މަޤާމުގެ ނަން:
|
ޑިރެކްޓަރ – އޮޕަރޭޝަންސް ޑިޕާޓްމަންޓް
|
ބޭނުންވާ ޢަދަދު
|
1
|
ކްލެސިފިކޭޝަން:
|
ޑިރެކްޓަރ، އީ.އެކްސް 2
|
އަސާސީ މުސާރަ:
|
9,450/- ރުފިޔާ
|
ނޮންޕްރެކްޓިސް އެލަވަންސް:
|
އަސާސީ މުސާރައިގެ 35%
|
ޓެކްނިކަލް އެލަވަންސް
|
އަސާސީ މުސާރައިގެ 35%
|
ޑެއިލީ ސަރވިސް އެލަވަންސް:
|
ޙާޞިރުވާ ކޮންމެ ދުވަހަށް /-300 ރުފިޔާ
|
ފޯން އެލަވަންސް:
|
350/- ރުފިޔާ
|
މަޤާމުގެ މަސްއޫލިއްޔަތު
|
ކޮމިޝަނުގެ އޮޕަރޭޝަންސް ޑިޕާޓްމަންޓް ހިންގައި ބެލެހެއްޓުން
|
މައިގަނޑު މަސައްކަތްތައް:
|
- ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ޤާނޫނާއި ޤަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ހަރުދަނާ ކަމާއެކު ބަލައި ތަޙްޤީޤުކުރުމާއި ކޮމިޝަނުގެ ލަފާގެމަތިން މައްސަލަތަކާގުޅޭ ރިޕޯޓް ތައްޔާރުކޮށް ކޮމިޝަނަށް ހުށައެޅުމުގެ އެންމެހާ ކަންކަން އިންތިޒާމްކޮށް ބެލެހެއްޓުން.
- ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް އިބްތިދާއި މަރުހަލާގައި ދިރާސާކޮށް، ކޮމިޝަނުން ޢަމަލުކުރަން ފެންނަ ގޮތުގެ ޤާނޫނީ ލަފާ ދިނުން.
- ކޮމިޝަނަށް ބޭނުންވާ ޤާނޫނީ ލަފާ ދިނުން.
- ކޮމިޝަނުންދޭ ލަފާގެ މަތިން ދައުލަތުގެ އެހެން މުއައްސަސާތަކާ ގުޅިގެން ކުރަންޖެހޭ ޤާނޫނީ މަސައްކަތް ކުރުމުގެ ކަންކަން އިންތިޒާމްކޮށް ބެލެހެއްޓުން.
- ކޮމިޝަނުން ބަލާ މައްސަލަތަކުގައި އެހެނިހެން މުވައްސަސާތަކުން ހޯދަންޖެހޭ ލިޔެކިޔުން އެތަން ތަނުން ހޯދުމުގެ މަސައްކަތް އިންތިޒާމްކޮށް ބެލެހެއްޓުން.
- ކޮމިޝަނުގެ މަޤްޞަދުތައް ޙާޞިލުކުރުމުގެ ގޮތުން ކުރަންޖެހޭ ދިރާސާތައް ކުރުމާއި، ދިރާސާ ރިޕޯޓް ތައްޔާރު ކުރުން.
|
|
- ތަޙްޤީޤުކުރުމުގައި އިންވެސްޓިގޭޓަރުންނަށް ބޭނުންވާ ޤާނޫނީ އެހީތެރިކަން ދިނުމާއި ތަޙްޤީޤުތައް ކުރިއަށް ދަނީ އަވަސްކަމާއެކުކަން ކަށަވަރުކޮށް ކޭސް ތަކުގެ ސްޓޭޓަސް ކޮމިޝަނާ ހިއްސާ ކުރުން.
- ކޮމިޝަނުން ބަލާ މައްސަލަތަކާ ގުޅުންހުރި ލިޔުންތައް ރައްކާތެރިކަމާއި އެކު ތަރުތީބުން ފައިލްކޮށް ބެލެހެއްޓޭކަން ކަށަވަރު ކުރުން.
- މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށް ދޭންޖެހޭ ލަފާއާއި އެހީތެރިކަން ދިނުމާއިއެކު އެމުވައްޒަފުންގެ ޕަރފޮމަންސް އެޕްރެއިޒަލް ހެދުން.
- ތަޙްޤީޤުކުރުމާއި ގުޅޭ ޤަވާއިދުތަކާއި އުސޫލުތައް ޑްރާފްޓް ކުރުން
- ޤާނޫނީ ލިޔުންތައް ޑްރާފްޓް ކުރުން
- ކޮމިޝަނުގެ ފަރާތުން ޝަރުޢީ ކޯޓެއްގައި ނުވަތަ އެހެންވެސް އެފަދަ މުއައްސަސާއެއްގައި، ވަކާލާތުކުރަން ޖެހޭ ޙާލަތުގައި އެމައްސަލައެއްގައި ކޮމިޝަނުގެ ދިފާޢުގައި ވަކާލާތުކުރުމުގެ ކުރުން.
|
ފެންވަރު ނުވަތަ ޝަރުތު:
|
- ޤާނޫނީ ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައިއުޅެ 4 އަހަރުގެ ތަޖުރިބާ ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލްކަން ހުރިކަން އިންޓަވިއުގައި ސާބިތުކޮށްދިނުން. ނުވަތަ
- ޤާނޫނީ ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައިއުޅެ 6 އަހަރުގެ ތަޖުރިބާ ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލްކަން ހުރިކަން އިންޓަވިއުގައި ސާބިތުކޮށްދިނުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދި ހުށަހަޅާ ފޯމް
- ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު. (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. (ދެފުށުގެ ކޮޕީ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް)
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (މި ސެޓްފިކެޓްތަކާއެކު ޓްރާސްކްރިޕްޓް ހުށަހަޅަންވާނެއެވެ.)
- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަޤާމުގައި ވީ ދުވަހާއި މަޤާމުގެ ނަމާއި ރޭންކާއި އަދާކުރާ މަސްއޫލިއްޔަތު އެނގޭގޮތަށް)
|
ލިޔުންތައް ހުށަހެޅުމުގެ ސުންގަޑި:
|
- މިމަޤާމުތަކަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން މި ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 2019 އޮކްޓޫބަރު 13 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން މި ކޮމިޝަނަށް ފޮނުއްވުން އެދެމެވެ.
- ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް އެޕްލިކޭޝަނެއް ނުވަތަ ކުރިން ހުށަހަޅާފައިވާ އެޕްލިކޭޝަނުގެ ބައެއްވެސް ބަލައިނުގަނެވޭނެއެވެ.
|
އިންޓަވިއު/ ޕްރެސެންޓޭޝަން
|
- މަތީގައިވާ މަޤާމުގެ އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
|
- މި މަޤާމަށް މުވައްޒަފަކު ހޮވޭނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތާގުޅޭ ތަޖުރިބާއަށާއި އަދި އިންޓަވިއުއަށް ބަލާ އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ.
|
އިތުރު މަޢުލޫމާތު:
|
- މި މަޤާމަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ ވަޒީފާއަށް އެދޭ ފޯމު، މި ކޮމިޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
- އެޕްލިކޭޝަން ފޯމް އޮންލައިންކޮށް ނުވަތަ އީމެއިލް މެދުވެރިކޮށް ބަލައިނުގަނެވޭނެއެވެ.
- އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 3001343 ފޯނާ ގުޅުއްވުން އެދެމެވެ.
|