މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ގއ. ވިލިނގިލި ފުޓްބޯލް ގްރައުންޑް ސަބް-ގްރޭޑް ވޯރކްސް

 

MALDIVES REAL ESTATE INVESTMENT CORPORATION PVT LTD

  

ނަންބަރު: MREIC/IU/2019/0019 

 

ގއ. ވިލިނގިލި ފުޓްބޯލް ގްރައުންޑް ސަބް-ގްރޭޑް ވޯރކްސް

 

ގއ. ވިލިނގިލި ފުޓުބޯޅަ ދަނޑުގެ ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން:

މި ކުންފުނީގެ ފަރާތުން ގއ. ވިލިނގިލީގައި ހަދާ ފުޓުބޯޅަ ދަނޑުގައި މި ކުންފުނިން ދޭ މައުލޫމާތާއި އެއްގޮތަށް ތިރީގައި މިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

  1. ކާނު ހެދުމާއި ކާނު އެޅުން
  2. ގާއެޅުމާއި ގާއެތުރުން
  •      މި މަސައްކަތްތައް ކުރުމަށް ބޭނުންވާ ސާމާނު (ރޯމެޓީރިއަލްސް) މިކުންފުނިން ފޯރުކޮށްދޭނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 31 އޮކްޓޯބަރު 2019 ވާ ބުރާސްފަތި ދުވަހު 10:00 އަށް، ގއ. ވިލިނގިލި ކައުންސިލް އިދާރާ އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށައެޅުން އޮންނާނީ 02 ނޮވެމްބަރު 2019 ވާ ހޮނިހިރު ދުވަހު 10:00ގައެވެ. އަންދާސީހިސާބު ހުށައަޅުއްވަންވާނީ، މައުލޫމާތު ބައްދަލުވުމުގައި ދެވޭ މައުލޫމާތާއި އެއްގޮތަށް ދެ މަސައްކަތަށް ވަކިވަކިންނެވެ. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް އަދި އެއްފަރާތަކުން އެއް އަންދާސީހިސާބަށް ވުރެ ގިނަ އަންދާސީހިސާބު ހުށަހަޅާފައިވާނަމަ އެފަދަ އަންދާސީހިސާބުތައް ބާޠިލްކުރެވޭނެއެވެ. އަންދާސީހިސާބު ހުޅުވުން އޮންނާނީ އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުމަށް ހާޒިރުވެލައްވާ ފަރާތްތަކުގެ ހާޒިރުގައި އެ ބައްދަލުވުމުގައެވެ.  

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ، 7736424 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

 

27 އޮކްޓޯބަރު 2019

 

A subsidiary of MTCC

Maldives Real Estate Investment Corporation Pvt Ltd  |  01st Floor, MTCC Sawmill  |  Boduthakurufaanu Magu  |  Maldives
Phone: 7736424  |  Fax: 3001422  |  E-mail: [email protected]

27 އޮކްޓޫބަރު 2019
ހޯދާ