މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މޯލްޑިވިއަން ބްލަޑް ސަރވިސަސް އަށް ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް މަގާމަށް މީހުން ހޯދުމާގުޅޭ

 

އިޢުލާން

މަޤާމު

 ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް

މަޤާމުގެ ނަންބަރު

J-235177

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އީ. އެކްސް. 3

މަޤާމުގެ ކްލެސިފިކޭޝަން

ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް

ޑިވިޝަން / ސެކްޝަން

އެޑްމިނިސްޓްރޭޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން

މޯލްޑިވިއަން ބްލަޑް ސަރވިސަސް

މުސާރަ

-/11,065 ރުފިޔާ

ސަރވިސް އެލަވަންސް

-/2000 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް
  3. ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު -/1300ރުފިޔާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  • މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ އެޑްމިނިސްޓްރޭޝަން ޑިވިޝަންގެ ދަށުން ކުރެވެމުންދާ މަސައްކަތްތައް ހިނގާ ނުހިނގާ ގޮތްބަލައި ދުވަހުން ދުވަހަށް ޒިންމާދާރުވެރިޔާއަށް ރިޕޯޓްކުރުން. 
  • އޮފީހުގެ މަޤްޞަދުތަކާއި، ރާވާފައިވާ ސްޓްރެޓަޖީތަކާއި އެއްގޮތަށް އެޑްމިނިސްޓްރޭޝަން ޑިވިޝަންގެ މެންޑޭޓްގައިވާ މަސައްކަތްތައް ކުރުވުން.
  • އިދާރީގޮތުން މޯލްޑިވިއަން ބްލަޑް ސަރވިސަސް އިން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް އިންތިޒާމުކުރުމާއި، ހިންގައި ބެލެހެއްޓުން. 
  • އެޑްމިނިސްޓްރޭޝަން ޑިވިޝަންގެ މަސައްކަތްތައް ހަލުވިކަމާއެކު ހިންގައި ބެލެހެއްޓުމުގައި އެކިއެކި އިންތިޒާމުތައް ކުރުން. 
  • އެޑްމިނިސްޓްރޭޝަން ޑިވިޝަނުން ދޭ ޚިދުމަތްތަކުގެ ދާއިރާތައް ކުރިއަރުވައި ތަރައްޤީކުރުމާއި، އެޚިދުމަތްތަށް އަވަސްވާނެ ގޮތަށް ކަންތައްތައް ރޭވުން.
  • އެޑްމިނިސްޓްރޭޝަން ޑިވިޝަންގެ މަސައްކަތާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތަކާއި ޕްރޮސީޖާތައް ހަދައި އިޞްލާޙުކޮށް ބެލެހެއްޓުން.
  • ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ޤާނޫނު ހިންގުމަށް ކަނޑައަޅާ އެކްޝަން ޕްލޭނާއި، ޕްރޮޖެކްޓްތައް ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ސެކްޝަންތަކުގެ ސީނިއަރ މުވައްޒަފުންގެ ޕަރފޯމެންސް އެޕަރައިޒަލްއާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ބެލެހެއްޓުމާއި، ޑިވިޝަންތަކުގެ އިސްބޭފުޅުންގެ ޕަރފޯމެންސް  އެޕަރައިޒަލް ހެދުން
  • މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ އަހަރީ ރިޕޯޓް ތައްޔާރުކުރުމާ ބެހޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް އިސްކޮށް ބެލެހެއްޓުން.
  • މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން ރާއްޖޭން ބޭރަށާއި ރާއްޖޭގެ އަތޮޅުތަކަށް ކުރަންޖެހޭ އެންމެހާ ދަތުރުތަކާބެހޭ އިންތިޒާމުތައް ހިނގާގޮތް ބެލެހެއްޓުން.
  • އެޑްމިނިސްޓްރޭޝަން ޑިވިޝަންގެ ސީނިއަރ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުން

މަޤާމުގެ ޝަރުތުތައް

  1. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތު ދާއިރާއެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 ނުވަތަ،

2.މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތު ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ތަޢުލީމީ ރޮނގުތައް

ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން

ގުޅޭ ވަޒީފާގެ ދާއިރާތައް

އެޑްމިނިސްޓްރޭޝަން،  މެނޭޖްމަންޓް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ www.health.gov.mv  ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6.ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7.ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

8.މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ10 ނޮވެންބަރު 2019 ވަނަ ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ހެލްތު ކައުންޓަރ އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު، އިމްތިހާނާއި ޕުރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، އިމްތިހާނާއި ޕުރެޒެންޓޭޝަން އޮންނާނީ، 2019 ވަނަ އަހަރުގެ ނޮވެންބަރު މަހު މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ  ބިލްޑިންގ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތްތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ 3014437 ނަންބަރު ފޯނަށެވެ.

 

 

 

 

 

 

 

                                        

28 އޮކްޓޫބަރު 2019
ހޯދާ