ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްބޯޅަ ދަނޑަށް މުވައްޒަފަކުހޯދުމަށް

                   އިއުލާން                                            

 

ކުޑަހުވަދޫ ފުޓްބޯޅަދަނޑު ސާފުކޮށް ބެލެހެއްޓުމަށް ކުޑަހުވަދޫ ކައުންސިލް އިދާރާއަށް ތިރީގައި މިދަންނަވާ  

މަގާމަށް މީހަކު ބޭނުންވެއެވެ.  

 މަޤާމް:

 މަސައްކަތު

ބޭނުންވާ ޢަދަދު:  01 (18 އަހަރު ފުރި 65 އަހަރު ނުފުރޭ މީހުން )

މަޤާމުގެ ބާވަތް:

ކޮންޓްރެކްޓް (މި މަޤާމަކީ ކޮންޓްރެކްޓް އުޞޫލުން 1 އަހަރު ދުވަހުގެ  މުއްދަތަށް، ހަމަޖައްސައިދެވޭ ވަޒީފާއެކެވެ. އަދި މިވަޒީފާއަކީ ސިވިލްސާރވިސްގެ ވަޒީފާއެއް ނޫނެވެ.)

މުސާރައާއި އެލަވަންސް  

މުސާރަ (މަހަކު)  -/3100( ތިންހާސް އެއްސަތޭކަ ރުފިޔާ)

ޙާޟިރީ އެލަވަންސް

މަސައްކަތު ނުކުންނަ ކޮންމެ ދުވަހަކަށް   -/60  ( ފަސްދޮޅަސް  ރުފިޔާ )

އިތުރު އެލަވަންސްތައް:

އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ދިވެހިރާއްޖޭގެ ވަޒީފާއާއި ބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ޢާއްމުކޮށްމަސައްކަތް ކުރަންޖެހޭ ދުވަހާއި  ގަޑިތައް:

 ހަފްތާ އަކު 6 ދުވަސް ، ދުވާލަކު 6 ގަޑީއިރު   

  ފެންވަރު ނުވަތަ ޝަރުޠު

1. ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން،

  1. ގިނަވަގުތު މަސައްކަތުގައި  އުޅެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1-   ކޮންމެ ދުވަހަކު 1 ފަހަރު ދަނޑަށް ފެންޖެހުމުގެ މަސައްކަތްކުރުން

2-  ކޮންމެ ދުވަހަކު މަދުވެގެން 3 ގަޑީއިރު ވިނަނޮޅުމުގެ މަސައްކަތްކުރުން

3-  ހަފްތާއަކު 2 ދުވަހު ދަނޑަށް ބޭސްޖެހުމުގެ މަސައްކަތްކުރުން

4-  ކައުންސިލް އިދާރާއިން އަންގަވާ ގޮތެއްގެ މަތިން އިތުރު ގަޑީގައި މަސައްކަތް ކުރުން.

5-  މަސައްކަތްކުރަންޖެހޭ ދަނޑުގައި ފުޓުބޯޅަ މުބާރާތެއް ހިނގާނަމަ ކައުންސިލުން ކަނޑައަޅާގޮތަކަށް އެމަސައްކަތުގައި ބައިވެރިވުން. 

6-  ހަފްތާއަކު 1 ދުވަހު ދޮޅިދާންގެ ކުނިކަހައި ސާފުކޮށް ބެލެހެއްޓުން. 

7-  އިދާރާއިން ރާވައި ހިންގާ މަސައްކަތްތަކުގައި ކައުންސިލުން އަންގައިފި ހިނދެއްގައި އެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވުން.       

  

 އިންޓަރވިއު އޮންނާނެ ތަނާއި ،މުއްދަތު:

އިންޓަވިއު އޮންނާނީ  2019 ނޮވެންބަރު 05 ން ފެށިގެން ރަސްމީ 3 ދުވަހުގެ  މުއްދަތަށް ކުޑަހުވަދޫ މަލްޓިޕާޕަސް ބިލްޑިންގ ގައެވެ. ވަޒީފާއަށްއެދޭ ފަރާތްތަކުން އިންޓަވިއުގެ މުއްދަތުގައި މިރަށުގައި ހުންނަވަންވާނެއެވެ. އިންޓަރވިއުގެ މުއްދަތުގައި ރަށުގައި ނޫޅުއްވާ ފަރާތްތަކާއި އިންޓަވިއު ނުކުރެވި، އެފަރާތެއްގެ ވަޒީފާ ގެއްލުމުގައި މިއިދާރާއިން ޒިންމާނުވާނެކަމުގައި ދަންނަވަމެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

2019 ނޮވެންބަރު 4 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ނިލަންދެއަތޮޅުދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާއަށް  ވަޒީފާއަށްއެދޭ ފޯމުންނެވެ. ވަޒީފާއަށް އެދޭ ފޯމް މި އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ.

ނޯޓު:  މި ވަޒިފާއަށް ނެގޭ މުވައްޒަފުންގެ މަސައްކަތައް ބަލައި މަސައްކަތައް ޤާބިލް ނަމަ މި އިދާރާއިން ބޭނުންވެއްޖެ ހިނދެއްގައި އެފަރާތެއްގެ ކޮންޓްރެކްޓް   އިތުރުކޮށްދެވޭނެއެވެ.

މިއިޢުލާނާ ގުޅިގެން  މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ ނިލަންދެއަތޮޅުދެކުނުބުރީ ކުޑަހުވަދޫ ކައުންސިލް އިދާރާގެ  6760667 / 6760522 ނަންބަރު ފޯނާ އެވެ. އީ މެއިލްކުރައްވާނީ [email protected] އަށެވެ.

       

ވީމާ، މިވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ކަނޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ލިޔުންތައް

ހުށަހެޅުއްވުން އެދެމެވެ.

 މި ވަޒީފާއަށް މީހުން ނެގުމުގައި މިފަދަ މަސައްކަތެއްގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. 

23 އޮކްޓޫބަރު 2019
ހޯދާ