އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަޅުފުޅިއަޅާ ކުނިކޮށި ސާފުކުރުން

އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ            

ދިގުރަށް،ދިވެހިރާއްޖެ.

 

                                      

ނަންބަރު:353 /2019/26    

                                

އިޢުލާން

 

އދ. ދިގުރަށު ދަޅުފުޅިއަޅާ ކުނިކޮށި(ސޮލިޑް ވޭސްޓްމެނޭޖަމަންޓް ސެންޓަރު) ސާފުކުރުމާބެހޭ

                         

                    އދ. ދިގުރަށުގައި ހުންނަ ދަޅުފުޅިއާއި ދަގަނޑުގެ ބާވަތްތައް ޖަމާކުރާ ކުނިކޮށި (ސޮލިޑް ވޭސްޓް މެނޭޖްމަންޓް ސެންޓަރު) ސާފުކުރަން ބޭނުންވެއެވެ. މިގޮތުން ކުނިކޮށީގައި ހުރި ހުރިހާ ތަކެތި ތިލަފުއްޓަށް ގެންގޮސް ކުނިކޮށި ފުރިހަމައަށް ސާފުކުރުމުގެ މަސައްކަތް، މަސައްކަތް ޙަވާލުކުރާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި ( އަމިއްލަ ތަކެތީގައި) ކޮށް ނިންމައިދެވޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ.

                   ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 04 ނޮވެމްބަރު 2019 ވާ ހޯމަ ދުވަހުގެ 13:00 އަށް، ފުރިހަމަކޮށްފައިވާ އަގު ހުށަޅަހަޅާ ފޯމް ހިފައިގެން ކައުންސިލްގެ އިދާރާއަށް ޙާޟިރުވުމަށް ޢާއްމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

 

މަސައްކަތްކުރާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައް:

  1. ބިޑު ސެކިއުރިޓީގެ ގޮތުގައި 10،000 ރ.(ދިހަހާސްރުފިޔާ) ބިޑު ފޯމާއެކު ކައުންސިލް އިދާރާއަށް ހުށަހަޅަންވާނެއެވެ. އަދި ބިޑު ކާމިޔާބު ކުރާ ފަރާތުން މަސައްކަތާ ޙަވާލު ނުވެއްޖެނަމަ ބިޑް ސެކިއުރިޓީގެ ގޮތުގައި ދެއްކި ފައިސާ އަނބުރާ ނުލިބޭނެއެވެ.
  2. މަސައްކަތަށް ހޮވޭ ފަރާތް ކަނޑައަޅާނީ އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަށް އެންމެ މަތިން މާރކްސް ދީގެންނެވެ.
  3. މަސައްކަތްކުރާ ފަރާތަށް ފައިސާ ދޫކުރާނީ މަސައްކަތް ނިމުމުން ތިލަފުއްޓަށް ކުނި ގެންދިޔަކަން އެނގޭނެ ލިޔުން ކައުންސިލްގެ އިދާރާއަށް ހުށަހެޅުމުންނެވެ.
  4. ކުނިތައް ނަގައި ސާފުކުރުމުގައި ކުނިކޮއްޓަށް ގެއްލުމެއް ނުލިބޭ ގޮތަށް މަސައްކަތް ކުރަންވާނެއެވެ. އަދި ގެއްލުމެއް ލިބިއްޖެ ނަމަ އެކަމެއް ރަނގަޅު ކުރަންވާނއެވެ.
  5. ކުނި އުފުލުމުގައި ރަށުގެ މަގުތަކާއި، ބަނދަރުމަތި އަދި ބަނދަރު ތެރެއަށާއި ކަނޑަށް ކުނި ނޭޅޭ ގޮތަށް މަސައްކަތް ކުރަންވާނެއެވެ.
  6. މަސައްކަތް ކުރުމަށް ބޭނުންވާ އެންމެހައި އުޅަނދު ފަހަރު، މެޝިނަރީ، ކުލި އަދި މުސާރަ ފަދަ ހުރިހާ ޚަރަދެއް ކުރަންވާނީ މަސައްކަތްކުރާ ފަރާތުންނެވެ. މިމަސައްކަތުގައި ކައުންސިލުންދޭނީ ހަމައެކަނި މަސައްކަތް ކުރި ފަރާތުން ހުށަހެޅި އަގެވެ.
  7. މަސައްކަތަށް ބިޑު ފޯރމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ބިޑު ކާމިޔާބު ކުރާ ފަރާތްނޫން އެހެން ފަރާތްތަކުން ހުށަހަޅާ ބިޑު ސެކިއުރިޓީގެ ފައިސާ ލަސްވެގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އެ ފަރާތްތަކާ ޙަވާލު ކުރެވޭނެއެވެ.
  8. މަސައްކަތް ކުރުމަށް ހޮވޭ ފަރާތުން މަސައްކަތްކޮށް ނިންމުމުން ބިޑު ސެކިއުރިޓީގެ ފައިސާ އަނބުރާ ދޫކުރެވޭނެއެވެ.
  9. މަސައްކަތް ނިންމުމަށް ކަނޑައެޅިފައިވާ މުއްދަތުގައި މަސައްކަތް ނުނިމިއްޖެ ނަމަ އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް 1000ރ( އެއްހާސް ރުފިޔާ) ގެ ޖޫރިމާނާއެއް ކައުންސިލް އިދާރާއަށް ދައްކަންވާނެއެވެ.
  10. މަސައްކަތަށް ހޮވޭފަރާތުން މަސައްކަތް ޙަވާލުވުމުގެ އެއްބަސްވުމުގައި ސޮއިކުރަން ޙާޟިރުނުވެއްޖެނަމަ މަސައްކަތާ ޙަވާލުވާން ބޭނުން ނުވާކަމަށް ނިންމޭނެއެވެ.
  11. ބިޑު ހުށަހަޅަނީ ކޮމްޕެނީއަކުން ނުވަތަ ފަރުދުންގެ ވިޔަފާރިއެއްގެ ނަމުގައި ނަމަ ބިޑު ފޯމާއެކު އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރުދެއްނަމަ އައި.ޑީ.ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.
  12. ބިޑު ފޯމް ހުށަހެޅުމަށް ބިޑު ހުށަހަޅާ ފަރާތަށް ޙާޟިރު ނުވެވޭނަމަ ސިޓީއަކާއެކު ބަދަލުގައި މީހަކު ފޮނުވިދާނެއެވެ.
  13. ބިޑު ފޯމެއް ވިއްކާނީ 200ރ(ދުއިސައްތަ ރުފިޔާ) އަށެވެ. ރަސްމީގަޑީގައި ކައުންސިލް އިދާރާއިން ބިޑްފޯމު ލިބެންހުންނާނެއެވެ.

                  މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

                  24 ޞަފަރު  1441

                  23 އޮކްޓޯބަރު 2019

 

                                   ޢުޘްމާން ޢީސާ

                                   ކައުންސިލްގެ ރައީސް  

23 އޮކްޓޫބަރު 2019
ހޯދާ