ދިވެހިރާއްޖެ
އިޢުލާން ނަންބަރު: AS/IUL/2019/021
މަޤާމް: އެސިސްޓަންޓްޑިވެލޮޕަރ
ބޭނުންވާ އަދަދު: 2
މަޤާމުގެ ގިންތި: ވަގުތީ
ޑިޕާޓްމަންޓް: އިންފޮމޭޝަން ސިސްޓަމްސް
ވަޒީފާ އަދާކުރަންޖެހޭ ތަން: އާސަންދަ ކޮމްޕެނީ ލިމިޓެޑް، މާލެ
މަޤާމުގެ ޝަރުތު:
- ޑިޕްލޮމާ އިން ސޮފްޓްވެއަރ އިންޖިނިއަރިންގ ނުވަތަ އޭލެވެލް 03 ފާސް ލިބިފައިވުން.
- 1 އަހަރަށްވުރެ ގިނަ ދުވަހު ސޮފްޓްވެއަރ ޑިވެލޮޕްމަންޓްގެ ތަޖުރިބާ ލިބިފައިވުން
- "PHP" އަދި "MySQL" ން މަދުވެގެން 1 އަހަރުގެ ތަޖުރިބާ ލިބިފައިވުން
- “Git” އަދި “SVN” ގެ މަޢުލޫމާތާއި ހުނަރު ލިބިފައިވުން
- ވެބް ތަރައްޤީ ކުރުމުގެ ތަޖުރިބާ އާއި އަދި "RDBMS"ގެ ތަޖުރިބާ ލިބިފައިވުން
- “PHP” ފްރޭމްވަރކްތަކަށް ފަރިތަ ފަރާތަކަށްވުން (މިސާލު: "Laravel")
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- " ސްޓޭޓް އޮފް ދަ އާރޓް" އޮނިގަނޑުތައް ބޭނުންކޮށްގެން އައު "ޔޫ އައި" ފަންކްޝަނަލަޓީ އިމްޕްލެމެންޓް ކުރުން
- "ފްރަންޓް އެންޑް/ ބެކް އެންޑް ސޮލިއުޝަންސް" ފަރުމާކޮށް ތަންފީޒްކުރުން
- ކުންފުނީގައި ބޭނުން ކުރެވެމެންދާ ޔޫސަރ އިންޓަފޭސްތައް ބަލައި ފާސްކޮށް، ހަރުދަނާ ކުރުން
- ސޮފްޓްވެއެރ ޑިވެލޮޕްމަންޓް ލައިފްސައިކަލް ހަރުދަނާ ކުރުމަށް އެހީތެރިވެދިނުން
- ސަބް ޕްރޮޖެކްޓްތައް ފަށައިގަތުމަށްފަހު ނިމެންދެން ކުރިއަށް ގެންދިޔުން
- ސަބް ޕްރޮޖެކްޓްސް މަސައްކަތް ކުރިއަށްދާ ގޮތުގެ އަޕްޑޭޓް، އަދި ޕްރޮޖެކްޓް ނިންމުމަށް ދާނެ މުއްދަތު، މެނޭޖްމަންޓް އަދި ޑިވެލޮޕްމަންޓް ޓީމަށް އާއި ގުޅިގެން މަސައްކަތް ކުރުން
- ފަންކްޝަނަލް "ޔޫ އައި" /"ބެކް އެންޑް" ރިކުއަޔަރމަންޓްސްތައް ބަލައި ފާސްކޮށް، އޭގެ މަޢުލޫމާތު ދެނެގަތުން
- ވޯކްފްލޯރ އަދި ޔޫސެބިލިޓީއަށް ބިނާކޮށް "ޔޫ އައި" ޕްރޮޓޮޓައިޕް ފަރުމާކޮށް ޕްރެޒެންޓް ކުރުން
މުސާރައާއި އިނާޔަތް : -/15000 ރުފިޔާ އާއި، -/17000 ރުފިޔާ އާ ދެމެދުގެ އަދަދެއް (މުސާރައާއި އިނާޔަތް ދިނުމުގައި ލިބިފައިވާ ތަޢުލީމަށް އަދި މަސައްކަތުގެ ތަޖުރިބާއަށް ބެލޭނެއެވެ).
ކުރިމަތިލުމުގެ ސުންގަޑި: 2019 އޮކްޓޫބަރު 28 ވަނަ ދުވަހުގެ 14:00 ގެ ކުރިން.
މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، އާސަންދަ ކުންފުނީގެ ހެޑް އޮފީސް، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ހުށަހެޅުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.
ހުށަހަޅަންޖެހޭ ތަކެތި:
- ވަޒީފާއަށް އެދޭ ފޯމު.
- ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ސީވީ.
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ލިބިފައިވާ ތަޢުލީމަށް ބަލައިގެން
- މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާއަށް ބަލައިގެން
- މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީނަށް ބަލައިގެން
- އިންޓަރވިއު އަދި ޕްރެކްޓިކަލްސްގެ މާރކްސްއަށް ބަލައިގެން
ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރުމަށް:
https://aasandha.mv/dv/downloads/job-application-forms
ޚާއްޞަ ސަމާލުކަމަށް:
- އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
އިތުރު މަޢުލޫމާތު:
- އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.