ދިވެހިރާއްޖެ
މަޤާމް: އެސިސްޓެންޓް މެރިން ބަޔޮލޮޖިސްޓް
ބޭނުންވާ ޢަދަދު: 02
މަޤާމުގެ ގިންތި: ވަގުތީ (ވޭޖް އެމްޕްލޮއިމަންޓް)
މުއްދަތު: 03 މަސް
އޮފީސް: މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ޑިވިޜަން/ ސެކްޝަން: މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް
ވަޒީފާ އަދާކުރަންޖެހޭތަން: މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް/ މާލެ
މުސާރަ: -/5020 ރުފިޔާ
ސަރވިސް އެލަވަންސް: -/1500 ރުފިޔާ
މަޤާމުގެ ޝަރުތު
- މަތީ ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދައްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދައްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
- ނެޝަނަލް ކޮރަލްރީފް މޮނިޓަރިންގ ދަށުން ކަނޑައެޅިފައިވާ ސައިޓްތައް މޮނިޓަރ ކުރުމާއި މަޢުލޫމާތު ނެގުން.
- ކޮރަލް ރިހެބިލިޓެޝަން އެންޑް ރިސްޓޮރޭޗަން މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވުން.
- ކޮރަލް ނާސަރީ ބެލެހެއްޓުން: މީގެ ތެރޭގައި ފްރޭމްތައް ތައްޔަރުކުރުމާއި، ފްރޭމްތަކާއި ފްރޭމްތަކުގައި އިންދާފައިވާ މުރަކައިން ފެހިކަހާ ސާފުކޮށް ބެލެހެއްޓުމާއި، ކުރަންޖެހޭ މަރާމާތުތައް ކުރުން ހިމެނެއެވެ.
- ނާރސަރީއާއި، ޕައިލެޓް ސައިޓްތަކުގައި މުރަކަ ހެދި ބޮޑުވާ މިންވަރު ދެނެގަތުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމާއި މައުލޫމާތު ބެލެހެއްޓުން.
- މޫސުމަށް އަންނަ ބަދަލުކަތާއި ގުޅިގެން ފަރުތަކަށް ލިބޭގެއްލުންތައް ދިރާސާކޮށް ކޮރަލް ބޮލީޗިން ޓާސްކްފޯސް އަށް ހުށަހެޅުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުން.
- ކޮރަލް ރީފް ރިސާރޗް ފީލްޑް ދަތުރުތައް ރާވާ ހިންގުމާއި ކޮންމެ ދަތުރެއް ނިމުމަށްފަހު ދަތުރު ރިޕޯރޓްތައްޔާރުކޮށް ހުށަހެޅުން.
- މެރިން ރިސާރޗް އިން ހިންގާ އެކިއެކި ހަރަކާތްތަކުގައި ބައިވރިވުން.
ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ލިބިފައިވާ ތަޢުލީމާއި، ތަމްރީން
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
- ޤާބިލްކަން ހުރި މިންވަރު ބެލުމަށް ކުރެވޭ އިންޓަވިއު
- ކަނޑުމަތީގައި ގިނަވަގުތު މަސައްކަތް ކުރެވޭނޭފަދަ ޖިސްމާނީ އަދި ނަފްސާނީ ގާބިލުކަން ހުންނަ މީހަކަށްވުން.
- އޯޕަންވޯޓަރ ޑައިވިންގ ލައިސަންސެއް އޮތް ފަރާތަކަށްވުން.
މި މަގާމަށް މީހަކު ހޮވުމުގައި ބާއްވާ އިންޓަރވިއު
މިމަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު މަސައްކަތު 15 ދުވަހުގެ ތެރޭގައި މި މިނިސްޓްރީގައި ނުވަތަ މި މިނިސްޓްރީން ކަނޑައަޅާތަނެއްގައި އޮންނާނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
- ވަޒީފާއަށް އެދި ހުށައަޅާ ސިޓީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.
- 7. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.
މަޤާމަށް އެދެންވީގޮތާއި ސުންގަޑި
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 އޮކްޓޯބަރ 09 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީ (ހ. ވެލާނާގެ 7 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް ހުށައަޅާ ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. ވަޒީފާއަށް އެދި ހުށައަޅާ ސިޓީއާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔުންތަށް ހުށައަޅާފައިނުވާނަމަ ސިޓީ ބާތިލުކުރެވޭނެއެވެ.
ޝޯޓް ލިސްޓްކުރުން
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަނަމަ ޝޯޓް ލިސްޓް ކުރެވޭނެއެވެ.
އިތުރު މަޢުލޫމާތު ހޯދުން
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 ދެމެދު 3339291/3339244 ފޯނާއި ގުޅުއްވުން އެދެމެވެ.
02 ޞަފަރު 1441