ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ސީނިއަރ އޮފިސަރ

މަޤާމް: ސީނިއަރ އޮފިސަރ

ޑިޕާޓްމަންޓް/ސެކްޝަން: އިންފޮމޭޝަން ސިސްޓަމްސް

މަސައްކަތް ކުރަންޖެހޭ ތަން:ހުޅުމާލެ ހޮސްޕިޓަލް

ތަޢުލީމާ ތަޖުރިބާ:

1-      ސާނަވީ އިމްތިޙާނަކުން މަދުވެގެން 5 މާއްދާއިން ނުވަތަ މަތީ ސާނަވީ އިމްތިޙާނުގެ 04 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑަށްވުރެ މަތިން ލިބިފައިވުން. ނުވަތަ

މަޤާމާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

2-       މަޤާމާއި ގުޅޭ ދާއިރާއަކުން ދަށްވެގެން ލެވެލް 4 ގެ ސަނަދެއް ލިބިފައިވުމާއެކު މަޤާމާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

3-       މަޤާމާއި ގުޅޭ ދައިރާއަކުން ދަށްވެގެން ލެވެލް 5 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުން

4-       މިމަޤާމަށް މީހަކު ހަމަޖެއްސުމުގައި މަޤާމާއި ގުޅޭ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1-       ވިންޑޯސް ސަރވަރ ބެލެހެއްޓުމާއި މައްސަލަތައް ރަނގަޅުކުރުން

2-       ތްރީ.ސީ.އެކްސް އައި.ޕީ ފޯން މެނޭޖްކުރުން

3-       ސީ.ސީ ކެމެރާ ނެޓްވޯކް އެޅުމާއި ސަރވަރ މެއިންޓެއިންކޮށް ބެލެހެއްޓުން  

4-       ނެޓްވޯކް އެޅުމާއި ނެޓްވޯކަށް ދިމާވާ މައްސަލަތައް ހައްލުކޮށް ބެލެހެއްޓުން

5-       ހުޅުމާލެ ހޮސްޕިޓަލްގެ ކޮމްޕިއުޓަރ ސިސްޓަމްތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމާއި މަރާމާތުކޮށް ބެލެހެއްޓުން

މުސާރައާއި އިނާޔަތް :

މުސާރަ:               7035.00 ރުފިޔާ

ސަރވިސް އެލަވަންސް:       2000.00 ރުފިޔާ

ރިސްކް އެލަވަންސް:         75.00 ރުފިޔާ (މަސައްކަތް ކުރާ ދުވަހަކަށް)

އެޓެންޑެންސް އެލަވަންސް:        106.00 ރުފިޔާ (މަސައްކަތްކުރާ ރަސްމީ ދުވަސްތަކަށް)

ކުރިމަތިލުމުގެ ސުންގަޑި: 10 އޮކްޓޯބަރ 2019 ވަނަ ދުވަހު މެންދުރު 14:00 ގެ ކުރިން

 

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީސް (ލޮޓް ނަންބަރ E-01—04 އިރުދޭމާ ހިނގުން، އެންޒީ ބޭކަރީ މަތީ ފަންގިފިލާއަށް ( ހުށަހެޅުއްވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދޭ  ފޯމް ހުޅުމާލެ ހޮސްޕިޓަލްގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ހޮސްޕިޓަލްގެ ވެބްސައިޓް www.hmh.gov.mv އިން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.

  • ވަޒީފާއަށް އެދޭ ފޯމު.
  • ސީވީ.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން
  • އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ޕޮލިސް ރިޕޯޓް

 

 

 


ޚާއްޞަ ސަމާލުކަމަށް:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.

ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ހުޅުމާލެ ހޮސްޕިޓަލްގެ 3350134 ނުވަތަ 3350181 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

03 އޮކްޓޫބަރު 2019
ހޯދާ