްސް ނެޝަނަލް ފްރޭމްވަރކްގެ ލެވެލް 7 (ހަތެއް) އިން ފެށިގެން މަތީ ސަނަދެއް އޮތް ނަމަ، ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %28 (އަށާވީސް އިންސައްތަ) ހަމަޖެހޭނެއެވެ.
- ސަޕޯޓިންގ ކޯ އެލަވަންސް 2: މަޤާމުގެ ޓެކްނިކަލް ކޯ އަށް ޝަރުޠު ހަމަނުވާނަމަ ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު 1,100.00ރުފިޔާ ހަމަޖެހޭނެއެވެ.
- އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- މޮނިޓަރިންގ ސެކްޝަންގެ އެންމެހާ މަސައްކަތްތައް އޯވަސީ ކުރުން އަދި ސެކްޝަންގެ މުވައްޒަފުންނަށް މަސައްކަތްކުރުމުގައި އަރުވަންޖެހޭ ފަންނީ ލަފަޔާ މަޝްވަރާއެރުވުމާއި ސެކްޝަން ހިންގުން
- ޤާނޫނު ނަންބަރު: 2013/13 (އެންޓި-ޓޯޗަރ ޤާނޫނު)ގެ ދަށުން ކޮންމެ 3 މަހުން އެއް މަހު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށް ހުށަހަޅަންޖެހޭ ރިޕޯރޓް ފޮނުވުމުގެ މަސައްކަތް ކުރުވުން
- ޤާނޫނު ނަންބަރު: 2013/14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލް ޤާނޫނު) ގެ ދަށުން ކަސްޓޯޑިއަލް ޖަލު، ރިމާންޑް ޖަލު އަދި އާންމު ޖަލުގެ ގޮތުގައި މިނިސްޓަރު ކަނޑައަޅުއްވާ ތަންތަނުގެ މަޢުލޫމާތު އާންމުކޮށް އިޢުލާން ކުރުމުގެ މަސައްކަތް ކުރުވުން
- ޤާނޫނު ނަންބަރު: 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެކުލަވާލާފައިވާ "މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރަކަށް އެދމުގެ ކުރިން ޢަމަލުކުރާނެގޮތުގެ އުޞޫލު" ގެ ދަށުން އުފައްދަވާފައިވާ "މޮނިކޮން އެޑްވައިޒަރީ ކޮމިޓީ" ގެ ސެކްރެޓޭރިއެޓްގެ މަސައްކަތްތައް އޯވަރސީ ކުރުން
- ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކުގެ ތެރެއިން މިނިސްޓްރީ ޒިންމާވާ މުޢާހަދާއެއްކަމުގައިވާ "ކޮންވެންޝަން އަގައިންސްޓް ޓޯޗަރ އެންޑް އަދަރ ކްރުއަލް، އިންހިޔުމަން އޯރ ޑީގްރޭޑިނގް ޓްރީޓްމަންޓް އޯރ ޕަނިޝްމަންޓް" (ކެޓް) އާގުޅޭ ގޮތުން ދިވެހިރާއްޖެއިން އެކުލަވާލަންޖެހޭ ރިޕޯޓްތައް ތައްޔާރު ކުރުވުމުގެ އެންމެހާ މަސައްކަތްތައް ކުރުވުން އަދި ރިޕޯޓްތައް ޑްރާފްޓް ކުރުމުގައި ފަންނީ ލަފާ ފޯރުކޮށްދިނުން
- ކެޓް ކޮންވެންޝަން ގެ ދަށުން އުފައްދާފައިވާ "ނޭޝަނަލް ކެޓް އެންޑް އޮޕްކެޓް ކޮމެޓީ" ގެ ބައްދަލުވުންތައް ރާވާ ކޮމިޓީގެ މެންބަރުންގެ މެދުގައި ހިންގަންޖެހޭ ކޯޑިނޭޝަންތައް ހިންގާގޮތް އޯވަރސީ ކުރުން
- ކެޓް އަދި އޮޕްކެޓްގެ ދަށުން ކަމާގުޅޭ ދާއިރާތަކުން ތަންފީޛު ކުރަންޖެހޭ ކަންތައްތައް "ނޭޝަނަލް ކެޓް އެންޑް އޮޕްކެޓް ކޮމެޓީ" އަށް ހުށަހަޅާ އެކަންތައްތައް ތަންފީޛު ކުރެވޭ މިންވަރު ދެނެގަތުން
- އެސް.ޕީ.ޓީ ރިޕޯޓް ތައްޔާރު ކުރުމަށްޓަކައި ބޭނުންވާ މަޢުލޫމާތު ހޯދުމާއި ރިޕޯޓް ކޮމްޕައިލް ކުރުމާއި އެޓަރނީ ޖެނެރަލްގެ ލަފާފުޅު ހޯދުމާއި މިކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުވުން
- ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާއެއްކަމަށްވާ "އިންޓަރނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް" އާއި ގުޅިގެން ދިވެހިރާއްޖެއިން ޔޫ.އެން އަށް ހުށަހަޅަންޖެހޭ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު މިނިސްޓްރީ އަދި މިނިސްޓްރީއާއި ގުޅުންހުރި ދާއިރާތަކުން ހޯދުވާ އަދި އެ މަޢުލޫމާތުތައް މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި ލިޔުމުން ހިއްސާކުރުމުގެ އެންމެހާ މަސައްކަތްތައް ކުރުވުން
- "ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު" ގެ އަޕްޑޭޓަށް ބޭނުންވާ މަޢުލޫމާތު މިނިސްޓްރީ އަދި މިނިސްޓްރީއާއި ގުޅުންހުރި ދާއިރާތަކުން ހޯދުވުން އަދި އެ މަޢުލޫމާތުތައް މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި ލިޔުމުން ހިއްސާކުރުމުގެ އެންމެހާ މަސައްކަތްތައް ކުރުވުން
- ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުޢާހަދާތަކުގެ ތެރެއިން ސަރުކާރުގެ އެހެނިހެން ވުޒާރާތަކުގެ ބެލެނިވެރިކަމުގައިވާ މުޢާހަދާތަކަށް މިނިސްޓްރީއާ މިނިސްޓްރީގެ ދާއިރާގެ އޮފީސްތަކުން ބޭނުންވާ މަޢުލޫމާތު، އެވުޒާރަތަކުން އެދިއްޖެ ޙާލަތެއްގައި ލިޔުމުން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުވުން
- ކުށްވެރިން ބަދަލުކުރުމާ ގުޅޭގޮތުން ބޭރުޤައުމުތަކާ ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުންތަކުގެ ދަށުން ކުށްވެރިން ބަދަލުކުރުމާގުޅޭ މަސައްކަތްތައް ކުރުވުން
- އެން.ޕީ.އެމް އިން މީހުން ބަންދުކުރާ ތަންތަނަށް ޒިޔާރަތްކުރުމަށްފަހު މިނިސްޓަރަށް ފޮނުވާ ރިޕޯޓުތަކުގައި ހުށަހަޅާފައިވާ ހުށަހެޅުންތައް ތަންފީޛުވާ މިންވަރު ދެނެގަތުން އަދި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނު ގެ ދަށުން އެއްވެއުޅުމަށް މީހުން ބޭނުންވާ މިންވަރާއި މިކަމަށް އާއްމުނަށް ހުރި ހުރަސްތައް ދެނެގަތުން
- ސެކްޝަންގެ އިސްވެރިޔާގެ ހައިސިއްޔަތުން މިނިސްޓްރީ ތަމްސީލްކުރަންޖެހޭ ބައްދަލުވުނުންތަކާއި ކޮމިޓީތަކުގައި ބައިވެރިވުން
- ސެކްޝަންގެ އެންމެހާ އިދާރީ މަސައްކަތްތަކާއި، ބަޖެޓާއި އަހަރީ ރޮޕޯރޓާއި އެކްޝަންޕްލޭން އަދި ޕްރޮގުރެސް ތައްޔާރު ކުރުމުގެ މަސައްކަތްތައް ކުރުވުން އަދި ސެކްޝަންގެ މުވައްޒަފުންގެ ޕާރފޯމަންސް އެޕްރެއިޒް ކުރުން
- މީގެ އިތުރުންވެސް މުޅި މިނިސްޓްރީއަށް ދިމާވާ ކުއްލި އިމަރޖެންސީތަކާއި ހުރިހާ މުވައްޒަފުން ޝާމިލްވާންޖެހޭ ޚާއްޞަ ކަންކަމުގައި ބައިވެރިވެ މަސައްކަތުގައި އެހީތެރިވުން
|
މަޤާމުގެ ޝަރުޠުތައް:
|
- ހިއުމަން ރައިޓްސް ލޯ / ޕޮލިޓިކަލް ސައިންސް / ސޯޝިއަލް ޕޮލިސީ ދާއިރާގެ ތަޢުލީމީ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު ސޯޝަލް ސައިންސް ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- ހިއުމަން ރައިޓްސް ލޯ / ޕޮލިޓިކަލް ސައިންސް / ސޯޝިއަލް ޕޮލިސީ ދާއިރާގެ ތަޢުލީމީ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު ސޯޝަލް ސައިންސް ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 12 ނޮވެންބަރު 2019 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، މިނިސްޓްރީ އޮފް ހޯމްއެފެއާޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
ޕްރެޒެންޓޭޝަނާއި، އިމްތިހާން / ޕްރެކްޓިކަލް އަދި އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، ޕްރެކްޓިކަލް / އިމްތިހާން އާއި ޕްރެޒެންޓޭޝަން އޮންނާނީ، 24 ނޮވެންބަރާއި 11 ޑިސެންބަރު 2019 އާ ދެމެދުގެ ތާރީޚެއްގައި، މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައެވެ.
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު ހޯދުން:
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3313325 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3324739 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
|