ދިވެހިރާއްޖެ
އިޢުލާން
1 - 2020 ވަނަ އަހަރު ދަރިވަރުންނަށް ދޫކުރާ ސްޓޭޝަނަރީ ވައުޗަރަށް ކްރެޑިޓަށް ތަކެތި ދޫކުރުމަށް ޝައުޤުވެރިވެލައްވާ، ވިޔަފާރިކުރުމުގެ ހުއްދަ އޮތް ފަރާތްތަކުން މިމިނިސްޓްރީގައި ރަޖިސްޓްރީ ކުރުމަށް ހުޅުވާލަމެވެ.
2 - މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 ނޮވެންބަރު 14 ވަނަ ދުވަހުގެ 14:00 ގެ ކުރިން "ސްޓޭޝަނަރީ ވައުޗަރ ދޫކުރުމަށް ރަޖިސްޓްރީ ވުމަށްއެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު ހ. ވެލާނާގެ 8 ވަނަ ފަންގިފިލާގައި ހުންނަ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކައުންޓަރަށް ހުށަހެޅުއްވުމަށް ދެންނެވީމެވެ.
3 - އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާނަމަ "ސްޓޭޝަނަރީ ވައުޗަރ ދޫކުރުމަށް ރަޖިސްޓްރީ ވުމަށްއެދޭ ފޯމް" ފުރިހަމަ ކުރުމަށްފަހު 6 ވަނަ ނަންބަރު ގައިވާ އީމެއިލްއަށް ފޮނުއްވުމަށް ދެންނެވީމެވެ.
4 - 2019 ވަނަ އަހަރު ދަރިވަރުންނަށް ސްޓޭޝަނަރީ ވައުޗަރ ދޫކުރުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުންވެސް 2020 ވަނަ އަހަރަށް އަލުން ރަޖިސްޓްރީ ކުރަންޖެހޭނެ ވާހަކަ ދެންނެވީމެވެ.
5 - މިއިޢުލާނާއެކު "ސްޓޭޝަނަރީ ވައުޗަރ ދޫކުރުމަށް ރަޖިސްޓްރީ ވުމަށްއެދޭ ފޯމް" އެޓޭޗް ކުރެވިފައިވާނެއެވެ.
6 - އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް ސެކްޝަން
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.
ފޯން: 3341403, 3341436
އީ-މެއިލް: [email protected]
ކޮޕީ-މެއިލް: [email protected]