މަޤާމު:
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)
|
ބޭނުންވާ ޢަދަދު : 02
|
މުސާރަ
|
މަހަކު 5778.1 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު 2476.33 ރުފިޔާ
|
އޮފީސް
|
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
|
ސްޕައިން ޕްއިންޓު
|
18
|
ގްރޭޑު
|
ADG4
|
މަޤާމުގެ ޝަރްޠުތައް:
|
- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ،
- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކެންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ،
- ސާނަވީ އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- އެކި އެކި ބައްދަލުވުން ތަކުގެ ޔައުމިއްޔާ ތައް ލިޔެ ތައްޔާރުކުރުން.
- ސްޓޫޑަންޓް އެފެއާރޒްއަށް އަންނަ ސިޓީތަކާއި އެހެނިހެން ތަކެތި ބަލައިގަތުމާއި ފޮނުވުމާއި، ސިޓީތަކާއި އެހިނެހެން ލިއުންތައް ލިޔެ ފޮނުވަންޖެހޭ ފަރާތަކަށް ފޮނުވުން.
- ކޯސްތަކަށް އިޢުލާން ކުރުމުގެ މަސައްކަތްތައް ކުރުމާއި ދަރިވަރުންނަށް ކޯސްތަކާއި ބެހޭ މަޢުލޫމާތު ދިނުން
- އޮރިއެންޓޭޝަން އަދި ރަޖިސްޓްރޭޝަން ކަންކަމުގައި އަމަލީގޮތުން ބައިވެރިވުން.
- ދަރިވަރުންގެ ފޯރމް އެންޓަރ ކުރުން.
- ދަރިވަރުންގެ ސްޓެޓިސްޓިކްސް ތައް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
- އިމްތިޙާންގެ އެންމެހައި ކަންތައްތައް ސްޕަވައިޒަރު އަންގާ ގޮތެއްގެ މަތިން އެހީތެރިވުން.
- ޔުނިވަރސިޓީ މެނޭޖްމަންޓް ސިސްޓަމްގެ އިދާރީ މަސައްކަތްތައް ކުރުން.
- ދަސްވެނިވުން ބޭއްވުމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.
- ކޯސްތަކަށް ހޮވުނު ދަރިވަރުންނަށާއި ނުހޮވުނު ދަރިވަރުންނަށް ލިޔުންތައްޔާރުކުރުން.
- ޔުނިވަރސިޓީގެ މީޓިންގތައް ކަނޑައެޅިފައިވާ ދުވަސްތަކުގައި ހާޒިރުވުން.
- އިސްވެރިޔާ އަންގަވާގޮތުގެ މަތިން އެޕޮއިންޓްމަންޓްތައް ރާވައި ބެލެހެއްޓުން
- މަތީގައިވާ ކަންތައްތަކުގެ އިތުރުން، ޔުނިވަރސިޓީގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ސްޕަވައިޒަރު ހަވާލުކުރާ އެންމެހައި މަސައްކަތްތައް ކުރުން.
|
އުޖޫރައާއި ޢިނާޔަތްތައް:
|
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު
- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (ގުޅުންހުރި ދާއިރާއިން)
- ލިބިފައިވާ ހުނަރު (އިންޓަރވިއު އަދި ޕްރެކްޓިކަލްސް)
|
ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
|
- މިޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމް (މިޔުނިވަރސިޓީގެ ރިސެޕްޝަނުން މިފޯމް ލިބިވަޑައިގަންނަވާނެ) އަދި ޔުނިވަރސިޓީގެ ވެބްސައިޓްއިން ޑައުންލޯޑް ކުރެވޭނެއެވެ. ލިންކް އަކީhttps://www.ium.edu.mv/gazette/job-application-form-dhivehi/ އެވެ.
- މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- މި މަޤާމުގެ މުއްދަތަކީ މި ވަޒީފާ ލިބޭ ތާރީޚުން ފެށިގެން 31 ޑިސެންބަރ 2019 ގެ ނިޔަލަށެވެ. މަޤާމަށް ހޮވޭ ފަރާތުގެ ޤާބިލު ކަމަށް ބެލުމަށްފަހު ވަޒީފާގެ މުއްދަތު އިތުރުކުރުމުގެ އިޚްތިޔާރު މި ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
- ވަޒީފާއަށް ހޮވުމުގައި ގިނަ ވަގުތު މަސައްކަތް ކުރެވޭނެ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
- އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
- އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
- މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ ހެނދުނު
- 08:00 އާއި 23:00 ދެމެދުގެ 06 ގަޑިއިރު އިރުއެވެ.
|
ސިޓީ ފޮނުވަންވީ ތާރީޚު:
|
- 21 އޮކްޓޫބަރ 2019 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް.
|
އިތުރު މަޢުލޫމާތު:
|
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3022116 ނަންބަރު ފޯނާއެވެ.
|