ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގައި އެކިފަރާތްތަކުންގެންގުޅުއްވާ ބިދޭސީންނާބެހޭ

އެކިފަރާތްތަކުން ރަށުގައި މަސައްކަތްކުރުމަށް ގެނެވިފައިވާ ބިދޭންސީން ރަޖިސްޓްރީކޮށްގެން ބެލެހެއްޓުމަށް ފަސޭހަ އަދި ހަރުދަނާ ނިޒާމައް ޤާއިމުކުރުމުގެ ގޮތުން "ހަރަހެރި" މިނަމުގައި ވެބް ޕޯޓަލްއެއް ފަރުމާކޮށް ރަށްރަށުގައި މަސައްކަތްކުރާ އެންމެހާ ބިދޭސީންގެ މައުލޫމާތު 31 އޮގަސްޓް 2019ގެ ނިޔަލަށް ޕޯޓަލްގައި ހިމަނުއްވައި ދަފްތަރު ފުރިހަމަކޮށްދެއްވުންއެދި ލޭބަރ ރިލޭޝަން އޮތޯރިޓީން އަންގަވާފައިވާތީ 15 އޮކްޓޫބަރ 2019 ވާ އަންގާރަ ދުވަހުގެ އޮފީސް ބަންދުވުމުގެކުރިން ފިޔޯރީގައި އުޅޭ އެންމެހާ ބިދޭސީން "ހަރަހެރެ" ޕޯޓަލްގައި ރަޖިސްޓްރީކޮށް ނިންމުމަށް ތަކުރާރުކޮށް ބިދޭސީން ގެންގުޅުއްވާފަރާތްތަކަށް ވާނީ ސިޓީފޮނުވާފައެވެ. ނަމަވެސް ބައެއްފަރާތްތަކުންއަދިވެސް ބިދޭސީން ރަޖިސްޓްރީކޮށްފައިނުވާތީ އެފަދަ ފަރާތްތަކާއިމެދު ޕޮލިސް މެދުވެރިކޮށް ފިޔަވަޅުއަޅާނެވާހަކަ ދެންނެވީމެވެ. އަދި ބިދޭސީން ރަށް ގެނައުމަށްފަހު އެމީހަކު "ހަރަހެރި" ޕޯޓަލް ރަޖިސްޓްރީގައި ރަޖިސްޓްރީކުރުމާއި އަދި ބިދޭސީމީހާ ރަށުންފުރައިގެންދިޔުމުން ރަޖިސްޓްރީން އުނިކުރުމަކީ ބިދޭސީމީހާ ގެންގުޅޭ ނުވަތަ ގެންގުޅުނު މީހާގެ ޒިންމާއެއްކަމުގައި ދެންނެވީމެވެ.

ވީމާ، ބިދޭސީންނާއިމެދު އަމަލުކުރުމަށް ދަންނަވާފައިމިވާ ގޮތަށް އަމަލުނުކުރާ ފަރާތްތަކާމެދު ޤަވާއިދުން ފިޔަވަޅުއަޅާނެވާހަކަ އާންމުކޮށް އަންގާ އިއުލާންކުރީމެވެ.

އިޚްތިރާމް ޤަބޫލުރެއްވުން އެދެމެވެ.

17 ޞަފަރު  1441

16 އޮކްޓޫބަރ 2019

 

މުޙައްމަދު ސަޢީދު

ކައުންސިލްގެ ނައިބު ރަޢީސް

 

16 އޮކްޓޫބަރު 2019
ހޯދާ