ހިތަދޫ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ތަރުޖަމާނު / ސ. މަރަދޫ ޞިއްހީމަރުކަޒު

މަޤާމު

ތަރުޖަމާނު  

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ވަގުތީ

މުއްދަތު

11 މަސް ދުވަހާއި 20 ދުވަސް

މަޤާމުގެ ރޭންކް

ޖީ. އެސް 3

މަޤާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން

ސ. މަރަދޫ ޞިއްހީމަރުކަޒު

މުސާރަ

-/4465 ރުފިޔާ

ސަރވިސް އެލަވަންސް

-/1500 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް 2

-/700 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ ޤަވާޢިދުގައި ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރުގަޑީގެ ފައިސާއާއި ރިސްކް އެލަވަންސާއި ޝިފްޓް ޑިއުޓީ އެލަވަންސް ދެވޭނެވެ.

މަޤާމުގެ  މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. މަރުކަޒަށް ޚިދުމަތް ހޯއްދެވުމަށް ގުޅުއްވަފަރާތްތަކަށް އިޙުތިރާމާއިއެކު ޖަވާބުދަރިވުމާއި، އަންނަ ކޯލްތަކަށް ޖަވާބުދީ އެޕޮއިންޓްމަންޓްގެ އެންމެހައިކަންތައް ހަމަޖެއްސުން.  އަދި އެފަރާތްތަކަށް ކަމާއި ގުޅޭ ހުރިހާމަޢުލޫމަތު ފޯރުކޮށްދިނުން.
  2. ރަޖިސްޓްރީކުރުމާއި ނަމްބަރ ދޫކުރުމަށް ބޭނުންވާ އެންމެހައި ކަންތައްތައް ނަމްބަރ ދޫކުރަން ފެށުމުގެ ކުރިން މަސައްކަތަށް ބުރުނާރާނެ ގޮތަކަށް ހަމަޖައްސާފައި ބޭއްވުން، ކޮންމެ ޝިފްޓެއްގައިވެސް ޑިއުޓީއަށް އައިސް ހޭންޑްއޯވަރ ނެގުމަށްފަހު ލަސްނުކޮށް ދުވަހުގެ މަސައްކަތަށް ތައްޔާރުވުން.
  3. އެމްބިއުލާންސްގެ ޚިދްމަތަށް އެދޭފަރާތްތަކަށް އެޚިދްމަތަށް މަގުފަހިކޮށް ދިނުމާއެކު ، ލަސްނުކޮށް ޚިދުމަތްލިބޭނެގޮތް ހަމަޖެއްސުމާއެކު  ބޭނުންވާ މަޢުލޫމާތު ސާފުކޮށްދިނުން ، އެމްބިއުލަންސްގެ ދަތުރުތައް ލިއުމަށްހަމަޖެހިފައިވާ ފޮތުގާ ގަވާއިދުން ނޯޓްކުރުމާއި ،ނޯޓްކުރުވުމަށް މަސއްކަތްކުރުން.
  4.  ޑޮކްޓަރަށް ދެއްކުމަށް އަންނަ ހުރިހާ މީހުންނަށް އަޅާލުމާއި އެހީތެރިކަމާއެކު ޑޮކްޓަރަށް ދައްކައިދިނުމާއި ބަސްދޭހަކޮށްދިނުން .
  5. ކުއްލި ޙާލަތްތައް ދިމާވެގެންނާއި އަދި އެހެނިހެންކަންތައްތަކުގައި ޑޮކްޓަރ ބަލިމީހުން ބެއްލެވުން މެދުކެޑޭނަމަ ކިއޫގައި ތިއްބަވާ ފަރާތްތަކަށް ރަގަޅަށް ބުނެދީ ރަގަޅަށް މަޢުލޫމާތު ދިނުން.
  6. ބަލިމީހާއާއި ޑޮކްޓަރއާއި ދެމެދު ދެކެވޭ ވާހަކަތަކުގެ ސިއްރު ހިފެހެއްޓުން، ކަމާއިނުބެހޭ އެއްވެސް ފަރާތަކާއި އެފަދަވާހަކަތައް ޙިއްސާނުކުރުން.
  7. ޑެއިލީ ސެންސަސް އާއި މޯބިޑިޓީ ސްޓެޓިސްޓިކްސް އާއިބެހޭގޮތުން ކުރަންޖެހޭ ހުރިހާކަމެއްކުރުމާއި މެޑިކޯ ލީގަލް ކޭސް ރެކޯރޑްތައް ލިއުން އަދި ޑެއިލީ ވީކްލީ ރިޕޯޓްތައް ގަވައިދުން ދުވަހުން ދުވަހަށް ތައްޔާރުކޮށް ފޮނުވަންޖެހޭތަންތަނަށް ފޮނުވުން އަދި ލިބުނުތޯ ޤަވައިދުން ބެލުން.
  8. ރިފަރަލް ފޯމާއި މެޑަފޯމް ފުރިހަމަކޮށްދިނުމުގައި އެހީތެރިވުން އަދި ދޫކުރެވޭ ލިއުންތަކުގައި ފުރިހަމަކުރަންޖެހޭ ބައި ފުރިހަމަކުރުވުން.
  9. ޢާއްމުކޮށް މަސައްކަތް ކުރަންޖެހޭ ދާއިރާއަކީ ރިސެޕްޝަން ކައުންޓަރގައި/ފްރަންޓްއޮފީހުގައި ކަމަށްވުމާއެކު އެސެކްޝަނުގައި ކުރެވޭ މައިގަނޑު ހުރިހާ މަސައްކަތެއްގައި ޢަމަލީގޮތުން ބައިވެރިވެ މަސައްކަތް ކުރަމުން ގެންދިއުން،  މިގޮތުން ރިސެޕްޝަނިސްޓުންނާއި ތަރުޖަމާނުންގެ މަސައްކަތުގައި  އެހީތެރިވެދީ ޢަމަލީގޮތުން މަސައްކަތް ކުރުން،
  10. އެޑްމިން އެންޑް ހިއުމަންރިސޯސަސް ޑިޕާރޓްމެންޓްގެ  މަސައްކަތްކުރާ މުވައްޒަފުން ޗުއްޓީއަށް ދިއުމުން އެމުވައްޒަފެއްގެ މަސައްކަތް ޙަވާލުވެއްޖެނަމަ އެމުއްދަތުގައި އެމަސައްކަތެއްކުރުން.
  11. މަރުކަޒަށް ޚިދުމަތް ހޯދުމަށާއި އެކި ބޭނުންތަކަށް އަންނަ މީހުންނާއި މުޙާތަބުކޮށް ވާހަކަ ދެއްކުމުގާ ނުވަތަ އެހީތެރިވުމުގާ މަޑުމައިތިރިކަމާއި  އިޙުތިރާމާއެކު ރީތި ބަހުން ވާހަކަ ދެއްކުމާއި މީހަކު ނުރުހުންތެރިކަމާއެކު ވާހަކަދެއްކި ނަމަވެސް، އެފަރާތްތަކާއިމެދު ވިހާވެސްރަގަޅަށް ކަންތައްކުރުން. 
  12. ރިސެޕްޝަނުގެ މަސައްކަތް ހިގަމުންދާގޮތުން، ނުވަތަ މުވައްޒަފުން މަދުވެ އިތުރު މުވައްޒަފުންގެ އެހީތެރިކަމަށް ބޭނުންވެއްޖެ ހާލަތެއްގާ، އެމުވައްޒަފެއްގެ  އޮފް ދުވަހަކުވެސް މަސައްކަތަށް ނިކުންނަން އެންގިއްޖެނަމަ ޑިއުޓީއަށް ނިކުންނަންވާނެއެވެ. އަދި މިފަދަ ޙާލަތެއް މެދުވެރިވެދާނެކަމަށްބަލާ ފަސޭހައިން ގުޅޭނެ ގޮތެއް ހަމަޖައްސާފަހުރުން.
  13. ޚިދްމަތްދޭން ތިބޭ ގަޑީގައި މުޖުތަމަޢުގެ އަދަބާއި ޚިލާފުނުވާފަދައިން ރީތިކޮށް ހެދުން އެޅުން، އަދި މަރުކަޒަށް އަންނަ ފަރާތްތަކާއި އެންމެ ފުރަތަމަ ބައްދަލުވާނީ ރިސެޕްޝަނުގެ މުވައްޒަފުންނާއި ކަމަށްވުމުން އެފަރާތްތަކަށް ހިނިތުންވުމައެކު މަރުޙާބާކިއުން.
  14. ޙަވާލުކުރެވޭ މަސައްކަތާއި ގުޅިގެން އަދާކުރަންޖެހޭ އެންމެހާ މަސްއޫލިއްޔަތުތައް އަދާކުރުން، މަސައްކަތައިގުޅުންހުރި މަޢުލޫމަތުތައްހޯދާ ލިބިގަނެ އެފަދަ މަޢުލޫމާތުތަކަށް އަހުލުވެރި މުވައްޒަފަކަށް ވުމަށް މަސައްކަތްކުރުން. އަދި ސެކްޝަނުން ޙާވާލުކުރެވޭ ވަކި މަސައްކަތްތަކާއި ،މަރުކަޒުގެ ޚާއްޞަ ޙާލަތްތަކުގައި ޙަވާލުކުރެވޭ މަސައްކަތްކުރުން'
  15. ޚިދުމަތްދެވެން ނެތިގެން / ހާލުބޮޑުވެގެން ޑޮކްޓަރ ބަލިމީހަކު ރިފަރކުރައްވައިފިނަމަ އެކަމަކާއި ގުޅިގެން ކުރްނަޖެހޭ އެންމެހާކަންތައް ލަސްނުކުރައްވާ ހަމަޖެހިފައިއޮންނަ  އުސޫލުން ވީހާވެސް އަވަހަކަށް ކުރުން . އަދި އެކަންތައް ކުރިއަށްދާގޮތް ބަލިމީހާގެ އާއިލާގެ މީހުންނަށް ސާފުކޮށް ބުނެދިނުން
  16. ހިދުމަތުގެ އަގުނެގުމުގައި އަގު ކަނޑައަޅާފައިވާ ލިސްޓްގައިވާ ގޮތުގެ މަތީން އަގުނެގުން، އަދި ލިސްޓްގައި އަގު ކަނޑައެޅިފައި ނެތް ހިދުމަތެއް ދޭން ޖެހިއްޖެނަމަ، ޑިޕާޓްމަންޓްގެ އިސްވެރިޔަކަށް ދައްނަވައިގެން އަގު ސާފުކުރުމަށްފަހު އަގުނެގުން.
  17. ކޮންމެ ދުވަހަކު ލިބޭ ފައިސާ، ހަމަޖެހިފައިވާ އުސޫލުން ޖެހިގެން އަންނަ ދުވަހު އޮފީހުގެ ފައިނޭންސްޑިޕާޓްމެންޓްގެކަމާއިބެހޭ މުވައްޒަފާކާއި  ހަވާލުކުރުން.
  18. އަގުނަގާ ހިދުމަތްތަކަށް އަގުނެގުމުގައި ރިކުއެސްޓް ފޯމް ނުވަތަ މެމޯ ގެނައުމުން އޭގައިވާ ހިދުމަތަށް އަގުނެގުން، ވާރޑު ،ޑްރެސިންގް ރޫމް، އިމަރޖެންސީ ރޫމްއިން ދެވޭ ހިދުމަތަށް އަގުނަގާނީ "ސަރވިސް ނޮޓިފިކޭޝަން ސްލިޕް" ގެނައުމުން އެއަށް ބަލައިގެންނެވެ. އަދި މިއުސޫލަށް އިތުރު ބަދަލެއް އަތުވެއްޖެނަމަ ، އެބަދަލަކާއި ގުޅޭގޮތުން ޑިޕާޓްމަންޓުން އަންގާގޮތަކަށް ފައިސާ ބަލައިގަތުމުގައި އަމަލުކުރުން.
  19. ސެކްޝަނުންކުރާ މަސައްކަތުގެތެރެއިން ކަޑައެޅޭ ވަކިމަސައްކަތެއް ކުރުމާއި ބެލެހެއްޓުމަށް ހަވާލުކުރެވިއްޖެނަމަ އެމަސައްކަތެއްކުރުމާއި އަދި އެމަސައްކަތެއް ހިންގާ ބެލެހެއްޓުން.
  20. އިންޕޭޝެންޓުންނާއި ގުޅޭ މަޢުލޫމާތުތައް ހޯދާ ލިބިގަތުން. ކޮންމެ ދުވަހަކުވެސް ވޯޑަށް ޒިޔާރަތް ކުރުމާއެކު ރެންޑަމްކޮށް ބަލިމީނުންނާއި ސުވާލުކޮށް ޚިދުމަތުގެ ފެންވަރު ދަނެގަތުން. (މިގޮތުން ވޯޑް ރައުންޑް ގަޑިން ހެދޭތޯއާއި ނަރުހުންގެ ޚިދްމަތާއި އެނދުފޮތި ބަދަލުކުރެވޭތޯ ބެލުން.)

މަޤާމުގެ ޝަރުތުތައް

  1. ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލްސާރވިސް ކޮމިޝަންގެ ވެބްސައިޓުންނާއި ސ. މަރަދޫ ޞިއްޙީމަރުކަޒުގެ އޮފީހުންނާއި ، ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އޮފީސް ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

 (ށ) މަތީ ތަޢުލީމު ދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓުފިކެޓު ލިބިފައިވާނަމަ، އެ ސެޓުފިކެޓުގެ ކޮޕީ.  

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާއަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 13 އޮކްޓޯބަރު 2019 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން، މަރަދޫ ޞިއްހީމަރުކަޒަށް ނުވަތަ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އޮފީހުގެ ކައުންޓަރަށެވެ. އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފައަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 14 އޮކްޓޯބަރު 2019 އާއި 17 އޮކްޓޯބަރ 2019 އާ ދެމެދު، ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް 6885046 މިނަންބަރަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ.

02 އޮކްޓޫބަރު 2019
ހޯދާ