ދިވެހިރާއްޖެ
ނޫސް ބަޔާން
Ranitidine Tablet ގެ ދައުރު ވަމުންދާ އެލާރޓް އާއި ގުޅޭ
ވައިގެ ބޭހެއްކަމަށްވާ Ranitidine Tablet ގެ ބައެއް ބާވަތް ތަކުގައި ކެންސަރަށް މަގުފަހިވާ ކަމަށް ލަފާ ކުރެވޭ މާއްދާއެއް ކަމަށްވާ N-nitrosodimethylamine(NDMA) ހިމެނޭ ކަމަށް އެމެރިކާ ގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ހާމަ ކޮށްފައިވެއެވެ. މިކަމާއިގުޅިގެން ބައިނަލްލަގުވާމީ ބޭހާއި ގުޅުންހުރި އިދާރާ ތަކުން ނިންމާ ނިންމުންތައް މިއޮތޯރިޓީއިން މިގެންދަނީ ގާތުންބަލަމުންނެވެ. އަދި މިހާތަނަށް އެއްވެސް ގައުމެއްގައި މިބޭސް ބޭނުން ކުރުން މަނާކޮށްފައިވާ ނުވާކަން ފާހަގަކުރަމެވެ.
ރާއްޖޭގައި Ranitidine ލިބެން ހުންނަނީ ޑޮކްޓަރު ލިޔެދޭ ބޭހެއްގެ ގޮތުގައެވެ. އެހެންކަމުން، ބޭނުންކުރާ ފަރާތްތަކުން ޑޮކްޓަރެއްގެ ލަފައާއި އިރުޝާދު ގެ ދަށުން ބޭނުން ކުރެއްވުމަށް އިލްތިމާސް ކުރަމެވެ.
މީގެ އިތުރުން މިބޭހާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ބޭނުންނަމަ މިއޮތޯރިޓީގެ 7200321 އަށް ގުޅުއްވާ މަޢުލޫމާތު ސާފު ކުރެއްވުމަށް ދެންނެވީމެވެ.