ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ.ކޮލަމާފުށީ،ފަޅުތެރެއިން ދޮންވެލި ، ކަށިވެލި އަދި އަކިރި ނެގުމާއިބެހޭ ގޮތުން ހުއްދަތައް ދޫކުމާއިބެހޭ އުސޫލު

ތަޢާރުފާއި ނަން

  1.  

(ހ)

މިއީ، ޤާނޫނު ނަންބަރ 2010/7 ( ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނުގެ ) 151 ވަނަ މާއްދާގެ (ޖ) ގެ ދަށުން ބާރުލިބިގެން،ކޮލަމާފުށީ ކައުންސިލް އިދާރާއިން ފާސްކޮށްފައިވާ "ކައުންސިލުން ދޫކުރާ ހުއްދަތައް ދޫކުރުމާއިބެހޭ ޤަވާއިދު "ގެ 6 ވަނަ މާއްދާއި އަދި 7 ވަނަ މާއްދާގެ ދަށުން މިރަށު ފަޅުތެރެއިން ( ކޮލަމާފުށީ ފަޅުތެރެއިން ) ވެލުނެގުމާއިބެހޭ ގޮތުން އެކުލަވާލާފައިވާ އުސޫލެކެވެ. އަދި މިއުސޫލު ހެދިފައި ވަނީ ޤާނޫނުނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމާބެހޭ ޤާނޫނު)ގެ 151 ވަނަ މާއްދާގެ (ޅ) ގެ ދަށުން ބާރުލިބިގެން، ރަށްތަކުގެ ތިމާވެށި ހިމާޔަތްކުރުމާއި ތިމާވެއްޓަށް ގެއްލުންދޭ ފަރާތްތަކާ މެދު ކައުންސިލުން އެޅިދާނެ ފިޔަވަޅުތައް ބަޔާންކުރުމުގެ ޤަވާއިދާއި އެ ޤަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިންނެވެ.

(ށ)

ގއ ކޮލަމާފުށީ، ފަޅުތެރެއިން ދޮންވެލި ، ކަށިވެލި ނެގުމާއިބެހޭ ގޮތުން ހުއްދަ ދޫކުމާއިބެހޭ އުސޫލު ްސިލުން ދޫކުރާ ހުއްދަތައް ދޫކުރުމާބެހޭ ޤަވާޢިދު] އެވެ.

ޢަމަލުކުރަން ފަށާ ތާރީޚު

  1.  

މި އުސޫލަށް ޢަމަލުކުރަން ފަށާނީ، މި އުސޫލު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

ކުރީގައި ހިނގާފައިވާ ކަންކަމަށް މިޤަވާޢިދު ހިންގުން

  1.  

މި އުސޫލަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގައިފައިވާ ނުވަތަ ކޮށްފައިވާ ކަމެއްގެ މައްޗަކަށް މި އުސޫލެއް ނުހިނގާނެއެވެ. ނަމަވެސް މިއުސޫލަށް ޢަމަލު ކުރަން ފެށުމަށްފަހު މިއުސޫލުގައި ވަކިކަމެއް ލާޒިމްކޮށްފައިވާނަމަ، އެކަމެއް މިއުސޫލުގެ ދަށުން ހިނގާނެއެވެ.

ރަށުގެ ފަޅުތެރެއިން ކަށިވެލި ނެގުމަށްހުއްދަ ދޫކުރަންޖެހޭ  ބޭނުންތަކާއި ހާލަތު

  1.  

(ހ)

ކަށިވެލި ނެގުމަށް ހުއްދަ ދޫކުރެވޭނީ ބަރަކާތްތެރި ރަމަޟާން މަހުގެ މުނާސަބަތާއި ގުޅިގެން ގެދޮރު ޒީނަތްތެރި ކުރުމަށާއި ސަރުކާރުގެ މުވައްސަސާތަކުގެ ގޯތި ތެރެ  ޒީނަތްތެރި ކުރުމަށެވެ.

 

 

 

 

(ށ)

ވަކި ޚާއްސަ މުނާސަބަތަކާއި ގުޅިގެން ރަށުތެރެ ޒީނަތްތެރި ކުރުމަށް ނުވަތަ ވަކި އިދާރާއެއް ޒީނަތްތެރި ކުރުމަށް ކަށިވެލި ނެގުމުގެ ހުއްދަ ދޫކުރެވިދާނެއެވެ.ނަންބަރުގެ (ހ) ގައި ބަޔާންކޮށްފައިވާ ހުއްދަތަކުގެ އިތުރ

ރަށުގެ ފަޅުތެރެއިން ދޮންވެލި ނެގުމުގެ ހުއްދަ ދޫކުރަންޖެހޭ  ބޭނުންތަކާއި ހާލަތު އަދި އަގުނެގޭނެ ގޮތް

5.

(ހ)

ރަށުގެ ފަޅުތެރެއިން ދޮންވެލި ނެގުމުގެ ހުއްދަ ދޫކުރެވޭނީ ރަށުގެ ޢާންމު ރައްޔިތުންގެ ގެދޮރު އިމާރާތް ކުރާފަރާތްތަކަށް ވެލިބަސްތާއަކަށް -/1 (އެއް ރުފިޔާ) ނަގާ ގޮތަށެއެވެ.

(ށ)

ވިޔަފާރި އުސޫލުން ރަށުންބޭރަށް ދޮންވެލި ވިއްކާ ފަރާތްތަކަށް ދޮންވެލި ދޫކުރެވޭނީ ވެލިބަސްތާ އަކަށް  -/2(ދޭއް ރުފިޔާ) ނަގާ ގޮތަށެވެ.

(ނ)

ހިލޭ ސާބަހަށް ރަށުގެ ތަރައްޤީއަށް ހިންގާ އެކިއެކި މަޝްރޫޢުތަކަށް އަދި ދިމާވާ ހާއްސަ ހާލަތަކާއި ގުޅިގެން އެއްވެސް އަގަކާއި ނުލައި ދޮންވެލި ދޫކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެން ވެއެވެ. ނަމަވެސް  އަންދާސީ ހިސާބު އުސޫލުން ބަޔަކާއި ޙަވާލުކޮށްގެން ކުރާ ކޮންމެ މަސައްކަތަކީ ވިޔާފާރި އުސޫލުން ކުރާ މަސައްކަތެއް ކަމަށް ބެލެވޭނެއެވެ. އަދި ވިޔާފާރި އުސޫލުން ކޮންމެ ފަރާތަކުން ވެލި ނެގި ކަމުގައި ވިޔަސް އެ ފަރާތަކާއި މެދު  މި މާއްދާގެ ( ހ ނުވަތަ ށ ) ގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލްކުރަން ވާނެއެވެ.

(ރ)

ރަށުގައި ތިބި ކްލަބު ޖަމްޢިއްޔާތަކުން ކްލަބް ޖަމްޢިއްޔަތަކުގެ އިދާރާތައް އިމާރާތްކޮށް މަރާމާތްކުރުމަށާއި ކުޅިވަރު ކުޅޭ ސަރަހައްދުތަކަށާއި ސަރުކާރުގެ މުވައްސަސާތަކަށާއި އަންހެނުންގެ ކޮމިޓީއަށް އެއްވެސް އަގަކާއި ނުލައި    ހިލޭ ސާބަހަށް ހަދިޔާގެ ގޮތުގައި ނަގާ ވެލިފަދަ ތަކެތި ކައުންސިލް އިދާރާއިން ހިލޭ ދޫކުރެވިދާނެއެވެ. ނަމަވެސް މި ގޮތަށްވެސް ދޫކުރެވޭނީ އެމަސައްކަތަކަށް ބޭނުންވާ މިންވަރު ކައުންސިލުން ބަލާ ދިރާސާ ކުރުމަށްފަހު ކައުންސިލުގެ ޢާންމު ބައްދަލްވުމަކުން އެކަން ނިންމުމަށްފަހުގައެވެ.

ވެލި ނެގުމަށް ހުއްދަ ދޫކުރާއިރު ބަލަންޖެހޭ ކަންތައްތައް

6.

(ހ)

ޤާނޫނު ނަންބަރ 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު)ގެ ދަށުން ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގޮތުން މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް އެންޑް އެނާޖީ އިން ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒުކުރުމަށް ކައުންސިލުން ސަމާލުކަންދޭންވާނެއެވެ.

(ށ)

ޤާނޫނު ނަންބަރ 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު)ގެ 4 ވަނަ މާއްދާގެ ދަށުން މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް އެންޑް އެނާޖީ އިން ކަނޑައަޅާފައިވާ ޤުދްރަތީ ނުވަތަ ޠަބީޢީ ގޮތުގައި ދެމެހެއްޓޭ ތަންތަނާއި ތަކެތީގެ ތެރެއިން އެ ކައުންސިލެއްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ތަންތަނާއި ތަކެތި އެކައުންސިލަކުން ޙިމާޔަތްކުރަންވާނެއެވެ.

(ނ)

ވެލިނަގަން އެދޭ ފަރާތުން ހުއްދައަށް އެދިފައިވާ ބޭނުމަށް އެކަނި ވެލި ދޫކުރުމަށް ސަމާލު ވާންޖެހޭނެއެވެ. އަދި ވަކި ބޭނުމަކަށް ދޫކޮށްފައިވާ ހުއްދަ އެހެން ބޭނުމަކަށް ހިފުމުގެ އިޚްތިޔާރު އެއްވެސް ފަރާތަކަށް ލިބިގެންނުވެއެވެ.

 

 

(ރ)

ވެލި ނަގަން ވާނީ އުދަލި ފަކީރާ ބޭނުންކޮށްގެނެވެ.

ވެލިނެގުން ހުއްދަ ތަންތަނާއި މަނާ ތަންތަން

7.

(ހ)

ކަށިވެލި ނަގަން ވާނީ މިރަށާއި އެއްފަޅެއްގައިވާ ފަޅުރަށްތަކުންނެވެ.

(ށ)

ދޮންވެލި އަދި އަކިރި ނަގަން ވާނީ މިރަށާއި އިންވެގެން އޮންނަ ކޮލާގެ ހޭޅިފަށުން ފެށިގެން 200 މީޓަރ ބޭރުން 1500 މީޓަރާއި ހަމައަށް، އެދޭތެރޭގައިވާ ސަރަޙައްދުންނެވެ.

 

8.

(ނ)

މި މާއްދާގެ ހ،ށ ގައި ބަޔާންކޮށްފައިވާ ތަންތަނުން ނޫން އެހެން ތަނަކުން ވެލި އަދި އަކިރި ނެގުމަކީ މަނާ ކަމެކެވެ.

ވެލި ނެގުމުގެ ހުއްދަ ދޫކުރާނެ ގޮތާއި ދޫކުރާނެ މިންވަރު

9.

(ހ)

ކޮންމެ މީހަކަށްވެސް ކަށިވެލި އަދި އަކިރި ނެގުމަށް ހުއްދަ ދޫކުރެވޭނީ އެއްފަހަރާ ގިނަވެގެން 100 ބަސްތާ އެވެ.

(ށ)

ކޮންމެ މީހަކަށްވެސް ދޮންވެލި ނެގުމުގެ ހުއްދަ ދޫކުރެވޭނީ އެއްފަހަރާ ގިނަވެގެން 10،000 ބަސްތާ ދޮންވެލިއެވެ.

(ނ)

މި މާއްދާގެ ހ ށ ގައިވާ ކަންތައްތަކުގެ ތެރޭގައި މި ރަށުގައި ހިނގާ ސަރުކާރުގެ އެކިއެކި މަޝްރޫއުތަކާއި ސަރުކާރުގެ މުވައްސަސާތައް ނުހިމެނެއެވެ. އަދި ވަކި ޚާއްސަ މުނާސަބަތަކާއި ގުޅުވާއިގެން ވަކި ފަރާތަކަށް ދޫކުރާ ހުއްދަވެސް ނުހިމެނެއެވެ. މި ނަންބަރުގައި (ނ) ގައި ދެންނެވިފައިވާ ފަރާތްތަކަށް ދޮންވެލި،ކަށިވެލި އަދި އަކިރި ނެގުމުގެ ހުއްދަ ދޫކުރެވޭނީ އެފަރާތަކަށް ކޮންމެހެން ބޭނުންވާ ވަރު ކައުންސިލުން ބަލާ ދިރާސާ ކުރުމަށްފަހު،އެކަމަކަށް ބޭނުންވާ މިންވަރަށެވެ.

(ރ)

ވިޔާފާރި އުސޫލުން ދޮންވެލި ނެގުމުގެ ހުއްދަ ދޫކުރެވޭނީ ވެލި ނަގަން އެދޭ ބޭނުމާއި ވެލި ނަގާ ސަރަހައްދަށް ލިބިދާނެ ގެއްލުމަކަށް ބަލައި ކައުންސިލުން ދިރާސާ ކުރުމަށްފަހު ތިމާވެށި ހިމާޔަތް ކުރުމުގެ ޤާނޫނާއި އެކަންކަމަށް ހެދިފައި ހުރި ޤަވާއިދުތަކާއި ޚިލާފު ނުވާ ގޮތަށް ނިންމާ ނިންމުމަކާއި އެއްގޮތަށެވެ. އަދި ކައުންސިލުގެ ބައްދަލްވުމަކުން މިކަން ފާސްކުރަން ވާނެއެވެ.

(ބ)

ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކުންނާއި ކައުންސިލް އިދާރާއިން ޤަވާއިދާއި އެއްގޮތަށް ރަށުގެ ތަރައްޤީއަށް ހިންގާ އެކިއެކި މަޝްރޫޢުތަކަށް ފަޅު ފުންކުރުމާއި ފަޅުތެރެ ކޮނެގެން ވެލި ނެގުން މި އުސޫލުގެ ތެރޭގައި ނުހިމެނެއެވެ.

ހުއްދަ ހޯދުން

10

(ހ)

މިމި އުސޫލުގެ ދަށުން ވެލި ނެގުން ހުއްދަ ކަމަށް ބުނެފައިވާ ތަންތަނުން، ވެލި، ކަށިވެލި އަދި އަކިރި ނަގަންވާނީ އެކަމަށް ހުއްދައަށް އެދޭ ފޯމު ފުރިހަމަކޮށް ކައުންސިލަށް ހުށަހަޅައި ކައުންސިލުން ހުއްދަ ލިއުމަކުން ހޯދުމަށް ފަހުގައެވެ. އަދި ވިޔަފާރި އުސޫލުން ވެލި ނަގާނަމަ އެކަމަށް ކައުންސިލުން ކަނޑައަޅާ ފީއެއް ދައްކާ ކައުންސިލުގެ ހުއްދަ ލިޔުމަކުން ހޯދުމަށް ފަހުގައެވެ.

ހުއްދަ ދެވޭ މުއްދަދތު

11

(ހ)

މި އުސޫލުގެ ދަށުން ވެލި ނެގުމުގެ ހުއްދަ ދެވޭނީ ހުއްދަ ދޫކުރާ ތާރީޚުން ފެށިގެން ގިނަވެގެން 2 (ދޭއް) މަސް ދުވަހަށެވެ. ނަމަވެސް، ދޮންވެލި،ކަށިވެލި އަދި އަކިރި ނަގަން ދީފައިވާ ހުއްދައިގެ މުއްދަތު ހަމަވުމުގެ ކުރިން، މުއްދަތު އިތުރުކުރަން ކައުންސިލަށް ހުށަހަޅައިފިނަމަ، އިތުރު 1 (އެކެއް) މަސް ދުވަހަށް ހުއްދައިގެ މުއްދަތު އިތުރުކޮށް ދެވިދާނެއެވެ. މި ގޮތަށް އިތުރުކުރެވޭނީ ގިނަވެގެން 1 (އެކެއް ) ފަހަރުއެވެ.

ރިޕޯޓް ހުށަހެޅުން

12

(ހ)

މި އުސޫލުގެ ދަށުން ހުއްދަލިބިގެން ދޮންވެލި،ކަށިވެލި އަދި އަކިރި ނަގަމުން ގެންދާ ފަރާތުން ވެލި އަދި އަކިރި ނަގަމުން ގެންދާ  ގޮތުގެ ރިޕޯޓް ކައުންސިލް އިދާރާއަށް ކޮންމެ ދުވަހަކު އަންގަންވާނެއެވެ.

ކައުންސިލުގެ ސަރަހައްދު ތެރެއިން ވެއްޔާއި އަކިރި ނަގާ ތަންތަނުގެ މަޢުލޫމާތު ބެލެހެއްޓުން

13

(ހ)

ކައުންސިލުގެ ސަރަހައްދުގެ ތެރެއިން ދޮންވެއްޔާއި ކަށިވެލި އަދި އަކިރި ދޫކުރާ  ތަންތަނާއި އެތަކެތި ނަގާ ބޭނުމާއި، ޢަދަދާއި ތާރީޚު އެނގޭގޮތަށް އެ މަޢުލޫމާތުތައް ކައުންސިލުން ބަލަހައްޓަންވާނެއެވެ.

ގެއްލުމުގެ ބަދަލު ހޯދުން.

14

(ހ)

މި އުސޫލާއި ޚިލާފަށް މިރަށާއި މިރަށު ފަޅުތެރެ އިންވެގެން އެއްފަޅުތެރޭގައިވާ ފަޅުރަށްތަކުގެ ތިމާވެއްޓަށް ނޭދެވޭ އަސަރެއް ފޯރާފަދަ ކަމެއް އެއްވެސް ފަރާތަކުން ކޮށްފިނަމަ، ޝަރީޢަތުން މެދުވެރިކޮށް ބަދަލު ހޯދުމުގެ އިޚްތިޔާރު މި ކައުންސިލަށް ލިބިގެންވެއެވެ.

އުސޫލާއި ޚިލާފުވުން

15

(ހ)

މި އުސޫލުގައިވާ  ކަމަކާ ޚިލާފުވާ ފަރާތްތަކާއި، މި އުސޫލުގެ ދަށުން ދޫކުރެވޭ ހުއްދައިގައި ބަޔާންކޮށްފައިވާ ޝަރުތުތަކާ ޚިލާފުވާ ފަރާތްތަކާމެދު ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޢަމަލުކުރުމުގެ އިޚްތިޔާރު މި ކައުންސިލަށް ލިބިގެންވެއެވެ.

(ށ)

ފުރަތަމަ ފަހަރުނަމަ، ނަސޭހަތް ދިނުން.

(ނ)

ދެވަނަ ފަހަރުނަމަ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި -/500 (ފައްސަތޭކަ ރުފިޔާ) އާއި -/1000 (އެއްހާސް ރުފިޔާ) ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުން،

 

 

(ރ)

ތިންވަނަ ފަހަރުނަމަ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި -/1000 (އެއްހާސް ރުފިޔާ) އާއި -/3000 (ތިންހާސް ރުފިޔާ) ދެމެދު ޢަދަދަކުން ޖޫރިމަނާކުރުން،

 

 

(ބ)

ހަތަރުވަނަ ފަހަރުނަމަ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި -/3000 (ތިންހާސް ރުފިޔާ) އާއި -/5000 (ފަސްހާސް ރުފިޔާ) ދެމެދު ޢަދަދަކުން ޖޫރިމަނާކޮށް، އެ ފަރާތަށް ދީފައިވާ ހުއްދަ ބާޠިލުކުރުމާއެކު 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަކަށް ދޮންވެލި  ނުވަތަ ކަށިވެލި ނެގުމުގެ ހުއްދަ ދޫނުކުރުން.

(ޅ)

ހަތަރުވަނަ ފަހަރަށްވުރެ އިތުރަށް ކުށް ތަކުރާރުވާ ކޮންމެ ފަހަރަކަށް -/5000 (ފަސްހާސް ރުފިޔާ) އިން ޖޫރިމަނާކުރުމުގެ އިޙްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

(ކ)

މި އުސޫލާއި ޚިލާފަށް އެއްވެސް ފަރާތަކުން ކަށިވެލި، ދޮންވެލި އަދި އަކިރި ނަގާފިނަމަ އެ ވެއްޔެއް ކައުންސިލް އިދާރާގެ ބެލުމުގެ ދަށަށް ގެނެވޭނެއެވެ. އަދި މި ގޮތަށް ގެނެވޭ ވެއްޔަށް އެއްވެސް ބަދަލެއް ނުލިބޭނެއެވެ.

މިއުސޫލާއި ޚިލާފުވެގެން ގެނެވޭ ވެލި ފަދަތަކެއްޗާއި މެދު ޢަމަލްކުރާނެ ގޮތް

16

(ހ)

މި އުސޫލާއި ޚިލާފަށް ނަގާވެލީގެ ގޮތުގައި މި އިދާރާގެ ބެލުމުގެ ދަށަށް ގެނެވޭ ވެލި އަދި އަކިރި  އެއިރަކު ބާޒާރުގައި ވެލި ގަންނަ އަގު ބަލައި އެ އަގަކަށް ވިއްކާލެވޭނެއެވެ. އަދި މި ގޮތުން ލިބޭފައިސާ ވާނީ ކައުންސިލްގެ އާމްދަނީ އަކަށެވެ.

(ށ)

މި މާއްދާ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލް ކުރުމުން އެއީ މި އުސޫލުގެ 15 ވަނަ މާއްދާގެ (ހ) (ށ) (ނ) (ރ) (ބ) (ޅ) އިން ނަގަން ހަމަޖެހިފައިވާ ޖޫރިމަނާ އިން އިސްތިސްނާ ވާ ކަމެއް ނޫނެވެ.

ވެލި ނެގުން ހުއްދަ ނުދެވޭނެ ކަންކަމާއި، ހުއްދަ ނުދެވޭނެ ގޮތްތައް

17

(ހ)

މިރަށުން ގޮޑުދޮށުން ދޮންވެލި، ކަށިވެލި އަދި އަކިރި ނެގުމަކީ މަނާކަމެކެއެވެ.

(ށ)

މިރަށުގެ އެއްވެސް ތަނަކުން ވެލި ( ދޮންވެލި،ކަޅުވެލި،ކަށިވެލި އަދި އަކިރި) ނެގުމަކީ މަނާކަމެކެއެވެ. ނަމަވެސް މި މާއްދާއާއި މި އުސޫލުގެ 5 ވަނަ މާއްދާގެ (ނ) އިސްތިސްނާވެގެންވެއެވެ.

 

 

(ނ)

ވިޔަފާރި އުސޫލުން ކަށިވެލި،ކަޅު ފަސް އަދި އަކިރި ނެގުމަކީ މަނާކަމެކެއެވެ.

 

 

(ރ)

މެޝިނަރީޒް ގޮތުގައި ހައިމާކް ފަދަ އާލާތްތައް ބޭނުންކޮށް ވެލިނެގުމަކީ މަނާކަމެކެވެ.

މާނަ ކުރުން

18

(ހ)

"ކައުންސިލް" މި އުސޫލްގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، ކައުންސިލްކަމަށް ބުނެފައިވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫން (2010/7) ގެ ދަށުން އިންތިޙާބް ކޮށްފައިވާ ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށި ކައުންސިލްއެވެ.

 

 

(ށ)

މި އުސޫލްގައި "ބަސްތާ" ކަމަށް ބުނެފައިވަނީ 50 ކިލޯގެ ސިމެންތި ހުސްކުރި ގޯނި އަށް އަޅާވެލި އެވެ.

 

 

(ނ)

ވެލި ކަމުގައި ބުނެފައިވަނީ ދޮންވެލި،ކަށިވެލި،އަކިރި އަދި ކަޅުވެލި (ކަޅުފަސް)

03 އޮކްޓޫބަރު 2019
ހޯދާ