މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
އައި.ސީ.ޓީ. ޓެކްނީޝަން

އިޢުލާނު

 

ވަޒީފާގެ ފުރުޞަތު

(IUL)13-HR/13/2019/251 ނަންބަރު:

މަޤާމް:

އައި.ސީ.ޓީ. ޓެކްނީޝަން

މަޤާމުގެ ނަންބަރު:


 
J-312028

 

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ސެކްޝަން

އައި.ސީ.ޓީ. ސެކްޝަން/  ކޯޕަރޭޓް އެފެއާޒް ޑިޕާޓްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް، / ކ. މާލެ

މުސާރަ:

މަހަކު 5,610/- ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,000/-  ރުފިޔާ

އެހެނިހެން އެލަވަންސް:

- ފިނޭންސް އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ގެ އެލަވަންސެއް ކޮންމެ މަހަކު ދެވޭނެއެވެ.

- ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު -/700ރ ދެވޭނެއެވެ.

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް ދެވޭނެއެވެ.

- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ދައުލަތުގެ މާލިއްޔަތު ބެލެހެއްޓުމަށް އިމްޕްލިމަންޓް ކުރެވޭ ޕަބްލިކް އެކައުންޓިންގ ސިސްޓަމް ބެލެހެއްޓުމުގެ މަސައްކަތް ކުރުމާއި، މި ޕްރޮޖެކްޓްގެ އެކިއެކި ފޭސްތަކުގައި ނިންމަންޖެހޭ މަސައްކަތްތައް ކުރުން
  1. ޕަބްލިކް އެކައުންޓިންގ ސިސްޓަމް އިމްޕްލިމެންޓް ކުރުމަށްޓަކައި ސަރުކާރު އޮފީސްތަކުގެ ނެޓްވާކް ސްޓަރަކްޗަރ ބަލައި ސާވޭ ކުރުމުގެ އިންތިޒާމް ހަމަޖައްސައި، ޕީ.އޭ.އެސް ސިސްޓަމާއި ދެމެދު ނެޓް އެކްޓިވިޓީ މައްސަލައެއް އުޅޭނަމަ އެކަމެއް އެން.ސީ.އައި.ޓީ އާއި ގުޅިގެން ހައްލު ކުރުން
  1. ޕަބްލިކް އެކައުންޓިންގ ސިސްޓަމް ހިންގުމަށް ބޭނުންކުރާ ނެޓްވާރކްގެ ނިޒާމަށް ކުރިމަތިވެދާނެ ގެއްލުން ދުވަހުން ދުވަހަށް ބެލުން
  1. މިނިސްޓްރީ އާއި ޕަބްލިކް އެކައުންޓިންގ ސިސްޓަމްގެ ނެޓްވަރކް ސްވިޗް، ރައުޓަރ، ފަޔަރވޯލް، ވައިފައިޔުނިޓު އަދި މިނޫންވެސް ނެޓްވަރކް ޑިވައިސްތަކުގެ ކޮންފިގަރޭޝަން ފައިލްތަކުގެ ބެކަޕް ނަގައި ރައްކާތެރިކަމާއިއެކު ބެލެހެއްޓުން
  1. ޓްޜެރަރީ އެންޑް ޕަބްލިކް އެކައުންޓްސް ޑިޕާޓްމަންޓް އާއި މިނިސްޓްރީ އޮފް ފިނޭންސްގެ ނެޓްވާކް ސްވިޗް އަދި އެކްޓިވް ޑައިރެކްޓަރީ ސާވާއަށް ދިމާވާ ހުރިހާ ޓެކްނިކަލް މައްސަލަތައް ހައްލުކުރުން
  1. ޕަބްލިކް އެކައުންޓިންގް ސިސްޓަމްގެ ރިކުއަރމަންޓަށް ބަދަލެއްއައުމުގެ ސަބަބުން އެޕްލިކޭޝަން ސޮފްޓްވެއަރއަށް ގެންނަންޖެހޭ ބަދަލު ގެނައުން (ކަސްޓަމައިޒޭޝަން އެންޑް ޑިވެލޮޕްމަންޓަށް)
  1. އެޕްލިކޭޝަންތަކަށް ދިމާވާ މައްސަލަތައް ބަލައި އެފަދަ މައްސަލަތަކުގެ ހައްލުކުރުން
  1. އެޕްލިކޭޝަން ތަކާއި ގުޅޭ ޑޭޓާބޭސްގެ ބެކަޕް ތާވަލެއް ހަދައި އެތާވަލާއި އެއްގޮތަށް ބެކަޕް ނެގުމުގެ އިންތިޒާމު ހަމަޖައްސައި އެކަންތައް ބެލެހެއްޓުން
  1. ޕަބްލިކް އެކައުންޓިންގ ސިސްޓަމްގެ ބޭނުންތައް ދިރާސާކޮށް ލިޔުމުގައި އެހީތެރިވުން
  1. އެވަގުތަކަށް ބޭނުންވާ ޓެކްނޮލޮޖީ އެންމެ ބޭނުންތެރި ގޮތެއްގައި ބޭނުންކުރެވޭނެ ސިޔާސަތުތައް މިނިސްޓްރީ އޮފް ފިނޭންސްގެ އިސް މުވައްޒަފުންނާއި ސަރުކާރުގެ އިދާރާތަކާއި އަދި ބޭރުން ތަކެތި ފޮނުވައިދޭ ފަރާތްތަކާއިގުޅައިގެން އެކުލަވާލުން
  1. މިނިސްޓްރީ އޮފް ފިނޭންސްގެ އިސް މުވައްޒަފުންނާއެކު މަސައްކަތްކޮށް ނިޒާމްތަކުގެ ރައްކާތެރިކަމާއި، ބެކަޕް ޕްލޭނާއި ބެކަޕް ހަދާނެ އުޞޫލާއި މަސައްކަތްތައް ކުރިޔަށް ގެންދެވޭނެ ރޭވުންތަކާބެހޭ ސިޔާސަތުތައް އެކަށައެޅުން
  1. ޕަބްލިކް އެކައުންޓިންގ ސިސްޓަމް ބޭނުންކުރާ ހުރިހާ އޮފީހަކުން މި ސިސްޓަމް ބޭނުންކުރާ ފަރާތްތަކަށް މިނިޒާމަށް ވަދެވޭނެގޮތް ލިޔެ ޢާއްމު އެކައުންޓް ހަދާ ބެލެހެއްޓުން
  1. މިނިސްޓްރީ އޮފް ފިނޭންސްގެ ނެޓްވާރކް އަދި ހާޑްވެއަރތަކަށް ދިމާވާ މައްސަލަތައް ބަލައި ހައްލުކުރުން
  2. ނެޓްވަރކްގެ ރައްކާތެރިކަމާއި ގުޅޭ ތަމްރީނު އަދި ހޭލުންތެރިކަމުގެ ޕްރޮގްރާމުތައް އިންތިޒާމުކުރުމާއި ހިންގުން.
  3. ނެޓްވަރކް ޑިވައިސްތަކުގެ މުހިއްމު ލޮގްފައިލްތައް (ހާއްސަގޮތެއްގައި ސެކިއުރިޓީ، ޔޫސޭޖް، އޮޑިޓް ޓްރެއިލް) މޮނިޓަރކޮށް ބެލެހެއްޓުން
  1. މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުން

މަޤާމުގެ ޝަރުތުތައް:

  1. ކޮމްޕިއުޓަރ ސައިންސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބަލާނެ  ކަންތައްތައް:

- މަޤާމާގުޅޭ ދާއިރާގެ ތައުލީމަށް %35

- މަޤާމާގުޅޭ ދާއިރާގެ ތަމްރީނުތަކަށް %5

- ސިވިލް ސަރވިސްއަށް ވަނުމަށްދެވޭ އިމްތިހާނަށް %5

- މަޤާމުގެ މަސައްކަތާގުޅޭ ތަޖުރިބާއަށް

- އިންޓަވިއު އަދި ޕްރެކްޓިކަލްއަށް %40

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  07 ނޮވެމްބަރ 2019 ވާ (ބުރާސްފަތި) ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ފިނޭންސް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު،އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު،އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނީ،  12 ނޮވެމްބަރ 2019 އާއި 25 ނޮވެމްބަރ 2019  އާ ދެމެދު، މިނިސްޓްރީ އޮފް ފިނޭންސް ގައެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މި މިނިސްޓްރީގެ ކޯލްސެންޓަރ 1617 އަށެވެ.  އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

27 އޮކްޓޫބަރު 2019
ހޯދާ