މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
އިންޓާންޝިޕްގެ ފުރުސަތު

އިންޓާންޝިޕްގެ ފުރުސަތު

 

މަޤާމު: ލީގަލް އިންޓާން

މަސައްކަތް ކުރަންޖެހޭތަން: މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، މާލެ، ދިވެހިރާއްޖެ

އިންޓާންޝިޕްގެ މުއްދަތު: 3-6 މަސް

 

މަސްޢޫލިއްޔަތު:

މިމިނިސްޓްރީގެ އެސޯސިއެޓް ލީގަލް ކައުންސެލްގެ އިރުޝާދުގެ ދަށުން، މި އިންޓާންޝިޕަށް ހޮވޭ ފަރާތަކުން އަންނަނިވި މަސައްކަތްތައް ކުރުން:

  1. ދިވެހިރާއްޖޭގެ ތިމާވެށްޓާއި ބެހޭ ޤާނޫނުތަކާއި ގަވައިދުތައް ތަރުޖަމާކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން
  2. ދިވެހިރާއްޖޭގެ ތިމާވެށްޓާއި ބެހޭ ޤާނޫނުތަކާއި ގަވައިދުތައް ކޮންސޮލިޑޭޓް ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން
  3. ބައްދަލުވުންތައް، ވަރކްޝޮޕްތައް އަދި ކޮންފަރަސްތައް ރާވާ އިންތިޒާމްކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން
  4. ލީގަލް އެއްބަސްވުންތަކާއި އެހެނިހެން ލީގަލް ޑޮކިއުމަންޓްސް ޑްރާފްޓު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން
  5. ދިރާސާކުރުމާއި ދިރާސާތަކުގެ ޙުލާސާ ތައްޔާރުކުރުން
  6. ހަވާލުކުރެވޭ އެހެނިހެން މަސައްކަތްކުރުން

ހުންނަންޖެހޭ ޝަރުތުތައް:

  • ދިވެހި ރައްޔިތަކަށްވުން
  • އެނަލިސިސް ހެދުމުގެ ޤާބިލްކަންހުރުން؛ ކަންކަން ރާވާ އިންތިޒާމްކުރުމުގެ ހުނަރުހުރުން؛ އެހެން މީހުންނާއި ގުޅިގެން މަސައްކަތްކުރުން
  • ދިވެހި ބަހާއި އިގިރޭސިބަހުން ރަނގަޅަށް ވާހަކަދައްކާ ލިޔުމުގެ ޤާބިލުކަންހުރުން
  • ދިރާސާކުރުމާއި ޑްރާފްޓްކުރުމުގެ ހުނަރު؛ ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމަށާއި ބައިނަލްއަޤްވާމި ޤާނޫނުތަކަށް އަހުލުވެރިވެފައިވުން
  • ޤާނޫނީ ޑިގްރީއެއް އޮތުން ނުވަތަ ޤާނޫނީ ޑިގްރީގެ އެންމެ ފަހު އަހަރު ކިޔަވަމުން ދިއުން

އިތުރު ބަޔާން:

  • އިންޓާންގެ މެޑިކަލް އިންޝުއަރެންސް އަދި އިންޓާންޝިޕްގެ މައްދަތުގައި ދިމާވެދާނެ އެއްވެސް އެކްސިޑެންޓެއް ނުވަތަ ބައްޔެއްގެ ފަރުވާއަށް މިމިނިސްޓްރީއިން ޒިއްމާނުނަގާނެކަމަށް ދަންނަވަމެވެ.
  • މިއިންޓާންޝިޕަށް ހޮވޭ ފަރާތަކަށް މިނިސްޓްރީން މުސާރަ ކަނޑައަޅާފައިނުވާނެއެވެ.

 

މިއިންޓާންޝިޕަށް ކުރިމަތިލާން ބޭނުންފުޅުވާ ފަރާތްތަކުން މިއިންޓާންޝިޕަށް ކުރިމަތިލުމުގެ މަޤްސަދާއި ބޭނުން ބަޔާންކޮށް ސިޓީއެއް އަދި ވަނަވަރު، 7 އޮކްޓޯބަރ 2019 ވަނަ ދުވަހުގެ 12:00 ގެ ކުރިން މިމިނިސްޓްރީއަށް ހުށަހެޅުމަށް އެދެމެވެ. މި ލިޔުންތައް އީމެއިލްގެ ޒަރިއްޔާއިން [email protected]  މި އީމެއިލް އެޑްރެހަށް ވެސް ހުށަހެޅުއްވި ދާނެއެވެ.

މި އިންޓާންޝިޕަށް އެއް ފަރާތަށް ވުރެއް ގިނަ ފަރާތުން ހުށަހަޅައިފިނަމަ، މި އިންޓާންޝިޕަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވާނީ އިންޓަވިއުއިންނެވެ.  

 

                    03 އޮކްޓޯބަރ 2019

03 އޮކްޓޫބަރު 2019
ހޯދާ