ދުވާފަރު ޞިއްޙީ މަރުކަޒު، ރ. ދުވާފަރު
ދިވެހިރާއްޖެ
ކޮމިއުނިޓީ ހެލްތް އޮފިސަރ

ނަންބަރު: IUL) E19/DHC/2019/003)

އިޢުލާން

ވަޒީފާގެ ފުރުޞަތު

ރ. ދުވާފަރު ޞިއްޙީ މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ،

މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

 މަޤާމް:

ކޮމިއުނިޓީ ހެލްތް އޮފިސަރ

މަޤާމުގެ ނަންބަރު:

J-308458

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ރ. ދުވާފަރު ޞިއްޙީ މަރުކަޒު

މުސާރަ:

މަހަކު -/5610 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު -/2500 ރުފިޔާ

 އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  3. މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް.
  4. ކޮންމެ މަހަކު ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި -/700 ރުފިޔާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ހެލްތް މާސްޓަރ ޕްލޭންއާއި އަދި އެހެނިހެން ޤައުމީ/ ސްޓްރެޓެޖިކް ޕްލޭން ތަކަށް ރިއާޔަތްކޮށް އެއާއި އެއްގޮތްވާ ގޮތުގެ މަތިން ކޮންމެ އަހަރަކުވެސް އެކްޝަން ޕްލޭނެއް ހައްދަވާ އެޕްލޭނާއި އެއްގޮތަށް، ސްކޫލްތަކާއި ކައުންސިލް އަދި އެކި ޖަމްޢިއްޔާތަކާއި ގުޅިގެން ރަށުފެންވަރުގައި އާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޕްރޮގްރާމްތައް ރާވާ ހިންގުން.
  2. އާއްމު ޞިއްޙަތާއި ގުޅުންހުރި މަސައްކަތްތަކުގައި ރަށަށް ޒިޔާރަތް ކުރާ ޓީމުތަކަށް ދޭންވާ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުން.
  3. ރަށުގައި ރޯގާއެއް ފެތުރިއްޖެނަމަ އެރޯގާ ކޮންޓްރޯލް ކުރުމާއިބެހޭ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، އެކަން ކޮންޓްރޯލް ކުރުމަށް ކުރެވޭ މަސައްކަތްތައް ވިލަރެސް ކުރުމާއި އެމަޢުލޫމާތު ކަމާބެހޭ ފަރާތް ތަކަށް އަންގާ އެފަރާތް ތަކުގެ މަޝްވަރާއާއި އިރުޝާދުގެ ދަށުން ފިޔަވަޅު އެޅުން.
  4. ރަށުފެންވަރުގައި ޞިއްޙީ ގޮތުން ކުރެވޭ މަސައްކަތްތައް މަހަކު 1 ފަހަރު ރަށުކައުންސިލާއި ޙިއްސާކޮށް ކޮންމެ 3 މަހުން އެއްމަހު ބައްދަލުކޮށް މަޝްވަރާކޮށް ކައުންސިލާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  5. ޕަބްލިކް ހެލްތް ޔުނިޓްގެ މުވައްޒަފުންގެ މަސައްކަތް ސްޕަވައިޒު ކުރައްވާ ދުވަހުން ދުވަހަށް އެމީހުންގެ މަސައްކަތް ނިންމުމަށް ބާރުއަޅާ އެހީތެރިކަން ފޯރުކޮށް ދިނުން.
  6. ދުވަހުން ދުވަހަށް އަދި މަހުން މަހަށް ފޮނުވަންޖެހޭ ރިޕޯރޓްތައް ތައްޔާރުކޮށް ރަށުފެންވަރުގައި ދިރާސާ ކުރުމަށްފަހު ޤަވާއިދުން ހެލްތް ޕޮރޮޓެކްޝަން އެޖެންސީއަށް ފޮނުވުން އަދި ޕަބްލިކް ހެލްތްގެ މަސައްކަތްތަކާއި ގުޅިފައިވާ ޑޭޓާބޭސްތައް ޤަވާޢިދުން އަޕްޑޭޓް ކުރަމުން ގެންދިއުން.
  7. ރަށުފެންވަރުގައި ކާރިސާތަކާއި އެކިއެކި ހާދިސާ ތަކުގައި ޕަބްލިކް ހެލްތް ޔުނިޓުން ޢަމަލުކުރާނެ ގޮތުގެ ޕްލޭން އެކުލަވާލާ، އެއަށް ޢަމަލުކުރުން.
  8. ޤައުމީ އިމިއުނައިޒޭޝަން ޕްރޮގްރާމްގެ ދަށުން އަތޮޅު އަދި ރަށުފެންވަރުގައި ކުރަން ޖެހޭ މަސައްކަތްތައް ރާވާ ހިންގުން.
  9. ނިއުޓްރިޝަން އާއިބެހޭ ޤައުމީ ޕްރޮގްރާމުގެ ދަށުން އަތޮޅު އަދި ރަށު ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގުން.
  10. ގައިންގަޔަށް އަރާބަލިތަކާއި، އެކިއެކި ސޫފާ ސޫފީގެ ޒަރީޢާއިން ޖެހޭ ބަލިތައް އަދި ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމުގެ ޤައުމީ ޕްރޮގްރާމުތަކުގެ ދަށުން ރަށުފެންވަރުގައި ހިންގަންޖެހޭ މަސައްކަތްތައް ރާވާ ހިންގުން.
  11. އުފަންވެނި ޞިއްޙަތުގެ ޤައުމީ ޕްރޮގްރާމުގެ ދަށުން ރަށުފެންވަރުގައި ހިންގަންޖެހޭ ޙަރަކާތްތަކާއި، ދޭންޖެހޭ ޚިދުމަތް ދިނުމުގައި ލުއިފަސޭހަ ކަމާއިއެކު ޚިދުމަތް ލިބިގަނެވޭނެ ފަދަ ގޮތަކަށް ރާވާ ހިންގުން.
  12.  މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެއްޓާއި ގުޅުންހުރި ޞިއްޙީ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށް ކުރަންޖެހޭ މަސައްކަތްތައް ރަށު ފެންވަރުގައި ރާވާ ހިންގުން.
  13. އެރަށެއްގެ އަދި އެ އަތޮޅުގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ މެނޭޖްމެންޓާއި ކްލިނިކަލް ދާއިރާއާއި ގުޅިގެން ޕަބްލިކް ހެލްތުގެ މަސައްކަތްތައް ރާވާ ހިންގުން.
  14. ޢާއްމު ޞިއްޙަތާއި ގުޅުންހުރި ޤާނޫނުތައް ރަށުފެންވަރުގައި ތަންފީޒް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރަށުކައުންސިލާއި، ހެލްތް ޕްރޮޓެކްޝަން އެޖެންސީ އަދި އެހެނިހެން ތަންފީޒީ އިދާރާ ތަކާއި ގުޅިގެން ކުރުން.
  15. އެކިއެކި ޕަބްލިކް ހެލްތް ޕްރޮގްރާމް ތަކުގެ ދަށުން ފޯރުކޮށްދޭންޖެހޭ ބޭހާއި މެޑިކަލް ކޮންސިއުމަބަލްސްގެ ސްޓޮކް ބެލެހެއްޓުމާއި، ޤަވާއިދުން ޢާއްމު ރައްޔިތުންނަށް ފޯރުކޮށް ދިނުން.
  16. ޢާއްމު ޞިއްޙަތު ރައްކާތެރި ކުރުމާއިބެހޭ މަޢުލޫމާތު ރައްޔިތުންނަށް ގާތުން ފޯރުކޮށް ދިނުމަށްޓަކައި ހޯމްވިޒިޓްތައް ރާވާ ހިންގުން.
  17. ފާމަސީތައް އަދި ކާބޯތަކެތީގެ މަސައްކަތްކުރާ ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓް ފަދަ ތަންތަން އަދި ޔޫރަޕްއަން ޔޫނިއަން އަށް އެކްސްޕޯރޓް ކުރުމަށް މަސްބާނާ އޮޑިދޯނި ފަހަރު މޯލްޑިވްސް ފުޑް އެންޑް ޑްރަޤް އޮތޯރިޓީގެ ޤަވާއިދުތަކާއި މިންގަޑުތަކާއި އެއްގޮތަށް އިންސްޕެކްޓްކޮށް ކަމާއިބެހޭ ފަރާތްތަކަށް ރިޕޯރޓް ކުރުން.
  18. އެއަތޮޅެއްގެ ޞިއްޙީ މަރުކަޒްތަކުގެ ޕަބްލިކް ހެލްތް ޔުނިޓް ތަކުގެ މަސައްކަތްތައް ވިލަރެސްކޮށް، މަސައްކަތްތައް ރާވާ ހިންގުމަށް އެހީތެރިކަން ފޯރުކޮށް ދިނުން.
  19. ރަށުގެ ހުރިހާ ގިންތިއެއްގެ ރައްޔިތުންގެ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި ރަށު އަދި އަތޮޅު ކައުންސިލާއި، ސްކޫލާއި އަދި އެހެނިހެން މުއައްސަސާތަކާއި ގުޅިގެން އެކި ޕްރޮގްރާމްތައް ރާވާ ހިންގުން.

 

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން

 ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް މިނިސްޓްރީ އޮފް ހެލްތްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 ވަޒީފާއަށް އެދޭ ފޯމު މިމަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސާރވިސް ކޮމިޝަންގެ ވެބްސައިޓް (www.csc.gov.mv) އިން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ރ. ދުވާފަރު ޞިއްޙީ މަރުކަޒުގެ އޮފީހަށެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

 

 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  16 އޮކްޓޯބަރ 2019 އާއި 31 އޮކްޓޯބަރ 2019   އާ ދެމެދު، ރ.ދުވާފަރު ޞިއްޙީ މަރުކަޒުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓްކުރުން:

 މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10  އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6582711 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ،6582711 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

                  07 ޞަފަރު 1441

                 06 އޮކްޓޯބަރ 2019

06 އޮކްޓޫބަރު 2019
ހޯދާ