ދިވެހިރާއްޖެ
މި އިޢުލާންވަނީ 04 ނޮވެންބަރު 2019 09:16 ގައި ބާތިލް ކުރެވިފައެވެ.
މަޢުލޫމާތު ކަރުދާސް
ސުރުޚީ: ކަރާސީނުތެޔޮ ވިއްކުމަށް ބީލަމުގައި ހުޅުވާލުމާ ގުޅޭ
އިޢުލާން ނަންބަރު: 116-J3/IL/2019/79
ތާރީޚް: 7 އޮކްޓޯބަރ 2019
-
ފެށުން
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ފިއުލް ފާރމްގައި ހުރި ކަރާސީނުތެޔޮ ގަންނަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ. ތެޔޮގަތުމަށް ބީލަން ހުށައަޅާނީ ތިރީގައިވާ މަޢުލޫމާތުގެ މައްޗަށް ރިޢާޔަތް ކޮށެވެ.
-
ބިޑް ހުށައެޅުން
-
ކަރާސީނުތެޔޮ ގަތުމަށް އެދި އަގު ހުށައަޅާނީ 7 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 09:00 އަށް މި ކުންފުނީގެ ކޮމާޝަލް ޑިޕާޓްމަންޓުގެ އޮފީހަށެވެ.
-
ބިޑް ހުށައަޅާއިރު މިމަޢުލޫމާތު ކަރުދާހާ އެޓޭޗް ކުރެވިފައިވާ "ބިޑް ހުށަހަޅާ ފޯމު" އަދި "ބިޑް ހުށައަޅާ ފަރާތުގެ އިޤުރާރު"ގައި ހިމެނޭ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރަންޖެހޭނެއެވެ.
-
ބިޑް ހުށައަޅާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައި، ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ބިޑް ހުށައަޅާ ފަރާތުގެ ނަން ޖެހުމަށްފަހުގައެވެ.
-
-
ބިޑް ހުށައެޅުމުގައި ސަމާލުވާންވީ ކަންތައްތައް
-
އަގު ހުށައެޅުއްވުމަށް ކަނޑައެޅިފައިވާ ގަޑި ފާއިތުވުމަށްފަހު ހުށައެޅޭ އެއްވެސް އަގެއް ބަލައެއް ނުގަނެވޭނެއެވެ.
-
ތެޔޮ ވިއްކުމަށް ހަމަޖެހިފައިވަނީ ލީޓަރުންނެވެ. މިގޮތުން އަގު ހުށައަޅުއްވާ ފަރާތްތަކުން، އަގު ހުށައަޅުއްވާނީ ލީޓަރެއް ގަންނާނެ އަގާއި، ކޮންމެ ކުއަރޓަރއެއްގައި ތެޔޮ ގަންނާނެ އަދަދު (ލީޓަރުން) އެނގޭނެ ގޮތަށެވެ.
-
އަގު ހުށައަޅުއްވަންޖެހޭނީ ލީޓަރެއް ގަންނާނެ އަގު ދިވެހި ރުފިޔާއިންނެވެ.
-
ލީޓަރެއް ވިއްކުމަށް މިކުންފުނިން ނިންމާފައިވާ އެންމެ ކުޑަ އަގަކީ2.42 ރުފިޔާ އެވެ.
-
-
ކޮންމެ ފަރާތަކަށްވެސް ހުރިހާ ފަރާތްތަކުން ހުށައެޅި އަގު އެނގޭނޭ ޝީޓެއް މިކުންފުނިން ދޭނެއެވެ.
-
އަގު ހުށައަޅާއިރު "ބިޑް ހުށަހަޅާ ފޯމު" އަދި "ބިޑް ހުށައަޅާ ފަރާތުގެ އިޤުރާރު" ނެތްނަމަ، އެބިޑް ބާތިލްވާނެއެވެ.
-
ހުށައަޅަންޖެހޭ ލިޔެކިޔުންތައް
މިކަމަށް ޝަޢުޤުވެރިކަންހުރި ފަރާތްތަކުން ތިރީގައި މިދަންނަވާ ލިޔެކިޔެންތައް މިކުންފުންޏަށް ހުށައެޅުއްވުމަށް ދަންނަވަމެވެ.
-
ބިޑް ހުށައަޅާ ފޯމު (ޖަދުވަލު 1)
-
ބިޑް ހުށައަޅާ ފަރާތުގެ އިޤުރާރު (ޖަދުވަލު 2)
-
ކުންފުންޏެއް / ޕާޓްނަރޝިޕެއް / ކޯޕަރޭޓިވެއް ނަމަ: ކުންފުނީގެ ރަޖިސްޓްރީ ކޮޕީ ނުވަތަ ވިޔަފާރި ރަޖިސްޓްރީގެ ހުއްދަ އަދި ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ސެޓްފިކެޓް
އަމިއްލަ ފަރާތެއްނަމަ: ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯޓު ކޮޕީ
-
އިންފޮމޭޝަން ސެޝަން
މިމަސައްކަތަށް ޝަޢުޤުވެރިކަން ހުރި ފަރާތްތަކަށް ބާއްވާ އިންފޮމޭޝަން ސެޝަނެއް 17 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި މިކުންފުނީގެ ކޯޕަރޭޓް އޮފީސް (ކޮންފަރެންސް ރޫމް – 1 ވަނަ ފަންގިފިލާ) ގައި އޮންނާނެއެވެ. މި އިޢުލާނާ ގުޅިގެން އަގު ހުށައެޅޭނީ، މި ސެޝަނަށް ހާޒިރުވި ފަރާތްތަކަށް އެކަންޏެވެ.
-
މަރކްސް ދިނުމުގައި ބަލާ މިންގަނޑުތައް
-
ތެޔޮ ވިއްކާލުމަށް ކަނޑައަޅާ ފަރާތް ނިންމާނީ ތިރީގައިވާގޮތުގެ މަތިން އެންމެ މަތިން މަރކްސް ލިބޭ ފަރާތަކަށެވެ.
ގިންތި |
ތަފްސީލް |
މަރކްސް |
އަގު |
މާކްސްދެވޭނީ އަގުހުށައަޅާ ފަރާތްތަކުން ހުށައަޅާ އެންމެ ބޮޑު އަގަކީ ބެންޗްމާކްއެއްކަމުގައި ބަލައިގެންނެވެ.
|
100% |
-
އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކުގެ މަރކްސް ހަމަހަމަ ވެއްޖެނަމަ، ވިއްކާނެ ފަރާތެއް ނިންމާނީ މާލީގޮތުން މިކުންފުންޏަށް އެންމެ ފައިދާހުރި ގޮތަށެވެ.
-
ބިޑް އިވެލުއޭޝަންއާ ގުޅިގެން އެއްވެސް ޝަކުވާއެއް ވާނަމަ، މިކުންފުންޏަށް ސިޓީއަކުން ހުށައެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.
-
ތެޔޮ ވިއްކުމަށް ހަމަޖެހިފައިވާ ގޮތް
-
ވިއްކުމަށް ނިންމާފައިވާ ތެލުގެ ޖުމުލަ ވޮލިއުމްއަކީ 25-30 ކިލޯ ލީޓަރ އެވެ.
-
ތެޔޮ ވިއްކުމަށް ހަމަޖެހިފައިވަނީ ތެޔޮ ގަންނަ ފަރާތާ ދެމެދު ވެވިފައިވާ އެއްބަސްވުމަށް ޢަމަލުކުރާ މުއްދަތުގެ ތެރޭގައި މަދުވެގެން ކޮންމެ 4 (ހަތަރު) މަހަކު 1 (އެއް) ފަހަރުއެވެ.
-
-
ތެޔޮ އެޅުމަށް ހަމަޖެހިފައިވަނީ ތިރީގައި މިދަންނަވާ ގޮތަކުންކުރެ ގޮތަކަށެވެ؛
-
ތެޔޮ ގަންނަ ފަރާތުން ގެންނަ ފީފާ، އެމް.އޭ.ސީ.އެލްގެ ފިއުލް ޑިޕާޓްމަންޓުން ގެންދިއުމަށްފަހު، އެއަށް ތެޔޮ އަޅައި، އަނބުރާ ތެޔޮ ގަންނަ ފަރާތަށް ރައްދު ކޮށްދިނުން
-
ތެޔޮ ގަންނަ ފަރާތުން ތެޔޮއެޅުމަށް ބޭނުންވާ ފީފާ، ހުޅުލެ އައިލެންޑް ހޮޓެލްއާ އިންވެގެން އޮންނަ ހުސްބިމާ ދިމާލުގެ ބަނދަރަށް ގެންދިއުމުން، ތެޔޮ އަޅައިދިނުން
-
ތެޔޮ ވިއްކުމަށް އެމް.އޭ.ސީ.އެލް އިން ކަނޑައަޅާފައިވާ ސަރަހައްދުގެ ޗާޓެއް މިމަޢުލޫމާތު ޝީޓާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ. (ޖަދުވަލު 3)
-
ތެޔޮ ގަންނަ ފަރާތުން ސަމާލުކަން ދޭންޖެހޭ ކަންތައްތައް
-
ތެޔޮ ވިއްކުމަށް މިކުންފުނިން ކަނޑައަޅާ ފަރާތާ ދެމެދު 1 (އެއް) އަހަރު ދުވަހުގެ އެއްބަސްވުމެއް ހެދޭނެއެވެ. އަދި މިއެއްބަސްވުމުގައި ބަޔާންކުރާ ކަންތައްތަކާއި އެއްގޮތަށް ޢަމަލުކުރުމަށް ދެފަރާތަށްވެސް ލާޒިމުވާނެއެވެ.
-
މިމަސައްކަތް ކުރުމަށްޓަކައި ހުޅުލެއަށް އައިސްގޮސް އުޅުމުގެ ކަންތައް ހަމަޖެއްސުމާއި، ހުޅުލެއަށް އަރާ ފާސް ހޯދުމަކީ މަސައްކަތާއި ހަވާލުވާ ފަރާތުން ކުރަންޖެހޭނެކަމެކެވެ.
-
ތެޔޮ އެޅުމަށް ބޭނުންވާ ފީފާގެ އިތުރުން، ތެޔޮ ގަތުމަށްފަހު ހުޅުލެއިން ގެންދިއުމަށްޓަކައި ބޭނުންވާ އުޅަނދު ފަހަރާއި އަދި ތެޔޮ މިނުމަށް ބޭނުންވާ ތަކެތި ހޯދުމަކީ ގަންނަ ފަރާތުން ކުރަންޖެހޭ ކަމެކެވެ.
-
މިތަކެތި ގަންނަ ފަރާތުން މަސައްކަތް ކުރުމުގެ ތެރޭގައި މިކުންފުނީގެ އެއްޗެއް ނުވަތަ ތަނެއް ހަލާކުވެއްޖެނަމަ ތަކެތި ގަންނަ ފަރާތުގެ ޚަރަދުގައި އެކަމެއް ރަނގަޅު ކޮށްދޭންޖެހޭނެއެވެ.
-
މިމަސައްކަތް ކުރުމަށް ބޭނުންވާ ހުރިހާ ވެހިކަލަކާއި އުޅަނދުފަހަރު ހޯދުމާއި ހުޅުލެއަށް ގެނެސް މަސައްކަތް ކުރާ ސަރަހައްދަށް ގެންދިއުމަކީ މަސައްކަތާއި ހަވާލުވާ ފަރާތުން ކުރަންޖެހޭނޭ ކަމެކެވެ.
-
މިމަސައްކަތް ކުރުމަށް ބޭނުންވާ ހުރިހާ އުޅަނދުފަހަރެއް ހުޅުލެ ގެނައުމާއި ބަނދަރުކުރުމަށް ނަގަންޖެހޭ ހުރިހާ ހުއްދައެއް ނަގަންޖެހޭނީ މަސައްކަތާއި ހަވާލުވާ ފަރާތުންނެވެ.
-
-
ތެޔޮ އުފުލުމަށް ބޭނުންކުރާ އުޅަނދުގައި ހުންނަންޖެހޭ ކަންތައްތައް
-
ތެޔޮ ބަރުކޮށްގެން ދަތުރުކުރަން ވާނީ އެކަމަށް ޚާއްޞަކުރެވިފައިވާ އުޅަނދުފަހަރުގައެވެ. އަދި މި ފަދަ އުޅަނދުފަހަރަކީ ތެޔޮ ބަރުކޮށްގެން ދަތުރުކުރުމަށް ސަރުކާރުގެ ކަމާބެހޭ މުވައްސަސާއަކުން ހުއްދަދީފައިވާ ނުވަތަ ރަޖިސްޓްރީކުރެވިފައިވާ އުނޅަދަކަށް ވާންވާނެއެވެ.
-
ތެޔޮ އުފުލުމަށް ބޭނުންކުރާ އުޅަނދުގައި ސަލާމަތީ ރައްކާތެރިކަން ރަމްޒުކޮށްދިނުމަށް ބޭނުންކުރާ ނިޝާންތަކާއި "ޑޭންޖަރަސް ކާގޯ ފްލެގް" ހަރުކުރެވިފައި ހުންނަންވާނެއެވެ.
-
ތެޔޮ އުފުލުމަށް ބޭނުންކުރާ އުޅަނދުގައި، އަލިފާންނިވާ ނިޒާމްތައް ޤާއިމްކޮށް އަލިފާންނިވިތައް އިންސްޕެކްޓްކޮށް އަލިފާންނިވިތައް އިންސްޕެކްޓްކުރި ތާރީޚް ޖަހާ އިންސްޕެކްޓްކުރި ފަރާތުން ސޮއިކޮށްފައިވާ ރެކޯޑްސް އޮންނަންޖެހޭނެއެވެ.
-
ތެޔޮ އުފުލުމަށް ބޭނުންކުރާ އުޅަނދުގަޔާއި ތެޔޮ ވިއްކުމަށް ކަނޑައަޅާފައިވާ ސަރަހައްދުގައި، ޢާންމުކޮށް ފެންނާނެހެން ދިވެހި ބަހުންނާއި އިނގިރޭސި ބަހުން "ދުންފަތުގެ އިސްތިޢުމާލުކުރުން މަނާNo Smoking " ނިޝާން ހަރުކުރެވިފައި ހުންނަންވާނެއެވެ.
-
-------------
ނޯޓް:
-
މި މަޢުލޫމާތު ޝީޓުގައި ބަޔާންކޮށްފައިވާ މަސައްކަތާއި ހަވާލުވާ ފަރާތުން، ދީފައިވާ މަޢުލޫމާތާއި އެއްގޮތަށް މަސައްކަތް ކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭންވާނެއެވެ.
ޖަދުވަލު 1 - ބިޑް ހުށަހަޅާ ފޯމު
ސުރުޚީ |
ކަރާސީނުތެޔޮ ވިއްކުމަށް ބީލަމުގައި ހުޅުވާލުމާ ގުޅޭ |
އިޢުލާން ނަންބަރާއި ތާރީޚް |
116-J3/IL/2019/79 (7 އޮކްޓޯބަރ 2019( |
(ހ) ބިޑް ހުށައަޅާ ފަރާތް: (އެންމެ އެކަށީގެންވާ ގޮޅީގައި ފާހަގަ ޖައްސަވާ)
އަމިއްލަ ފަރުދެއް ކުންފުނި ޕާރޓްނަރޝިޕް ކޯޕަރޭޓިވް
(ށ) ބިޑް ހުށައަޅާ ފަރާތުގެ ނަން: (ތާނައިން) (އިނގިރޭސި އަކުރުން) (ނ) އައި.ޑީ ކާޑު / ރެޖިސްޓްރޭޝަން (ކުންފުނި /ޕާޓްނަރޝިޕް / ކޯޕަރޭޓިވް) ނަންބަރު: ...................................................... (ރ) ފޯނު ނަންބަރު: ............................................ (ބ) އީ-މެއިލް: .................................................................... |
||||||||||||
2. ހުށައަޅާ އަގު (ލީޓަރެއް ވިއްކުމަށް ނިންމާފައިވާ އެންމެ ކުޑަ އަގަކީ 2.42 ދިވެހިރުފިޔާ) (ހ) ލީޓަރެއް ގަތުމަށް ހުށައަޅާ އަގު: ................ (ށ) 200 ލީޓަރުގެ ފީފާއެއްގެ ތެޔޮ ގަތުމަށް ހުށައަޅާ އަގު:......................... (ނ) ކޮންމެ ކުއަރޓަރއެއްގައި ތެޔޮ ގަތުމަށް ލަފާކުރާ އަދަދު (ލީޓަރުން):
|
||||||||||||
3. ގުޅޭނެ ފަރާތް (ހ) ފުރިހަމަ ނަން: .............................................................................. (ށ) އައިޑީކާޑު ނަންބަރު: ......................... (ނ) މަޤާމު: ....................................................................................... (ރ) ގުޅޭނެ ފޯނު ނަންބަރު: ...................... (ބ) ދާއިމީ އެޑްރެސް (އަތޮޅާއި ރަށާއެކު): .................................................. (ޅ) އީމެއިލް: .......................................
........................ ސޮއި |
ޖަދުވަލު 2 - ބިޑް ހުށައަޅާ ފަރާތުގެ އިޤުރާރު
ލިބެންވީ: މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ކޮމާޝަލް ޑިޕާޓްމަންޓް | ހުޅުލެ 22000
ދިވެހިރާއްޖެ
އަޅުގަނޑު/އަޅުގަނޑުމެން ތިރީގައި މިވާ ކަންތައްތަކަށް އެއްބަސްވަމެވެ؛
(ހ) އަޅުގަނޑު/އަޅުގަނޑުމެން ނަންބަރު: 116-J3/IL/2019/79 (7 އޮކްޓޯބަރ 2019) އިޢުލާނުގައިވާ ކަންތައްތަކާއި އިޢުލާނާ ގުޅިގެން ޝާޢިއު ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރާ މަސައްކަތް ފުރިހަމަ ކޮށްދޭނެ ކަމުގެ ޔަޤީންކަން އަރުވަމެވެ. (ށ) މި ބިޑްގައި އަޅުގަނޑު/އަޅުގަނޑުމެން ހުށައަޅާފައިވާ އަގުގެ ތަފްސީލަކީ: ލީޓަރެއް ގަތުމަށް ހުށައަޅާ އަގު: ......................... 200 ލީޓަރުގެ ފީފާއެއްގެ ތެޔޮ ގަތުމަށް ހުށައަޅާ އަގު: ......................... ކޮންމެ ކުއަރޓަރއެއްގައި ތެޔޮ ގަތުމަށް ލަފާކުރާ އަދަދު (ލީޓަރުން):
(ނ) މި މަސައްކަތަށް އަޅުގަނޑުމެން ހުށައަޅާފައިވާނީ އެންމެ ބިޑެކެވެ. (ރ) އަޅުގަނޑު/އަޅުގަނޑުމެން މިމަސައްކަތަށް ހޮވިއްޖެނަމަ، އަޅުގަނޑު/އަޅުގަނޑުމެންނާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އާއި ދެމެދު އެއްބަސްވުމެއް އެކުލަވާލައި އެއާއި އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިއުމަށް އެއްބަސްވުމެވެ. (ބ) އަޅުގަނޑު/އަޅުގަނޑުމެން މިބިޑާއެކު ހުށައަޅާފައިވާނީ ތެދު މަޢުލޫމާތެވެ. (ޅ) އަޅުގަނޑު/އަޅުގަނޑުމެން (ވިޔަފާރިވެރިޔާ / ޕާޓްނަރުން / ކުންފުނީގެ ޑިރެކްޓަރުން) މިބިޑް ތައްޔާރުކުރުމުގައި އެއްވެސް ގޮތަކުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ އެއްވެސް މުވައްޒަފަކާއި ގުޅުމެއް ނުވަތަ ނުފޫޒު ފޯރަފާނެ މުޢާމަލާތެއް ހިންގާފައިނުވާނެ ކަމުގެ ޔަޤީންކަން އަރުވަމެވެ. (ކ) ހުށައަޅާފައިވާ މަސައްކަތް ކުރުމުގެ ފަންނީ ޤާބިލްކަން އަޅުގަނޑު/އަޅުގަނޑުމެންގެ ކިބައިގައި ހުންނާނެއެވެ. (އ) އަޅުގަނޑު/އަޅުގަނޑުމެން ބިޑް ޑޮކިއުމަންޓްގައިވާ ހުރިހާ މާއްދާއެއް ކިޔައި އެކަންކަމަށް އެއްބަސްވަމެވެ. |
|||||
ނަން: ............................................................... މަޤާމް: ...............................................
ސޮއި: ............................................................... ތާރީޚް: ............................................... |
ވިޔަފާރީގެ ތައްގަނޑު |
ޖަދުވަލު 3 - ތެޔޮ ވިއްކުމަށް ކަނޑައަޅާފައިވާ ސަރަހައްދުގެ ޗާޓު