ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަނިމާދޫ ކައުންސިލް އިދާރާއަށް އެޑްމިނިސްޓްރޭޓިވް އޮފިސަރެއް ބޭނުންވެއްޖެ.

ވަޒީފާގެ ފުރުޞަތު

ނަންބަރު(IUL)258/2019/47

މި ކައުންސިލަށް ތިރީގައި ދަންނަވާ މަޤާމަށް މީހުން ބޭނުންވެއެވެ.

 

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ ޢަދަދު:

01

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް:

ޖީ.އެސް 3

މަޤާމުގެ ގިންތި:

ދާއިމީ

ވަޒިފާއަދާ ކުރަންޖެހޭ ތަން:

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ / ހދ. ހަނިމާދޫ

އަސާސީ މުސާރަ:

4,465.00ރ

ސަރވިސް އެލަވަންސް:

1,500.00 ރ

އެހެހިހެން އެލަވަންސް

1-    ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ.

2-    ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3-    ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

4-    ސަޕޯޓިންގ ކޯ އެލަވަންސްގެ ގެ ގޮތުގައި މަހަކު -/700 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  • ކައުންސިލް އިދާރާއަށް އަންނަ ލިޔެކިޔުންތައް ފައިލްކުރުމާއި ފައިލިންގ ސިސްޓަމް ޤަވާޢިދުން ބެލެހެއްޓުމާއި ފައިލިންގ ސިސްޓަމުން ހޯދަންޖެހޭ ލިޔެކިޔުންތައް ބޭނުންވެއްޖެ ހިނދެއްގައި ހޯދާ ފޮޓޯކޮޕީނަގާ ބޭނުންވާ ޔުނިޓަކާ ޙަވާލުކުރުން.
  • ކައުންސިލްގެ އިދާރާގެ ކޯޕަރޭޓިވް އެފެއާރޒް ޔުނިޓްގެ މުހިއްމު އިދާރީލިޔެކިޔުމާއި ފޮޓޯތައް ކައުންސިލްގެ އިދާރާގެ ވެބްސައިޓަށް (ސްޕަވައިޒަރގެ ބެލުމުގެދަށުން) ދުވަހުން ދުވަހަށް އަޕްލޯޑްކޮށް ބަލަހައްޓަމުން ގެންދިއުން.
  • ކައުންސިލް ބައްދަލުވުމުގެ ޔައުމިއްޔާލިޔެ، ބައްދަލުވުން ނިމުމުން ޔައުމިއްޔާގައި ނިމުނުކަންކަން ޚުލާސާކޮށް ލިޔެ މެމްބަރުން ސޮއިކުރުމަށްފަހު ޒިންމާދާރު ވެރިޔާއާއި ޔުނިޓްތަކުގެ ވެރިންނަށް ކޮޕީ ދީ ވީ އެންމެއަވަހަކަށް ނޯޓިސްބޯޑްގައި ޢާއްމުކުރުން.
  • ކައުންސިލްގެ ބައްދަލުވުންތަކުގެ ޔައުމިއްޔާލިޔެ ކައުންސިލުން ފާސްކުރުމުން އެލް.ޖީ.އޭއަށް މެއިލްކޮށް ނަންބަރު ތަރުތީބުން ޔައުމިއްޔާ ފައިލްކުރަމުން ގެންދިއުން.
  • ކައުންސިލްގެ އިދާރާއިން ބާއްވާ ޖަލްސާތަކާއި ބައްދަލުވުންތަކާއި އަދި ކޮންމެ އިވެންޓެއްގެ ފޮޓޯނެގުމާއި އެއިވެންޓަކާއިބެހޭ މަޢުލޫމާތު ފޮޓޯއާއެކު ވެބްސައިޓަށް އަޕްލޯޑްކޮށް ވެބްސައިޓާބެހޭ އެންމެހާ ކަންކަން ބެލެހެއްޓުން.

ކައުންސިލް އިދާރާއަށް އަންނަ މެހްމާނުންނާ އިޙްތިރާމާއެކު ރީތިބަހުން މުއާމަލާތުކޮށް ޖަވާބުދާރީވުމާއި ބައްދަލުކުރަން ބޭނުންވާ ބޭފުޅަކާ ނުވަތަ މުވައްޒަފަކާ ބައްދަލުކުރުމުގެ އިންތިޒާމް ވީއެންމެ އަވަހަކަށް ހަމަޖައްސައިދިނުން.

  • ކައުންސިލް އިދާރާގެ ޖެމްސްގެ ޚިދުމަތް އެން.ސީ.އައި.ޓީ އާ މަޝްވަރާކޮށް ބެލެހެއްޓުން.
  • މުވައްޒަފުންގެ ޙާޟިރީ އެޓެންޑެންސް ބެލެހެއްޓުން.
  • ކައުންސިލް އިދާރައިގެ ފަރާތުން ފާހަގަކުރާ އެކިއެކި މުނާސަބަތު، ވޯކްޝޮޕްފަދަ ކަންކަމާގުޅިގެން ކުރަންޖެހޭ އިދާރީ ކަންކަން އިންތިޒާމް ކުރުމަށްޓަކާ ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިވުން.

 

މަޤާމުގެ ޝަރުޠުތައް

 

  1. 'ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު )މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި ކައުންސިލުން ލިބެން ހުންނާނެއެވެ(.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޯކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި

ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

   7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓުގެ ކޮޕީ.

   8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި

މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

މިވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 

  • ހާޞިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 24 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، ހަނިމާދޫ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected])މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.  

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު ކުރުން އޮންނާނީ، 28 އޮކްޓޯބަރ 2019 އާއި 07 ނޮވެމްބަރ 2019 އާ ދެމެދު، ހަނިމާދޫ ކައުންސިލް އިދާރާގައެވެ.

 

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތުހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށް ވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މި އިޢުލާނާއި ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރަތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލްކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސާދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6520028 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 އޮކްޓޫބަރު 2019 14

14 އޮކްޓޫބަރު 2019
ހޯދާ