ދިވެހިރާއްޖެ
އިންޓާންޝިޕްގެ ފުރުސަތު
މަޤާމު: ބަޔޯޑައިވާސިޓީ އިންޓާން
މަސައްކަތް ކުރަންޖެހޭތަން: މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، މާލެ، ދިވެހިރާއްޖެ
އިންޓާންޝިޕްގެ މުއްދަތު: 3-6 މަސް
އަދަދު: 1
މަސްޢޫލިއްޔަތު:
ބަޔޯޑައިވާސިޓީ އިންޓާންގެ މައިގަނޑު މަސައްކަތްތަކަކީ:
- ދިވެހިރާއްޖޭގެ ބަޔޯޑައިވާސިޓީއާއިގުޅޭ ތަފާތު ލިޔެކިޔުންތައް މޯލްޑިވްސް ކޮންޒަރވޭޝަން ޕޯޓަލްއަށް އަޕްލޯޑުކުރުން
- ބަޔޯސްފިއަރ ރިޒާވާއި ގުޅޭ ކޮމިއުނިކޭޝަން އަދި އައުޓްރީޗް މެޓީރިއަލް ތައްޔާރުކޮށް އެފަދަ ޕްރޮގްރާމްތައް ރޭވުން
ހުންނަންޖެހޭ ޝަރުތުތައް:
- ދިވެހި ރައްޔިތަކަށްވުން.
- އެނަލިސިސް ހެދުމުގެ ޤާބިލްކަންހުރުން؛ ކަންކަން ރާވާ އިންތިޒާމްކުރުމުގެ ހުނަރުހުރުން؛ އެހެން މީހުންނާއި ގުޅިގެން މަސައްކަތްކުރުން.
- ދިވެހި ބަހާއި އިގިރޭސިބަހުން ރަނގަޅަށް ވާހަކަދައްކާ ލިޔުމުގެ ޤާބިލުކަންހުރުން.
- މައިކްރޯސޮފްޓް އޮފިސް ޕެކޭޖަށް އަހުލުވެރިވުމާއި ކޮމްޕިއުޓަރުން ކުރާ ގްރެފިކްސްގެ މަސައްކަތަށް އަހުލުވެރިވުން.
- އޯލެވަލް ނުވަތަ އެއަށްވުރެމަތީ ފާހެއް އޮތުން.
އިތުރު ބަޔާން:
- އިންޓާންގެ މެޑިކަލް އިންޝުއަރެންސް އަދި އިންޓާންޝިޕްގެ މައްދަތުގައި ދިމާވެދާނެ އެއްވެސް އެކްސިޑެންޓެއް ނުވަތަ ބައްޔެއްގެ ފަރުވާއަށް މިމިނިސްޓްރީއިން ޒިއްމާނުނަގާނެކަމަށް ދަންނަވަމެވެ.
- މިއިންޓާންޝިޕަށް ހޮވޭ ފަރާތަކަށް މިނިސްޓްރީން މުސާރަ ކަނޑައަޅާފައިނުވާނެއެވެ.
މިއިންޓާންޝިޕަށް ކުރިމަތިލާން ބޭނުންފުޅުވާ ފަރާތްތަކުން މިއިންޓާންޝިޕަށް ކުރިމަތިލުމުގެ މަޤްސަދާއި ބޭނުން ބަޔާންކޮށް ސިޓީއެއް އަދި ވަނަވަރު، 14 ނޮވެމްބަރ 2019 ވަނަ ދުވަހުގެ 12:00 ގެ ކުރިން މިމިނިސްޓްރީއަށް ހުށަހެޅުމަށް އެދެމެވެ. މި ލިޔުންތައް އީމެއިލްގެ ޒަރިއްޔާއިން [email protected] މި އީމެއިލް އެޑްރެހަށް ވެސް ހުށަހެޅުއްވި ދާނެއެވެ.
މި އިންޓާންޝިޕަށް އެއް ފަރާތަށް ވުރެއް ގިނަ ފަރާތުން ހުށަހަޅައިފިނަމަ، މި އިންޓާންޝިޕަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވާނީ އިންޓަވިއުއިންނެވެ.
24 އޮކްޓޯބަރ 2019