މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - މަސައްކަތު

އިޢުލާނު

މަޤާމް:

މަސައްކަތު

މަޤާމުގެ ނަންބަރު:

J-221861

ބޭނުންވާ އަދަދު:

01 ( އެކެއް )

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެސް . އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާރފް ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ށ އަތޮޅު ކައުންސިލްގެ އިދާރާ / ށ ފުނަދޫ

މުސާރަ:

މަހަކު -/3100 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު -/1000 ރުފިޔާ

ސަޕޯރޓިންގ ކޯ އެލަވަންސް 2:

މަހަކު -/1200 ރުފިޔާ

އިތުރު ޢިނާޔަތްތައް:

 

 

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-      އަތޮޅުކައުންސިލް އިދާރާގެ އެތެރެ ކޮންމެ ދުވަހަކު ކުނިކަހާ ސާފުކުރުން.

2-      އަތޮޅުކައުންސިލް އިދާރާގެ މޭޒުތަކާ ގޮޑިތަކާއި، ކޮމްޕިއުޓަރ، ފޮޓޯކޮޕީމެޝިން ފަދަ ތަކެތި ކޮންމެދުވަހަކު ފޮޅާފޮހެ ސާފުކުރުން

3-      އަތޮޅުކައުންސިލް އިދާރާގެ ކުދިދޮރުތަކާ ، ފެންލައިޓްތަކާއި، ދޮރުފަތްތައް އަދި ޕާޓްޝަންތައްފޮހެ ސާފުކުރުން

4-      ކައުންސިލް އިދާރާގެ އެތެރެ ހިރަފުސް ނުވާނެހެން މޮޕްކޮށް ސާފުކުރުން

5-      ކައުންސިލް އިދާރާގެ ގޯތިތެރެއިން ޙަވާލުކުރެވިފައިވާ ސަރަޙައްދު ވިނަނޮޅާ ކުނިކަހާ ސާފުކުރުން

6-      ޓްރެކް އޭރިޔާ އިން ޙަވާލުކުރެވިފައިވާ ސަރަޙައްދު ކުނިކަހާ ވިނަނޮޅާ ސާފުކުރުން

7-      އަތޮޅު ކައުންސިލް އިދާރާއަށް މާލެއިންގެނެވޭ ތަކެތި ބަނދަރުންގެންއުމުގެ މަސައްކަތްކުރުން

8-      ކައުންސިލް އިދާރާގެ ޢިމާރާތްތައް ހިމެނޭ ޕާކުތަކުގައި ގަސް އިންދުމާއި، ގަސްތައް ކޮށާ ފެންދީ ބެލެހެއްޓުން.

9-      ޖަލްސާކުރާ މާލަމުގެ އެތެރެ ސާފުކޮށް ބެލެހެއްޓުން

10-  ކައުންސިލް އިދާރާގެ އިމާރާތްތަކުގައިހުރިގަސްމުށިތަކުގައި ގަސްއިންދާ ފެންދީ ބެލެހެއްޓުން

11-  ކައުންސިލް އިދާރާގެ އިމާރާތްތަކުގެ ފުރާޅުތަކާ ދިޔަދޮވިތައް ސާފުކޮށް ބެލެހެއްޓުން

12-  ކައުންސިލް އިދާރާގެ ޢިމާރާތްތަކުގެ ވަޅުތައް ދިޔަހިއްކާ ފެންތާނގީތައް ސާފުކޮށް ވިއްސާރަ މޫސުމުގައި ރައްކާތެރިކަމާއެކު ތާނގީތަކަށް ފެންއަޅާރަނގަޅަށް ބެލެހެއްޓުން

13-  ކައުންސިލް އިދާރާގެ ޢިމާރާތްތަކުންނާއި ގޯތިތެރެއިންނެގޭ ކުނި ކަނޑައެޅޭ ސަރަހައްދަކަށް ޖަމާކުރުން

14-  މުޅިތަނަށްދިމާވާ ކުއްލި އިމަޖެންސީތަކާއި، ކައުންސިލް އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި،ކައުންސިލްއިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެންކަންތައްތައް ކުރުން

 މަޤާމުގެ ޝަރުޠުތައް:

ލިޔަންކިޔަން އެނގުން  ( ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިއުމަށް ބައިގެންނެވެ. )

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު
  • މަސައްކަތު ތަޖުރިބާ ލިބިފައިވާ މިންވަރު
  • މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލްކަމާއި ސިފަތައް

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22 އޮކްޓޯބަރ 2019 ގެ 13:00 ގެ ކުރިން، ށ އަތޮޅު ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އަދި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،23 އޮކްޓޯބަރ 2019 އާއި 31 އޮކްޓޯބަރ 2019 އާ ދެމެދު، ށ އަތޮޅު ކައުންސިލްގެ އިދާރާ ގައެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6540025 އަށެވެ. އީ-މެއިލް ކުރާނީ  [email protected] އަށެވެ.

13 އޮކްޓޫބަރު 2019
ހޯދާ