ދިވެހިރާއްޖެ
`
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިއްދޫ
ދިވެހިރާއްޖެ
ނަންބަރު: (IUL)225-ID/225/2019/19
އިޢުލާނު
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީޓެސްޓް ކުރާނެ އަންހެން އެގްޒަމިނަރެއް ހޯދުން
މިއިދާރާއިން ދޫކުރާ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ ޓެސްޓް ކުރާނެ އަންހެން އެގްޒަމިނަރެއް ބޭނުންވެއެވެ.
- ޝަރުތު:
- ފާއިތުވި 02 އަހަރުދުވަހުގެ ތެރޭގައި ޓްރެފިކްގެ މައްސަލައެއް ސާބިތުވެފައިނުވުން. އަދި ޖިނާއީ ކުށެއްކޮށްފައިވާ މީހަކު ކަމުގައި ނުވުން.
- ދޫކުރި ތާރީޚުން ފެށިގެން 02 އަހަރު ދުވަސްވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.
- ޢުމުރުން 55 އަހަރު ނުވާ، ރަނގަޅު ސިއްޙަތެއްގައި ހުރި މީހަކެއް ކަމުގައިވުން.
އުޖޫރަ:
- A0,A1 ކެޓަގަރީގެ އުޅަނދަކަށް -/15ރުފިޔާ
- އެހެނިހެން ކެޓަގަރީތަކުގެ ކޮންމެ އުޅަނދަކަށް -/25ރުފިޔާ
ވީމާ ، މިކަމަށް ޝަޢުޤުވެރިވެ ވަޑައިގަންނަވާ ބޭފުޅުން 20ނޮވެންބަރު 2019 ވަނަ ދުވަހުގެ 14:00ގެ ކުރިން ކުށުގެ ރެކޯޑް ފޯމް ފުރިހަމަކުރައްވައި، ވަނަވަރާއެކު ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
29 ޞަފަރު 1441
28 އޮކްޓޫބަރު 2019