ދިވެހިރާއްޖެ
ކުޅުދުއްފުށި، ފުނަދޫ އަދި މާވަރުލު އެއަރޕޯޓަށް ބޭނުންވާ ގޭސް ޕަވަރ ބްލޯވަރ ސަޕްލައިކޮށްދޭނެ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު (IUL)448/1/2019/87 އިޢުލާނާއި ގުޅިގެން ލިބިފައިވާ ޕްރޮޕޯސަލްތަކުގެ ތެރެއިން ޓެކްނިކަލް ސްޕެސިފިކޭޝަން ދިމާވަނީ 02 ފަރާތުން ކަމަށްވާތީވެ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް އެދި ޝަޢުގްވެރިވެލައްވާ ފަރާތްތަކުން 04 ނޮވެމްބަރ 2019 ވާ ހޯމަ ދުވަހުގެ 09:30 އަށް ރީޖަނަލް އެއަރޕޯޓްސް، ވެލާނާގެ 11 ވަނަ ފަންގިފިލާ އަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
މި އިއުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިއުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކުރެވިފައިވާކަން މައޫލޫމާތަށްޓަކައި ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ (ރަސްމީ މަސައްކަތު ގަޑީގައި) 3323776 ނަންބަރު ފޯނާއެވެ.