ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމު ލައިސަންސް ދޫކުރުމަށް އެގްޒަމިނަރަކު ހޯދުން

               މި ކައުންސިލުން ދޫކުރުމަށް ހަމަޖެހިފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓައި އެގްޒަމިނަރަކު ހޯދަން ބޭނުންވެއެވެ.

- ބޭނުންވާ އަދަދު: 1

- ޝަރުޠު

  • ފާއިތުވި 5 އަހަރުދުވަހުގެ ތެރޭގައި ޓްރެފިކް ވަޔަރލޭޝަން ކުށެއްކޮށްފައި ނުވުން.
  • ޓްރާންސްޕޯރޓް އޮތޯރިޓީ ނުވަތަ އެ އޮތޯރިޓީގެ މަސައްކަތެއް ކުރާ އޮފީހެއްގައި ވަޒީފާ އަދާކުރާ މީހަކު ކަމުގައި ނުވުން.
  • އެއްގަމު އުޅަނދު ދުއްވުމުގެ ދާއިމީ ލައިސަންސް އޮތުން.
  • ޑްރައިވިންގ ސްކޫލެއްގައި އެއްވެސް ހައިސިއްޔަތަކުން މަސައްކަތް ކުރާ މީހެއްކަމުގައި ނުވުން.

 

އުޖޫރަ:

  • ކޮންމެ ޓެސްޓަކަށް -/50 ރުފިޔާ

 

- ހުށަހަޅަންޖެހޭ ތަކެތި:

  • ހުށަހަޅާ ފަރާތުގެ ވަނަވަރު
  • 5 އަހަރުދުވަހުގެ ކުށުގެ ރެކޯޑް
  • އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ކޮޕީ
  • އައި.ޑީ.ކާޑު ގެ ކޮޕީ

ވީމާ، އެގްޒަމިނަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 24 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ސިޓީއަކުން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.

                  މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6780039 ނަންބަރު ފޯނާއެވެ.

15 އޮކްޓޫބަރު 2019
ހޯދާ