މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުއްނަޞްރު މިސްކިތް ފޮޅާ ސާފުކުރާނެ މަސައްކަތު މީހުންހޯދުން

މ. މަޑުއްވަރީ މަސްޖިދުއްނަޞްރު މިސްކިތް ފޮޅާ، ސާފުކުރުމަށް ވޭޖް އެމްޕްލޯއިމަންޓްގެ ދަށުން

     ގެންގުޅޭ މުއްޒަފުންގެ އެއްބަސްވުމުގެ މުއްދަތު ހަމަވާތީ ، ނަޞްރުމިސްކިތާއި ، މިސްކިތުފާޚާނާއާއި ، އިސްކުރުބަރިއާއި ، މިސްކިތު 

     ގޯތިތެރެއާއި ގޯތިވަށައިގެންވާ މަގު ހިމެނޭސަރަހައްދު ކުނިކަހައި ފޮޅާ ، ސާފުކުރުމަށް އެންޕްލޯއި މަންޓްގެދަށުން 1 (އެކެއް) އަހަރު

     ދުވަހުގެ މުއްދަތަށް މ. މަޑުއްވަރީ ކައުންސިލާ ދެމެދުވެވޭ އެއްބަސްވުމާ އެއްގޮތަށް އެމަސައްކަތްކޮށް ދިނުމަށް އެދޭ މީހުން ބޭނުން

     ވެއްޖެއެވެ.

     މީހުން ބޭނުންވާ މަޤާމް :     މަސައްކަތު މީހުން

     ބޭނުންވާ ޢަދަދު :         3 ( 2 ފިރިހެން 1 އަންހެން )

     މަޤާމުގެ މުސާރަ :         ކޮންމެ ނަމާދު ވަގުތަކަށް -/45 (ސާޅީސްފަހެއް) ރުފިޔާ

     މަޤާމުގެޝަރުޠު :         ލިޔަންކިޔަން އެގުމާއެކުމަސައްކަތް ކުރެވޭފަދަ ޞިއްޙަތު ސަލާމަތުންހުރި މީހަކަށްވުމާއި ، މިފަދަމަސައްކަތް

                         ތައްކުރުމުގެ ތަޖުރިބާ ހުރި މީކަށްވުން .

     އިތުރު ތަފްޞީލް :

                  

  • އެމްޕޮލޯއިމަންޓްގެ ދަށުން ގެންގުޅޭ މުވައްޒަފުންނަށް އެއްވެސްޗުއްޓީއެއް ނުލިބޭނެއެވެ.
  • އިތުރުގަޑީފައިސާ ، ބަންދުއެލަވަންސް ފައިސާއެއް ނުލިބޭނެއެވެ.

     މަޤާމުގެ މަސްއޫލިއްޔަތު : 

 

  •     މިސްކިތް ފޮޅާ ސާފުކުރުމާއި ، ފެންޑާގެ ތަޅުމުގެމުށިތައް މޮޕްކޮށް ޓައިލްސްކުލީނަރ ބޭނުންކޮށްގެން ހިރަފުސް ނުހުންނަ

    ވަރަށް ސާފުކުރުން.

  •     މިސްކިތު ކުޑަދޮރުތަކާއި ބޮޑުދޮރުތައް ސާފުކުރުމާއި ، ބިއްލޫރި ހިރަފުސް ނުހުންނަވަރަށް ވިންޑޯކްލީނަރ ބޭނުންކޮށްގެން

    ސާފުކުރުން.

  •     ވިއްސާރަވެ ވާރޭވެހޭ ދުވަހެއްނޫންނަމަ ، ކޮންމެނަމާދު ވަގުތެއް ޖެހުމުގެ 15 މިނިޓްކުރިން ބޮޑުދޮރާއި ، ކުޑަ ދޮރުތައް

    ހުޅުވުމާއި ، ނަމާދުކޮށް ނިމިގެން 15 މިނިޓް ފަހުން ދޮރުތައް (މިސްކިތުގައި މީހަކުނެތްނަމަ ) ބަންދުކުރުން.

  •     މިސްކިތް ދިއްލާނިއްވުމާއި ، މިސްކިތުން އަނދާ ހޮޅިބުރި ، ބޮކި ފަދަ ތަކެތި ބަދަލުކުރުމަށް ކައުންސިލް އިދާރާއިން

    ހޮޅިބުރި ، ބޮކި ހޯދުމާއި ، ހޮޅިބުރި ، ބޮކި ލިބުމުން ވަގުތުން ބަދަލުކުރުން .

  •     މިސްކިތު ގޯތިތެރޭ ވިނަނޮޅުމާއި ، ކުނިކަހައި ސާފުކޮސް ބެލެހެއްޓުން ، އަދި މިސްކިތް އެކުލެވޭމަގު މިސްކިތްހިމެނޭ

    ސަރަހައްދު ކުނިކަހައި ސާފުކުރުން .

  •     ފަންކާތަކާއި ، މިންބަރު ، މައިކް ސްޓޭންޑް ، ކަބަޑުތައް ރަގަޅަށްފޮހެ ސާފުކުރުން .
  •     މިސްކިތު ގޯތިތެރޭގައި އިންދާ ހައްދާ ގަސްތަކަށް ފެންދީ . ގަސްތައް ހެއްދުމަށް މަސައްކަތް ކުރުން.
  •     މިސްކިތު ފުރާޅާއި ، ދިޔަދޮވި ހިރަފުންނުހުންނަ ވަރަށް ދޮވެ ސާފުކުރުން .
  •     މިސްކިތު ވަޅު ހަޑިވެފައިވާނަމަ ، ވަޅުދިޔަ ހިއްކުމާއި ، ވަޅުސާފުކޮށް ބެލެހެއްޓުމާއި ، ވަޅުގެ ތަޅުންގަޑުއަބަދުވެސް

    ރީއްޗަށް ދޮވެ ސާފުކުރުން .

  •     މިސްކިތުގެ އެއްވެސް އެއްޗަކަށް ގެއްލުމެއް ލިބިއްޖެނަމަ ، އެކަން ހަމަވަގުތުން އިމާމު/މުދިމު ނުވަތަ މިސްކިތާޙަވާލު

    ވެހުރި ފަރާތަކަށް އަންގައި އެކަމެއް ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތް ތަކުގައި ޢަމަލީގޮތުން ބައިވެރިވެ ، އެ

    މަސައްކަތެއް ކުރުން

  •     މިސްކިތު ގޯތިތެރެއާއި ، މިސްކިތް އެކުލެވޭ މަގުން މިސްކިތު ސަރަހައްދަށް ވާބައި  ކުނިކަހައި ސާފުކުރުމާއި ، ނެގޭ

    ކުނިތައް ކުނިގޮނޑަށް އުކާލުން.

  •     އިސްވެ ދެންނެވުނު މަސައްކަތްތަކުގެ އިތުރުންވެސް މަސައްކަތުމީހާގެ މަސައްކަތާއިގުޅޭ މަސައްކަތެއްކުރަން ކައުންސިލް

    އިދާރާއިން އަންގައިފިނަމަ ، އެ މަސައްކަތެއް ކުރުން .

  •     ދިވެހި ސިވިލްސަރވިސްގެ ޤާނޫނާއި ، ޤަވާޢިދާއި  ކޯޑް އޮފް ކޮންޑަކްޓަށް ތަބަޢަވާން ޖެހޭނެއެވެ.

 

          މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 22 އޮކްޓޯބަރ 2019 ވަނަދުވަހު 14:00ގެ ކުރިން

      މ. މަޑުއްވަރީ ކައުންސިލްގެ އިދާރާއަށް ސިޓީފޮނުއްވެވުން އެދެމެވެ. ސިޓީ ފޮނުވާއިރު ލިބިފައިހުރި ތަޢުލީމީ ލިޔުންތަކާއި ، އަ.އި.ޑީ

      ކާޑްގެ ދެފުށުގެ ކޮޕީއާއި ، އެހެންތަނެއްގައި މަސައްކަތް ކޮށްފައިވާނަމަ އެކަން އެގޭނެ ލިޔުން ހުށަހަޅަން ވާނެއެވެ.

 

                  މަޤާމަށް މީހުން ނެގުމަށްބާއްވާ އިންޓަރވިއު 23 – 28 އޮކްޓޯބަރ 2019 އާއި ދެމެދު ދުވަހެއްގައި ކައުންސިލް

      އިދާރާގައި  އޮންނާނެއެވެ.                                           

                     ވީމާ ، މިކަންޢާންމުކޮށް އަންގައި އިޢްލާން ކުރީމެވެ.

13 އޮކްޓޫބަރު 2019
ހޯދާ