ބ. ގޮއިދޫ ސްކޫލް، ބ. ގޮއިދޫ
ދިވެހިރާއްޖެ
ބ. އަތޮޅު ސްކޫލްތަކުގެ ބިދޭސީ ޓީޗަރުންގެ އަތޮޅު ތެރޭގެ ދަތުރުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

  ބ.އަތޮޅު ސްކޫލްތަކުގައި މަސައްކަތް ކުރައްވާ ބިދޭސީ ޓީޗަރުން ޗުއްޓީގައި ރާއްޖެއިން ފުރުމަށާއި، އެނބުރި ރާއްޖެ އައުމުން ކުރަންޖެހޭ އަތޮޅު ތެރޭގެ ދަތުރުތައް ކުރުމުގެ ، މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތް ކުރުމަށް

ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތިން ޢަމަލުކޮށް ދެއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރުން

އަންދާސީހިސާބު ހުށަހެޅުން

- ސްކޫލްއޮފީހަށް ޙާޟިރުވެ ނަންނޯޓް ކުރުމަށްފަހު މަޢުލޫމާތު ޝީޓު ނެގުން:

- ސްކޫލްގެ ނަންބަރު 6600014 ފޯނަށް ގުޅައިގެން ނަންނޯޓް ކުރުން (ނަންނޯޓް ކުރުމުން މަޢުލޫމާތު ޝީޓް ފޮނުވައިދެވޭނެއެވެ.)

- މަޢުލޫމާތު ސާފުކުރުމުގެ ސުންގަޑި:

- 04 ނޮވެމްބަރ 2019 ވާ ހޯމަ ދުވަހުގެ 14.00 ގެ ކުރިން.

07 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 13.00 އަށް ސްކޫލްއޮފީހަށް ވަޑައިގެން  އަންދާސީ ހިސާބު ހުށައެޅުން.

 

މަޢުލޫމާތު ސާފުކުރުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ ފޮނުވާފަރާތަށް ސިޓީއެއް ދެއްވުމަށްފަހު ފޮނުވުމުން އެފަރާތުގެ ނަމުގައި މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށަހެޅުއްވިދާނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ އެކަމަށް  މިސްކޫލުން ދޫކުރާފޯމެއްގައެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ. އަދި ދަންނަވަމެވެ. މިމަސައްކަތަކަށް އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު:2014/18 ) ގެދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަމްބަރު: 2014/19 ) ގެދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް  އެކަންޏެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ: ސްކޫލުގެ ނަންބަރު 6600014 ފޯނަށެވެ.

24 އޮކްޓޯބަރ 2019

20 ޞަފަރު 1441

  

24 އޮކްޓޫބަރު 2019
ހޯދާ