ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ.
ނަމްބަރ:IUL-10-F/10/2019/125
އިޢުލާން
މި މިނިސްޓްރީގެ ދަށުން ހިންގަމުން ގެންދާ ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ ފަރާތުން 20 އޮކްޓޫބަރު 2019 އިން 24 އޮކްޓޫބަރު 2019 ގައި އަސަރީ ސަރވިސަގެ (އަސަރީ މާލަމް/ ޝީ.ބިލްޑިންގު 3 ވަނަ ފަންގިފިލާ)ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޓްރޭނިންގައި ބައިވެރިވެ ވަޑައިގަންނަވާ 35 ބޭފުޅުންނަށް ހެނދުނު، ހަވީރު ސައި ، މެންދުރުގެ ކެއުން އަދި ޓްރޭނިންގ ބައިވެރިންނަށް ފެން ފޯރުކޮށް މިކަންތައްތައްކޮށް ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 08 އޮކްޓޫބަރު 2019 ވާ އަންގާރަ ދުވަހުގެ 11:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 13 އޮކްޓޫބަރު 2019 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި،ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.