ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.
|
މަޤާމް:
|
އެސިސްޓެންޓް ޑިރެކްޓަރ
|
މަގާމުގެ ނަންބަރު:
|
J295231
|
ބޭނުންވާ އަދަދު:
|
1
|
މަގާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކް:
|
އެމް. އެސް. 3
|
މަޤާމުގެ ކްލެސިފިކޭޝަން:
|
އެސިސްޓެންޓް ޑިރެކްޓަރ
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް / ޕްރޮކިއުމަންޓް ސެކްޝަން
|
މުސާރަ:
|
-/7035 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
-/2000 ރުފިޔާ
|
ސްޕެޝަލް ޑިއުޓީ އެލަވަންސް:
|
2462/25 ރުފިޔާ
|
ކޯ އެލަވަންސް
|
-/900 ރުފިޔާ
|
މަގާމުގެ ޝަރުތު
|
- އެކައުންޓިންގ ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނޭޖްމަންޓް ނުވަތަ ފައިނޭންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމެންޓްގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- އެކައުންޓިންގ ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނޭޖްމަންޓް ނުވަތަ ފައިނޭންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމެންޓްގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- އެކައުންޓިންގ ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނޭޖްމަންޓް ނުވަތަ ފައިނޭންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން.
|
މަގާމުގެ މައިގަޑު މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:
|
- މިނިސްޓްރީ އާއި މިނިސްޓްރީގެ ހިމެނޭ ސެކްޝަންތަކާއި ޔުނިޓްތަކަށް ބޭނުންވެގެން ހޯދަންޖެހޭ ނުވަތަ ގަންނަންޖެހޭ ތަކެތި މާލިއްޔަތު ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އެކަމަކަށް އެދި ހުށަ ހެޅޭތާ ސަރުކާރު ބަންދު ނޫން 1 ދުވަހާއި 7 ދުވަހުގެ ތެރޭގައި އެކަމެއް ހަމަޖައްސައިދިނުން ( 35،000 ދަށުގެ މަސައްކަތްތައް)
- މިނިސްޓްރީގެ އެކި ޑިޕާރޓްމަންޓް ތަކުން އެދިގެން މުދަލާއި ޚިދުމަތުގެ އަގު -/35000 ރުފިޔާއަށްވުރެ މަތިވާ މަސައްކަތްތަކަށް އިޢުލާނުކުރުން، އިޢުލާން އާއި ޓެންޑަރ ޑޮކިއުމަންޓްސްތައް ސަރުކާރުގެ ގެޒެޓްގައި އަޕްލޯޑް ކުރުން.
- މިނިސްޓްރީއިން ހިންގާ އެކިއެކި މަޝްރޫޢު ތަކާގުޅިގެން ހޯދަންޖެހޭ ތަކެއްޗާއި ޚިދުމަތް ހޯދުމަށް ޑިޕާރޓްމަންޓްތަކުން ކުރާ އިޢުލާނުތަކާއި ގުޅިގެން ދެއްވާ މަޢުލޫމާތު ޝީޓްތަކާއި، ބިޑް ޑޮކިއުމެންޓް ތައްޔާރު ކުރުން.
- އިޢުލާން ކޮށްގެން ކުރިޔަށްގެންދާ ބިޑްތަކުގެ ޕްރީބިޑް މީޓިންގ ބާއްވާ ޔައުމިއްޔާ ލިޔުން އަދި ބިޑް ހުޅުވުމަށް ކުރަންޖެހޭ އެންމެހާ ތައްޔާރީތައް ކުރުން.
- ޕްރޮކިއުމަންޓް ޕްލޭން ހެދުމަށް ބޭނުންވާ މައުލޫމާތުތައް ޑިޕާރޓްމަންޓް ތަކުން ހޯދާ ފިނޭންސް މިނިސްޓްރީއާއި ހިއްސާކުރުން. ޕްރޮކިއުމަންޓުން އެއް އަހަރުން އަނެއް އަހަރަށް ހަދަންޖެހޭ ބަޖެޓް ހެދުމާއި އަހަރީ ރިޕޯޓަށް ދޭންޖެހޭ މަޢުލޫމާތުތައް ދިނުން.
- އެންޓި ކޮރަޕްޝަން އިން ހޯދުމަށް ބޭނުންވާ ލިޔެކިއުން އެފަރާތަށް ފޯރުކޮށް ދިނުން އަދި އޮޑިޓަރ ޖެނަރަލް އޮފީހުން އޮޑިކުރަމުން ދާއިރު އެފަރާތުން ހޯދުމަށް އެދޭ ލިޔެކިޔުން ފޯރުކޮށްދީ އެފަރާތަށް ޖަވާބުދާރީވުން.
- މިނިސްޓްރީއިން ހޯދާ މަސައްކަތްތަކާ ހިދުމަތްތަކަށް ސެޕް ސިސްޓަމް މެދުވެރިކޮށް ޕީއޯ ޖެހުމުން ޕީއޯ ރިލީސް ކުރުން.
- މިނިސްޓްރީގެ އެކި ޑިޕާރޓްމަންޓް ތަކުން އެދިގެން ހޯދާ މުދަލާއި ޚިދުމަތުގެ (MVR 35,000) ރުފިޔާއަށްވުރެ ދަށް ހިދުމަތްތަކާއި ގަންނަތަކެއްޗަށް މާލިއްޔަތުގެ ޤަވައިދާ އެއްގޮތުގެ މަތިން ކޮންޓްރެކްޓް ހެދުން އަދި ކޮންޓްރެކްޓް މެނޭޖް ކުރުން.
- މިނިސްޓްރީން ޚިދުމަތް ހޯދާ ފަރާތްތަކުން ހުށަހަޅާ ބިލްތަކަށް ފައިސާ ދެއްކުމަށް ފިނޭންސް ސެކްޝަނަށް ފޮނުވަންޖެހޭ ޑޮކިއުމަންޓް ހަމަކުރުމަށް ފަހު ފިނޭންސް ސެކްޝަނަށް ފޮނުވުން އަދި ފައިސާ ނުދެއްކި ހުންނަ ބިލްތަކަށް ފައިސާ ދެއްކުން އަވަސް ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންތައް ކުރުވުން.
- މިނިސްޓްރީގެ ފަރާތުން ރާއްޖެ އާއި ރާއްޖޭގން ބޭރަށް ވަޑައިގަންނަވާ ބޭފުޅުންގެ ޓަރާންސްޕޯރޓް ހަމަޖައްސާ ދިނުމާއި މިނިސްޓްރީގައި މިނިސްޓްރީން ބޭރުގައި ބޭއްވޭ ބައްދަލްވުންތަކަށް ހަމަޖައްސާ ދޭންޖެހޭ ރިފްރެސްމެންޓް ހަމަޖައްސާ ދިނުން.
- ޔުނިޓުގެ މުވައްޒަފު ސަލާމުގައި ނުވަތަ ޗުއްޓީގައި ހުންނަ މުއްދަތުގައި އެމުވައްޒަފަކު ކުރާ މަސައްކަތްތަކުގެ ތެރެއިން ވަކިގަޑިއަކަށް ނިންމަން ޙަވާލުކުރާ މަސައްކަތްތައް ކުރުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
|
- ފައިނޭންސް އެންޑް އެކައުންޓިންގ މަސައްކަތާގުޅޭ ދާއިރާގައި ތަޖުރިބާ ލިބިފައިވުން.
- ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާ ބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ) މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ. )
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް )
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒުކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުއްޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުއްޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް
|
މަގާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަށްޖެހޭ ތަކެތި ހުށަހަޅާނީ 12 ނޮވެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަން ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
އިންޓަރވިއު ( އިމްޠިޙާނާއި ޕްރެޒެންޓޭޝަން ) އޮންނާނެ ތަނާއި މުއްތަދު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއުއާއި އިމްތިޙާން ކުރުން 13 ނޮވެމްބަރ 2019 އާއި 21 ނޮވެމްބަރ 2019 އާ ދެމެދު މި މިނިސްޓްރީގައި އޮންނާނެއެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ (10 ) ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު ހޯދުމަށް:
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ނަންބަރު 3018329، 3018328،3018330އަށް ގުޅުއްވުން އެދެމެވެ.
|
28 ޞަފަރު 1441
27 އޮކްޓޯބަރ 2019
|