މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮންޓްރެކްޓް އުސޫލުން ރ.އަނގޮޅިތީމު މަގުބައްތިތާކައި ބަނދަރުބައްތިތައް ލެޑްލައިޓަށް ބަދަލުކުރުމުގެ މަޝްރޫއަށް ބޭނުންވާ ލެޑްލައިޓް ގަނެ ފޯރުކޮށްދޭނެ ފަރާތެއް ހޯދުން.

ކޮންޓްރެކްޓް އުސޫލުން ރ.އަނގޮޅިތީމު މަގުބައްތިތާކައި ބަނދަރުބައްތިތައް ލެޑްލައިޓަށް ބަދަލުކުރުމުގެ މަޝްރޫއަށް ބޭނުންވާ ލެޑްލައިޓް ގަނެ ފޯރުކޮށްދޭނެ ފަރާތެއް ހޯދުން.

          ރ. އަނގޮޅިތީމު މަގުބައްތިތަކާއި ބަނދަރު ބައްތިތައް ލެޑްލައިޓަށް ބަދަލުކުރުމުގެ މަޝްރޫއު އަށް ބޭނުންވާ ލެޑްލައިޓް ގަނެ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

         މިކަމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކާއި، އަމިއްލަ ފަރުދުންގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

         ވީމާ، މިކަމަށް ޝައުގުވެރިވާ  ފަރާތްތަކުން މި މަސައްކަތްތަކުގެ މައުލޫމާތު ފޯމް ބައްލަވައިގެން  2019 އޮކްޓޫބަރ  28 ވާ ހޯމަ  ދުވަހުގެ 13.15ށް  މަޢުލޫމާތު ސާފުކުރަން ވަޑައިގެންދެއްވުން އެދެމެވެ. މައުލޫމާތު ފޯމް  21 އޮކްޓޫބަރ 2019 އިން ފެށިގެން ބަންދު ނޫން ކޮށްމެ ދުވަހެއްގެ 8.30 ން 12.00 ދެމެދު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މައުލޫމާތު ފޯމްގެ އަގަކީ -/20 (ވިހިރުފިޔާ) ރުފިޔާއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2019 ނޮވެމްބަރ  04 ވާ ހޯމަ  ދުވަހުގެ 13.30ގައެވެ.

         މަޢުލޫމާތު ދިނުމާ އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ރ. އަނގޮޅިތިމު ކައުންސިލް އިދާރާގެ ކޮންފަރެންސް  ރޫމްގައެވެ. މަޢުލޫމާތު  ސާފުނުކުރައްވާ  ފަރާތްތަކަށް  އަންދާސީ ހިސާބު  ހުށައެއްނޭޅޭނެއެވެ. ބަދަލުގައި ހާޒިރުވާ  ފަރާތެއްނަމަ  ވެރިފަރާތުގެ ސިޓިއާއި  ވެރިފަރާތުގެ އައި.ޑީ.ކާޑް ކޮޕީ  ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފު ކުރަން ވަޑައިގަންނަވާއިރު އައި.ޑީ ކާޑު ގެންނަން ވާނެއެވެ. އެކަކަށް ދެފަރާތެއްގެ ނަމުގައި އަންދާސި ހިސާބު ހުށައެއް ނޭޅޭނެއެވެ.

މަސައްކަތް ހަވާލުކުރުމުގައި ބެލޭނެ މިންގަނޑުތައް.

  • އަގު %75
  • ލައިޓް ދިއްލޭ ގަޑިއިރަށް 
  • މަސައްކަތުގެ މުއްދަތު

          ވީމާ، މިކަން  އާއްމުކޮށް އެންގުމަށްޓަކައި  އިޢުލާން ކުރީމެވެ.               

21 އޮކްޓޫބަރު 2019
ހޯދާ