މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ސަބާ މޯލްޑިވްސް އަށް ޑިޒައިނިންގް އަދި މާރކެޓިންގ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

 

ސަބާ މޯލްޑިވްސް އަށް ޑިޒައިނިންގ އަދި މަރކެޓިންގ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

މި މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުން ތަންފީޛްކުރެވެމުންދާ "ސްޓްރެންތެނިންގ ދަ ލައިވްލިހުޑް އޮފް ހޯމްބޭސްޑް ވޯރކާސް އިންދަ ސާރކް ރީޖަން އިނީޝިއޭޓިވް (SABAH Project) "އަށް ޑިޒައިނިންގް އަދި މާރކެޓިންގ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށްޓަކައި އާންމުކޮށް އިޢުލާނު ކުރަމެވެ.

ވިމާ މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސެޝަން އަށް 4 ނޮވެމްބަރ 2019 ވާ ހޯމަ ދުވަހުގެ 10:00 އަށް ބޮޑުތަކުރުފާނު މަގުގައި ހުންނަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ތާޑް ފްލޯ ކޮންފަރެންސް ރޫމް އަށް ވަޑައިގެން ދެއްވުން އެދެމެވެ. ބީލަން ބަލައިގަނެވޭނީ މައުލޫމާތު ސެޝަންގައި ބައިވެރިވާ ފަރާތްތަކުން ހުށަހަޅާ ބީލަން އެކަންޏެވެ.

ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ 7 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ބޮޑުތަކުރުފާނު މަގުގައި ހުންނަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ތާޑް ފްލޯ ކޮންފަރެންސް ރޫމްގައެވެ. އަދި 11:00ގެ ފަހުން ގެންނަ އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ. އަދި ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 3003018 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

ބީލަން ހުށަހަޅާނެގޮތުގެ އިތުރު މަޢުލޫމާތާއި "އެޕްލިކޭޝަން ފޮރ ބިޑް ސަބްމިޝަން" އަދި މަސައްކަތުގެ ޓާމްސްއޮފް ރިފަރެންސް މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ޑައުންލޯޑްކުރެވޭނެއެވެ.

24 އޮކްޓޫބަރު 2019
ހޯދާ