މަޤާމް :
|
ސީނިއަރ މެނޭޖަރ
|
ބޭނުންވާ އަދަދު:
|
1 ( އެކެއް )
|
މުސާރައާއި އެލަވަންސް:
|
- މުސާރަ: މަހަކު 8,750.00 ރުފިޔާ (އަށްހާސް ހަތްސަތޭކަ ފަންސާސް ރުފިޔާ)
- ސަރވިސް އެލަވަންސް: މަހަކު 3750.00ރުފިޔާ (ތިންހާސް ހަތްސަތޭކަ ފަންސަސް ރުފިޔާ)
- ޑެއިލީ އެލަވަންސް: ޤަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/60 ރުފިޔާ ( ފަސްދޮޅަސް ރުފިޔާ )
- އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
|
އޮފީސް:
|
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
|
ޔުނިޓް:
|
ބިޒްނަސް ޑިވެލޮޕްމަންޓް ޑިވިޜަން
|
މަޤާމުގެ މަސްޢޫލިއްޔަތު
|
- ބިޒްނަސްއާ ގުޅުންހުރި ޕްރޮމޯޝަންތައް ހިންގުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި މާރކެޓް ރިސާރޗް ހެދުމާއި ޕްރޮޑަކްޓް މާރކެޓްކުރުމުގެ މަސައްކަތްތައްކުރުން
|
ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:
|
- ބިޒްނަސް އަދި މާރކެޓިންގ ދާއިރާއިން ޑިގްރީ ޙާޞިލްކޮށްފައިވުން، ނުވަތަ
- ބިޒްނަސް އަދި މާރކެޓިންގ ދާއިރާއިން އެޑްވާންސް ޑިޕްލޮމާ ހާޞިލްކޮށްފައިވުން އަދި މަސައްކަތު ތަޖްރިބާ ލިބިފައިވުން
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- ލިބިފައިވާ ތަޢުލީމާއި ތަމްރީން
- މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- ކުރެވޭ އިންޓަރވިއު އިން ފާސްވުން (އަމިއްލައަށް އިސްނެގުމުގެ ހުނަރު، ޕްރެޒެންޓޭޝަން ސްކިލްސް، ނެގޯސިއޭޝަން ސްކިލްސް އަދި މާރކެޓިންގ ޕްލޭން ހެދުމުގެ ޤާބިލްކަން)
- ޤާނޫންތަކާއި ޤަވާއިދުތަކަށް އަހުލުވެރި މިންވަރު
- ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ އަދި ދަތިކަމެއްނެތި ދަތުރުފަތުރުކޮށް އުޅެވޭނެ ފަރާތަކަށްވުން.
|
ރަސްމީ މަސައްކަތު ގަޑި:
|
- ހެނދުނު 8:00 އިން ހަވީރު 15:00އަށް
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު / ސީވީ (ފޯން ނަންބަރާއެކު)
- ވަޒީފާއަށްއެދި ހުށަހަޅާ އެޕްލިކޭޝަން ފޯމާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ
- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ
- ޕޮލިސް ރިޕޯޓް ( ވަޒީފާއަށް ހޮވިއްޖެނަމަ، ހުށަހަޅަން ޖެހޭނެއެވެ. )
|
ސުންގަޑި:
|
މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2019 އޮކްޓޯބަރ 23ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، ޕޯސްޓް ބިލްޑިންގުގެ 04 ވަނަ ފަންގިފިލާގައި ހުންނަ ހިއުމަން ރިސޯސަސް ސެކްޝަން ހުށަހެޅުން އެދެމެވެ. ސިޓީ އުރައިގެ ބޭރުގައި " ވަޒީފާއަށް އެދި" މިހެން ޖަހަންވާނެއެވެ.
|
އިންޓަވިއު:
|
އިންޓަވިއުއަށް ދެންނެވޭނީ، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
|
ވަޒީފާއަށް އެދޭނެ ގޮތް
|
ވަޒީފާއަށް އެދޭފޯމު ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ޕޯސްޓް ބިލްޑިންގުގެ 04 ވަނަ ފަންގިފިލާއިން ފޯމު ލިބެން ހުންނާނެއެވެ.
https://maldivespost.com/media/downloads
|
އިތުރު މަޢުލޫމާތު:
|
- މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
- މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 3315555 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
|