މާކުރަތު ސްކޫލް، ރ. މާކުރަތް
ދިވެހިރާއްޖެ
މަސައްކަތު ( ވަގުތީ )

އިޢުލާން

   މަޤާމް:                     މަސައްކަތު ( ވަގުތީ )

   ބޭނުންވާ އަދަދު:               01

   ވަޒީފާއޮތް އޮފީސް:              ރ. މާކުރަތު ސްކޫލް

   ގިންތި:                    ވަގުތީ ( 28 މާރޗް 2020 ގެ ނިޔަލަށް  )

   ވަޒީފާއަދާކުރާ ސެކްޝަނާއި ތަން :   އިދާރީ / ރ. މާކުރަތު ސްކޫލް

   ވަޒީފާ އަދާކުރަން ޖެހޭ ތަން:       މާކުރަތު ސްކޫލް / ރ. މާކުރަތު

   މުސާރަ:                    3100.00 ރުފިޔާ

   ސަރވިސް އެލެވަންސް:           1000.00 ރުފިޔާ

   އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. ސްކޫލް ވަށައިގެންވާ މަގުތަކާއި އިމާރާތްތަކާއި ކްލާސްރޫމްތަކާއި ސްކޫލްގެ އޮފީހާއި ގޮނޑި މޭޒު ކަބަޑު، ދޮރާއި ދޮރުފަތް އަދި ފަންކާ އާއި އެއަރކޮންޑިޝަން ސާފުކުރުން އަދި ތަށިމުށި ސާފުކޮށް މޮޕްޖެހުމާއި ހަވާލުކުރެވޭ ކުލާސްރޫމްތަކުގެ ޑަސްބިން ހުސްކޮށް ކުނިނައްތާލުން.
  2. ގޯތިތެރެއާއި މަގުމަތި ސަރަހައްދުން ވިނަނޮޅާ ސާފުކުރުން.
  3. ސްކޫލްގައި ބާއްވާ އެކި ރަސްމިއްޔާތުތަކާއި ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  4. ސްކޫލްގެ ފާޚާނާތައް ތަޅުމާއި ބިތާއި ފާޚާނާ ތައްޓާއި މޫނުދޮންނަ ތަށި އަދި މިނޫނަސް ފާޚާނާގައި ބޭނުންކުރާ ޝަވަރު އިސްކުރުފަދަތަކެތި ފަރުވާތެރިކަމާ އެކު ރަނގަޅަށް ސާފުކުރުން.
  5. ޙަވާލުކުރެވޭ ވަގުތުތަކުގައި ފާޚާނާ ބެލެހެއްޓުން. އަދި ފާޚާނާކުރުމަށް އަންނަ ކުދިންނަށް އެހީތެރިވެދިނުން.
  6. ޑިއުޓީވަގުތު ތަކުގައި ސްކޫލުން ބޭރަށްގެންދަންޖެހޭ ތަކެތި ގެންދިއުމާއި ބޭރުން ސްކޫލަށް ގެންނަންޖެހޭ ތަކެތި ގެނައުން.
  7. އިމާރާތްތަކުގެ ދޮރާއި ދޮރުފަތް އަދި ބިއްލޫރި ރަނގަޅަށް ސާފުކޮށް ބެލެހެއްޓުން.
  8. ސްކޫލްގައި ބޭނުންކުރާ ތަށްޓާއި ފެންއަޅާ ޖަގާއި ކޫލަރުފަދަ ތަކެތި ދޮވެ، ސާފުކޮށް ބެލެހެއްޓުމާއި ފުރާޅާއި ދިޔަދޮވި ސާފުކޮށް ވާރޭވެހޭ ވަގުތު ފެންނެގުމާއި ހުސްވެފައިވާ ތާންގި ސާފުކޮށްފައި ބެހެއްޓުން.
  9. ސްކޫލްގައި ގެންގުޅޭ އެންމެހާ މެޝިނަރީސް އާއި އިކުއިޕްމެންޓްސް ފޮޅާ ސާފުކުރުން.
  10. ފޮޅާ ސާފުކުމަށް ބޭނުންވާ ތަކެތި މަދުވުމުން ކަމާބެހޭ ފަރާތުގެ ސަމާލުކަމަށް ގެނައުން.
  11. އޮފީހުގެ ރަސްމީ މަސައްކަތާއި ގުޅޭ ގޮތުން ޙަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން.
  12. މަތީގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުން އޮފީހުގެ މަސައްކަތްތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

ޝަރުތު:

  1. ލިޔަން ކިޔަން އެނގުން. (ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުމަށް ބަލައިގެންނެވެ.)

މަޤާމުގެ ދާއިރާ:

ފޮޅާ ސާފްކުރުން

ހުށައަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv) އަދި މާކުރަތު ސްކޫލް އޮފީހުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

   6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ، ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

   7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

   8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދަޢުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ލިބިފައިވާ ތަޢުލީމާއި ތަމްރީނަށް 26 އިންސައްތަ
  2. މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާއަށް 26 އިންސައްތަ
  3. ޤާބިލުކަން ކަށަވަރުކުރުމަށް ކުރާ އިންޓަރވިއުއަށް 48 އިންސައްތަ

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 އޮކްޓޯބަރ 30 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، މާކުރަތު ސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

      މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި   ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް  ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

   މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 4 ނޮވެމްބަރު 2019 ން 7 ނޮވެމްބަރު 2019 އާ ދެމެދުގެ ތާރީޚެއްގައި  މާކުރަތު ސްކޫލްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

އިތުރުމަޢުލޫމާތު ހޯދުމަށް:  

      މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580333 ނަންބަރު ފޯނާއެވެ.  އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

 

21 އޮކްޓޫބަރު 2019
ހޯދާ