ދިވެހިރާއްޖެ
އިޢުލާން
މިއިދާރާގެ ނަންބަރު: (IUL)426-AB/426/2019/349 އިޢުލާނާއިއެކު އާންމުކުރެވިފައިވާ ލިސްޓްގައި ހިމެނޭ ގުރުއަތުން ފްލެޓް ލިބޭ ފަރާތް ކަނޑައަޅަންޖެހޭ މީހުންގެ މެދުގައި ގުރުއަތުލުން 06 އޮކްޓޫބަރު 2019 ދުވަހުގެ ރޭ ބޭއްވުމަށްފަހު ގުރުއަތުން ހޮވުނު ފަރާތްތައް ހިމެނޭ ގޮތުން ފްލެޓް ލިބޭފަރާތްތަކުގެ ލިސްޓް މިއިޢުލާނާއިއެކު އާންމުކުރީމެވެ.
މިލިސްޓް ދިވެހި ސަރުކާރުގެ ގެޒެޓާއި މިއިދާރާގެ ވެބްސައިޓް www.adducity.gov.mvގައި ޝާއިޢުކުރެވި، އަވަށުއޮފީސްތަކާއި މިއިދާރާގެ ނޯޓިސް ބޯޑުގައިވެސް ބެހެއްޓިފައިހުންނާނެއެވެ.
ފްލެޓްތައް ލިބޭ ފަރާތްތަކާއެކު އެގްރީމެންޓް ހެދުމުގެ ކުރިން، އެކެޓަގަރީއެއްގެ ދަށުން ޢާންމުކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގެ ޝަރުޠުތަކުގައިވާ ގޮތުގެ މަތިން، ގޯތިގެދޮރާއި ބެހޭ މަޢުލޫމާތު އިތުރަށް ބަލައި ޗެކްކުރެވޭނެއެވެ. އަދި ދެމަފިރިން ފްލެޓަށް ހޮވިފައިވާނަމަ، ފްލެޓް ޙަވާލުކުރެވޭނީ މިކަމާ ގުޅޭގޮތުން އެކެޓަގަރީއެއްގެ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ އުޞޫލާ އެއްގޮތަށެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.
08 ޞަފަރު 1441