މަޤާމް :
|
ސީނިއަރ އޮފިސަރ
|
ބޭނުންވާ އަދަދު:
|
1 ( އެކެއް )
|
މުސާރައާއި އެލަވަންސް:
|
- މުސާރަ: މަހަކު -/5576ރުފިޔާ ( ފަސްހާސް ފައްސަތޭކަ ހަތްދިހަ ހަ ރުފިޔާ)
- ސަރވިސް އެލަވަންސް: މަހަކު -/3210 ރުފިޔާ (ތިންހާސް ދުއިސައްތަ ދިހަ ރުފިޔާ)
- ޑެއިލީ އެލަވަންސް: ޤަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/60 ރުފިޔާ ( ފަސްދޮޅަސް ރުފިޔާ )
- އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
|
އޮފީސް :
|
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
|
ޔުނިޓް:
|
ބިޒްނަސް ޑިވެލޮޕްމަންޓް ޑިވިޜަން
|
މަޤާމްގެ މަސްޢޫލިއްޔަތު
|
ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް މާރކެޓިންގ އާގުޅުން ހުރި މަސައްކަތްތައް
|
ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:
|
- ބިޒްނަސް މެނޭޖްމަންޓް އެންޑް މާރކެޓިންގ ދާއިރާއިން އެޑްވާންސް ޑިޕްލޮމާއެއް ހާޞިލްކޮށްފައިވުން، ނުވަތަ
- ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ދާއިރާއިން ޑިޕްލޮމާ ހާޞިލްކޮށްފައިވުން އަދި ދާއިރާގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- ލިބިފައިވާ ތަޢުލީމާއި ތަމްރީން
- މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މިންވަރު
- ކުރެވޭ އިންޓަރވިއުއިން ފާސްވުން
- ޤާނޫންތަކާއި ޤަވާއިދުތަކަށް އަހުލުވެރި މިންވަރު
- ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ މީހެއްކަމުގައިވުން.
- ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތަކަށްވުން
- ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތު ވެފައިވާމީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން
|
ރަސްމީ މަސައްކަތު ގަޑި:
|
- ހެނދުނު 08:00 އިން 15:00 އަށް
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު / ސީވީ (ފޯން ނަންބަރާއެކު)
- މަޤާމަށްއެދި ހުށަހަޅާ ސިޓީ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީއާއެކު (ސިޓީގައި އިއުލާން ނަންބަރާއެކު)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ
- ވަޒީފާ އަދާކުރާނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެންމެފަހުން އަދާކުރި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން
- ޕޮލިސް ރިޕޯޓް ( ވަޒީފާއަށް ހޮވިއްޖެނަމަ، ހުށަހަޅަން ޖެހޭނެއެވެ. )
|
ސުންގަޑި:
|
މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2019 އޮކްޓޯބަރ 30 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، ޕޯސްޓް ބިލްޑިންގުގެ 04 ވަނަ ފަންގިފިލާގައި ހުންނަ ހިއުމަން ރިސޯސަސް ސެކްޝަން ހުށަހެޅުން އެދެމެވެ. ސިޓީ އުރައިގެ ބޭރުގައި " ވަޒީފާއަށް އެދި" މިހެން ޖަހަންވާނެއެވެ.
|
އިންޓަވިއު:
|
- އިންޓަވިއުއަށް ދެންނެވޭނީ، ވަޒީފާއަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
|
ސިޓީ އެޑްރެސްކުރާނެ ގޮތް:
|
މެނޭޖިންގ ޑިރެކްޓަރ
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
މާލެ، ދިވެހިރާއްޖެ
|
އިތުރު މަޢުލޫމާތު:
|
- މި މަޤާމަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ސިޓީތަކާއި، ލިޔެކިޔުންތައް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލްކުރެވޭނެއެވެ.
- މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 3315555 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 3321559 އެވެ.
|