ދިވެހިރާއްޖެ
ނަންބަރު:FNK-I/IUL/2019/244
އިޢުލާން
މި ކުންފުންޏަށް ބޭނުންވާ އައިޓީ އިންފްރާސްޓްރަކްޗަރ އަޕްގްރޭޑިން އައިޓަމްސް ހޯދުމާއި ގުޅޭ:
މިކުންފުނިން ދޭ މަޢުލޫމާތާއި އެއްްގޮތަށް ކުންފުންޏަށް ބޭނުންވާ އައިޓީ އިންފްރާސްޓްރަކްޗަރ އަޕްގްރޭޑިންގ އައިޓަމްސްސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ FNK-I/IUL/2019/183 އިޢުލާނުގެ ޓެކްނިކަލް ސްކޯޕް ބަދަލުވެފައިވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން މި ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 28 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުގެ 11:30 އަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ)އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 07 ނޮވެންބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށެވެ.
މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު އަދި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. މަޢުލޫމާތު ފުރިހަމަ ނޫން ބިޑްތައް ބާތިލްކުރުމުގެ ފުރިހަމަ އިޙްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައި ބާތިލް ކުރުމުގެ ފުރިހަމަ އިޙްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެެވެ.
23 ޞަފަރު 1441