މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ގުއަންގްޒޯ، ޗައިނާ ގައި ބާއްވާ ފްލޭމަބަލް ރެފްރިޖަރެންޓް ޓްރެއިނިންގ އޮފް ޓްރެއިނާސް ޕްރޮގްރާމް

 

 ގުއަންގްޒޯ، ޗައިނާ ގައި ބާއްވާ ފްލޭމަބަލް ރެފްރިޖަރެންޓް ޓްރެއިނިންގ އޮފް ޓްރެއިނާސް ޕްރޮގްރާމް

 

އދ އިން ހިންގާ "ޓްރެއިނިންގ އޮފް ޓްރެއިނާސް އޮން R290" ޕްރޮގްރާމްގައި ދިވެހި ރާއްޖެއިން ރެފްރިޖަރޭޝަން އަދި އެއަރ ކޮންޑިޝަނިންގ ޓެކްނީޝަނެއް ބައިވެރިވުމުގެ ފުރުސަތެއް ވަނީ ލިބިފައެވެ. މިގޮތުން،  މިޕްރޮގްރާމްގައި ބައިވެރިވެ ތަމްރީނުވާން ޝައުގުވެރިވާ ފަރާތެއް މި މިނިސްޓްރީ އިން ބޭނުންވެއްޖެއެވެ.

 

ފިނިކުރާ ނިޒާމްތަކުގައި ބޭނުންކުރާ އޯޒޯން ފަށަލައަށް ގެއްލުން ދޭ މާއްދާތަކާއި ޖައްވު ހޫނުކުރުމަށް އަސަރުކުރުވާ މާއްދާތައް ނައްތާލުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން މިދާއިރާއިން މީހުން ތަމްރީނު ކުރުމުގެ މަސައްކަތް ހިމެނެއެވެ.

 

މިގޮތުން ޗައިނާގެ ގުއަންގްޒޯގައި އެޗްސީއެފްސީގެ ބަދަލުގައި ބޭނުންކުރެވިދާނެ މާއްދާތަކާއި ބެހޭގޮތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ޓްރެއިނިންގ އޮފް ޓްރެއިނާސް އޮން R290" ޕްރޮގްރާމްގައި ރެފްރިޖަރޭޝަން އަދި އެއަރ ކޮންޑިޝަނިންގ ދާއިރާގައި މަސައްކަތްކުރާ ޓެކްނީޝަނެއް ބައިވެރިކުރުމަށް މި މިނިސްޓްރީން ބޭނުންވެއެވެ. 3 ދުވަހުގެ މިޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި އަހަރު ޑިސެމްބަރު މަހުގެ 9 އިން 11 އަށެވެ.

 

މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވާ ފަރާތުގެ ހުރުމާއި ކެއުމުގެ ޚަރަދު ހަމަޖައްސާނީ ޗައިނާ ސަރުކާރުންނެވެ. ބާކީ އަދި އެފަރާތުގެ ޓިކެޓް ހަމަޖައްސާނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުންނެވެ.

 

 

މި ޕްރޮގްރާމުގައި ބައިވެރިވުމަށް ހުންނަން ޖެހޭ ޝަރުތު:

  1. 1.      ރެފްރިޖަރޭޝަން އަދި އެއަރ ކޮންޑިޝަނިންގ ދާއިރާގައި މަސައްކަތް ކުރާ ފަރާތެއް ކަމުގައިވުން
  2. 2.      މި މިނިސްޓްރީގެ ފަރާތުން ރެފްރިޖަރޭޝަން އަދި އެއަރ ކޮންޑިޝަނިންގ ދާއިރާއިން ބާއްވާފައިވާ ޓްރެއިނިންގ އެއްގައި މީގެ ކުރިން ބައިވެރިވެފައިވާ ފަރާތެއް ކަމުގައި ނުވުން

 

މި ތަމްރީނު ޕްރޮގްރާމަށް މީހަކު ހޮވުމުގައި ބަލާނެ ކްރައިޓީރިއާތައް ތިރީގައި އެވަނީއެވެ.

 

ކްރިޓީރިއާ

މާރކްސް

ރެފްރިޖަރޭޝަން އަދި އެއަރ ކޮންޑިޝަނިންގ ދާއިރާގައި ލިބިފައިވާ ތަޖުރިބާ

-          މި ދާއިރާގައި ލިބިފައިވާ ތަޖުރިބާ (ކޮންމެ އަހަރަކަށް 10 މާރކްސް)

 

40

 

ރެފްރިޖަރޭޝަން އަދި އެއަރ ކޮންޑިޝަނިންގ އިންސްޓޮލޭޝަން އަދި ސާރވިސިންގ ގައި ވޭތުވެދިޔަ 5 އަހަރު ކޮށްފައިވާ މަސައްކަތްތައް (ކޮށްފައިވާ ކޮންމެ މަސައްކަތަކަށް 5 މާރކްސް)

 

50

 

ރެފްރިޖަރޭޝަން އަދި އެއަރ ކޮންޑިޝަނިންގ ދާއިރާއިން ތައުލީމު ހާސިލްކޮށްފައިވުން

 

10

 

ވީމާ، މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކުން 92 އޮކްޓޯބަރު 2019 ގެ 14:00ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ މަސައްކަތްތައް ސާބިތުކޮށްދޭ ލިޔުންތަކާއި، ތައުލީމީ ސެޓިފިކެޓްތަކާއި ގާބިލުކަން އަންގައިދޭ ވަނަވަރު، އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާނަމަ [email protected]  އަށް ފޮނުއްވުން އެދެމެވެ.

Environment Department

Ministry of Environment

Green Building, Handhuvaree Hingun, Maafannu

Male’, 20392, Republic of Maldives

Contact number: 3018300

 

21 އޮކްޓޯބަރ 2019

21 އޮކްޓޫބަރު 2019
ހޯދާ