ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެސިސްޓެންޓް މެނޭޖަރ
ވަޒީފާގެ ފުރުޞަތު
މިކުންފުނީގެމިދަންނަވާމަޤާމަށްމުވައްޒަފު(ން)ބޭނުންވެއްޖެއެވެ.
މަޤާމް: |
އެސިސްޓެންޓް މެނޭޖަރ |
ބޭނުންވާ ޢަދަދު: |
01 |
އަސާސީ މުސާރަ: |
މަހަކު -/5610 ރުފިޔާ |
މަސައްކަތް ކުރަންޖެހޭތަން: |
އެސްޓީއޯ ލ. ގަން ފާމަސީ / މެޑިކަލް ސަރވިސަސް ޑިޕާޓްމަންޓް |
އެހެނިހެން އިނާޔަތްތައް
- އިތުރު އެލަވަންސްގެ ގޮތުގައި މަހަކު -/2000 ރުފިޔާއާއި -/2500 ރުފިޔާއާ ދެމެދުގެ ޢަދަދެއް ލިބޭނެއެވެ.
- ހަމަޖެހިފައިވާ އުސޫލުން މަސައްކަތަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ ލިބޭނެއެވެ.
- މަތީތަޢުލީމު ހާސިލު ކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.
- އިތުރުގަޑީގައްޔާއި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
- ޕްރޮބޭޝަން ފުރިހަމަކުރުމުން ސްޓާފް ހެލްތު އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.
މަޤާމުގެ މަސްއޫލިއްޔަތު
- ލ. އަތޮޅު ފާމަސީ ތަކުގެ ހިންގުން މޮނިޓަރކޮށް ބެލެހެއްޓުން
- ފާމަސީތަކަށް ބޭސްތައް ފޯރުކޮށްދިނުން
- ފާމަސީތަކުގަ ހުންނަ ބޭސްތަކުގެ އެކްސްޕަޔަރީ މޮނިޓަރކޮށް ބެލެހެއްޓުން
- ބޭސްތައް ގެންދިއުމާއި ގެނައުމުގެ ޕްރޮސެސް މޮނިޓަރކުރުން އަދި މިޕްރޮސެސްގައި ދިމާވާދަތިތައް ގުޅުންހުރި ސެކްޝަނަކާ ވާހަކަ ދައްކައިގެން ހައްލުކުރުން
ފެންވަރު ނުވަތަ ޝަރުތު
- ޑިޤްރީ/ޑިޕްލޮމާ ފެންވަރު ހުރުން ނުވަތަ
- މަޤާމާއި ގުޅުން ހުރި ދާއިރާއަކުން މަދުވެގެން 05 އަހަރު ދުވަހުގެ ތަޖުރިބާ ހާސިލްކޮށްފައިވުން
ސުންގަޑި
މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2019 ނޮވެމްބަރ 04 ވާ ހޯމަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯއަށް ވަޒީފާއަށް އެދި ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމް މިކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުންނާއި ވެބްސައިޓުން (https://sto.mv/Uploads/Download/sto_job_application_form_v14.pdf) ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.
ނޯޓް
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާއިއެކުގައެވެ)
- މިމަޤާމަށް މުވައްޒަފުން ހޮވާނީ އިޢުލާންގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުތު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން އިންޓަވިއުއިން އެންމެމަތިން މާކްސްލިބޭ ފަރާތްތަކެވެ.
- އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
- ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯރޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
- ގުޅޭނެ ނަންބަރު: 3344319 / އީމެއިލް އެޑްރެސް:[email protected]
28 އޮކްޓޯބަރ 2019
28 އޮކްޓޫބަރު 2019
ހޯދާ