ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
އޮފިސަރ - އެކައުންޓްސް އެންޑް ފައިނޭންސް

މަޤާމް: އޮފިސަރ

ޑިޕާޓްމަންޓް: އެކައުންޓްސް އެންޑް ފައިނޭންސް

ތަޢުލީމާ ތަޖުރިބާ:

  1. މެނޭޖްމަންޓް ނުވަތަ އެކައުންޓިންގ ގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6ގެ ސަނަދެއް ޙާޞިލްކޮށްފައިވުން  
    1. މަޤާމާއި ގުޅޭ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ޢާމްދަނީގެ ގޮތުގައި ރިސެޕްޝަނަށްލިބޭ ފައިސާއާއި ކޭޝިޔަރ ރިޕޯޓްތައް ޗެކްކޮށް ފައިސާއާއި ހަވާލުވުން.
    1. ޢާމްދަނީގެ ގޮތުގައި ލިބޭ ފައިސާ ދުވަހުން ދުވަހަށް ބޭންކަށް ޖަމާކުރުން އަދި މި ފައިސާ ޖަމާކުރުމަށް ތައްޔާރުކުރި ލިޔެލިޔުންތަކާއި ޑިޕޮސިޓް ސްލިޕް އާސަންދަ ފައިނޭންސަށް ފޮނުވުން.
      1. ޕެޓީކޭޝްއަށް ފައިސާ ދޫކުރުމާއި ޕެޓީކޭޝް ރަޖިސްޓްރީ ބެލެހެއްޓުން. އަދި ޕެޓީކޭޝް ފައިސާ ޚަރަދުކުރެވުނު ގޮތުގެ ތަފްޞީލްތައް ބެލެހެއްޓުން
      2. ކޮންމެ މަހެއް ނިމުމުން ހޮސްޕިޓަލުން ކްރެޑިޓަށް ޚިދުމަތްހޯދާ ފަރާތްތަކަށް ފައިސާ ނުދައްކާ ހުރި ބިލްތަކުގެ އައުޓްސްޓޭންޑިގ ރިޕޯޓްހަދައި އެފަރާތްތަކަށް ފޮނުވައި ބިލްތަކަށް ފައިސާހޯދަން މަސައްކަތް ކުރުން.
      3. ހޮސްޕިޓަލުގެ ތިޖޫރީ ޗެކްކޮށް ބެލެހެއްޓުން އަދި ދުވަހުން ދުވަހަށް ލިބޭ ފައިސާއާއި ޚަރަދުވާ ފައިސާ ތިޖޫރީ ބާކީ ފޮތުގައި ހިމަނާ ތިޖޫރީ ބެލެންސްކުރުން. އަދި ތިޖޫރީ ރިޕޯޓް ތައްޔާރުކުރުން
      4. ޑިޕާޓްމަންޓަށް ލިބޭ ލިޔެކިޔުންތައް ސެކްޝަން އެންޓްރީޔަށްއަޅާއި އަޕްޑޭޓްކޮށް ބެލެހެއްޓުން.

މުސާރައާއި އިނާޔަތް :

މުސާރަ:               5610.00 ރުފިޔާ

ސަރވިސް އެލަވަންސް:      2000.00 ރުފިޔާ

ރިސްކް އެލަވަންސް:       75.00 ރުފިޔާ (މަސައްކަތް ކުރާ ދުވަހަކަށް)

އެޓެންޑެންސް އެލަވަންސް  :84.00 ރުފިޔާ (މަސައްކަތްކުރާ ރަސްމީ ދުވަސްތަކަށް)

       ކުރިމަތިލުމުގެ ސުންގަޑި: 13 އޮކްޓޯބަރ 2019 ވަނަ ދުވަހު މެންދުރު 14:00 ގެ ކުރިން

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީސް (ލޮޓް ނަންބަރ E-01—04 އިރުދޭމާ ހިނގުން، އެންޒީ ބޭކަރީ މަތީ ފަންގިފިލާއަށް ( ހުށަހެޅުއްވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދޭ  ފޯމް ހުޅުމާލެ ހޮސްޕިޓަލްގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ހޮސްޕިޓަލްގެ ވެބްސައިޓް www.hmh.gov.mv އިން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.

  • ވަޒީފާއަށް އެދޭ ފޯމު.
  • ސީވީ.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން
  • އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ޕޮލިސް ރިޕޯޓް

 

ޚާއްޞަ ސަމާލުކަމަށް:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.

ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ހުޅުމާލެ ހޮސްޕިޓަލްގެ 3350134 ، 3350118 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

02 އޮކްޓޫބަރު 2019
ހޯދާ