މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެމް.އެން.ޑީ.އެފް އަސްކަރީ ތަމްރީން
ދަންނަވާލުމެއް
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތަކެއް 2019 އޮކްޓޫބަރު 22، 23 އަދި 24 މި ދުވަސްތަކުގެ ރޭގަނޑު 18:00 އިން އެ ދުވަސްތަކާ ޖެހިގެން އަންނަ ދުވަހުގެ 06:00 އަށް ޅ. މާފިލާފުށީގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީނުތަކުގައި ބޭނުންކުރާ ފްލެއަރ ދަތުރުކުރާނީ މާފިލާފުއްޓާ ދިމާމަތިން 200 މީޓަރު ދުރުމިނަށާއި 200 މީޓަރުގެ އުސްމިނާ ދެމެދުގައެވެ.
ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
އިޙްތިރާމް ޤަބޫލު ކުރެއްވުން އެދެމެވެ.
23 ޞަފަރު 1441
22 އޮކްޓޫބަރު 2019
22 އޮކްޓޫބަރު 2019
ހޯދާ