މުލަކަތޮޅު ވޭވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައިނޭންސް އޮފިސަރ މަގާމަށް މީހަކު ހޯދުން

އިޢުލާން

 

މަޤާމް:

ފައިނޭންސް އޮފިސަރ

މަޤާމް ނަންބަރު:

J-313309

ބޭނުންވާ ޢަދަދު:

01

މަޤާމުގެ ގިންތި:

ޓެކްނިކަލް ސަރވިސް 2

މަޤާމުގެ ރޭންކް:

MS2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މުލަކަތޮޅު ވޭވަށު ކައުންސިލްގެ އިދާރާ

މުސާރަ:

6,295.00 ރުފިޔާ

ސަރވިސް އެލެވަންސް:

2,000.00 ރުފިޔާ

ކޯ އެލަވަންސް:

900.00 ރުފިޔާ

އިތުރު އިނާޔަތްތައް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދޭ ޕެންޝަން ކޮންޓްރިބިއުޝަން
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ހިނގާ އަހަރުގެ ބަޖެޓް ކައުންސިލުން ފާސްކުރުމަށް ހިނގާ އަހަރުގެ ޖެނުއަރީ 05 ގެ ކުރިން ކައުންސިލަށް ހުށަހެޅުން
  2. ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކޮށް ކައުންސިލަށް ހުށަހެޅުން. ބަޖެޓް ތައްޔާރުކުރާއިރު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 97 ވަނަ މާއްދާގެ ހ އިން ދ އާއި ދެމެދު ގެ ބައިތަށް ހިމެނުން
  3. ކައުންސިލްއިދާރާއަށް ބަލައިގަންނަންޖެހޭ އެންމެހާ ފައިސާ ޤަވާއިދާ އެއްގޮތަށް ބަލައިގަތުމާއި ލިބޭފައިސާގެ ދުވަހުފޮތް، ވިކުރާ، އައިޓަމު ބާކީ، ރިޕޯޓްތައް ދުވަހުން ދުވަހަށް، މަހުންމަހަށް ލިޔެ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި ލިބޭފައިސާ ރައްކާކުރުމަށް ތިޖޫރި ޙަވާލުވެހުރި ފަރާތަކާއި ޙަވާލުކުރުން ނުވަތަ ކައުންސިލް އިދާރާގެ ނަމުގައި ހޮޅުވިފައިވާ ބޭންކް އެކައުންޓްތަކަށް ޖަމާކުރުން
  4. ކައުންސިލް މެމްބަރުންނާއި އިދާރާއިން ސީދާކޮށް، ނުސީދާކޮށް ބަލަހައްޓަންޖެހޭ މުވައްޒަފުންނާއި، ރިޓަޔަރ ކުރެވޭ މުވައްޒަފުންގެ މުސާރައާއި އެލަވަންސްދިނުމަށް ހަދަންޖެހޭ މުސާރަ ޝީޓް ހެދުމާއި ހަދަންޖެހޭ ޕޭމަންޓް ވައުޗަރ ހެދުމާއި ޗެކްތައްލިޔެ ސޮއިކުރުވުމާއި މުވައްޒަފުންގެ އެކައުންޓްތަކަށް ފައިސާ ޖަމަޢަކުރުމާއި ތަފުސީލް މުވައްޒަފުންނާއި ހަވާލުކުރުން.
  5. ސަރުކާރުން ނަންގަވާ ޓެކްސްތަކުގެ ތެރެއިން ރަށު ކައުންސިލް އިދާރާ މެދުވެރިކޮށް ނެގުމަށް ސަރުކާރުން ކަނޑައަޅުއްވާ ޓެކްސްތައް ނެގުމާ ސަރުކާރުގެ ކަމާއިބެހޭ އޮފީހަކަށް އެފައިސާއެއް ފޮނުވުމުގެ އެންމެހައި މަސައްކަތްތައް ކުރުން.
  6. ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ ސަރުކާރުގެ، ރައްޔަތުންގެ ތަންތަނަށް ހޯދާ ޚިދުމަތަކަށް، މުދަލަކަށް، އިދާރާ މެދުވެރިވެގެން އެކިފަރާތްތަކާއި ޙަވާލުކުރަންޖެހޭ ފައިސާއާއި ތަކެތި ޤަވާއިދުން ޙަވާލު ކުރުން.
  7. މުދަލު ޒަކާތާއި ފިޠުރު ޒަކާތް ބަލައިގަތުމަށް ބޭނުންވާ ރަސީދުފޮތް ހޯދުމާއި ފައިސާބަލައިގަތުމާއި ފަޤީރުންނާއި މިސްކީނުންގެ ލިސްޓް ހެދުމާއި ޒަކާތަށް ލިބިގެން ބަހަން ޖެހޭފައިސާ ބެހުމާއި ހަދަންޖެހޭ ރިޕޯޓްތައް ހަދާ ފޮނުވަން ޖެހޭ ފަރާތްތަކަށް ފޮނުވުން.
  8. ރަށު ކައުންސިލް އިދާރާގެ މުވައްޒަފުން ނަގާ ކުރެޑިޓް ސްކީމްގެ ކަންކަން ބެލެހެއްޓުމާއި ކައުންސިލް އިދާރާއިން ބަލަހައްޓާގޮތަށް ރަށުގެ ރައްޔަތުން ނަގާފައިވާ ކުރެޑިޓްގެ ރެކޯޑްތައް ބެލެހެއްޓުމާއި ނަގަން ޖެހޭފައިސާ ނަގާ ފޮނުވަންޖެހޭފަރާތަށް ފޮނުވުމުގެ މަސައްކަތް ކުރުން.
  9. ޕެންސަނާއި ވަޒީފާބައިން، އެކަނިވެރި މައިންނާއި ނުކުޅެދޭ މިހުންގެ މާލީ ރަޖިސްޓްރީ ބެލެހެއްޓުމާއި ގެންނަންޖެހޭ އުނިއިތުރު ގެނައުމާ ސަރުކާރުން ދެއްވާ ފައިސާ އެފަރާތްތަކާއި ޙަވާލުކުރުން، ދޫކުރެވޭ ފައިސާގެ ރިޕޯޓްތައް ހަދާ ފޮނުވަން ޖެހޭ ފަރާތް ތަކަށް ފޮނުވުން.
  10. ރަށުކައުންސިލް އިދާރާއިން ވިއްކާލުމަށް، ނީލަން ކިއުމަށް ކަނޑައަޅާ ތަކެއްޗާއި ކައުންސިލް އިދާރާ މެދުވެރިވެގެން، ހަވާލުވެގެން ވިއްކާ ތަކެތީގެ އިދާރީ މަސައްކަތްތައް ކުރުމާއި ލިބޭފައިސާ ފޮނުވަން ޖެހޭ ފަރާތްތަކަށް ފޮނުވުން.

 

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން (އެކައުންޓިންގ ނުވަތަ ފައިނޭންސިންގ ގެ ދާއިރާއިން) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ  ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާޞިލްކޮށްފައިވުން

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި މި އިދާރާއިން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެންގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވެއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެ އިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރުމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ

(ށ) މަތީ ތަޢުލީމުދޭ، ދިވެހިރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓް ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ތަޢުލީމާއި ތަމްރީން %40

ސިވިލް ސަރވިސް ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާން %5

މަސައްކަތު ތަޖުރިބާ

ލިބިފައިވާ ހުނަރު %40

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 13 އޮކްޓޫބަރ 2019 ގެ 13:30ގެ ކުރިން ވޭވަށު ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަށް ވެސް ފޮނުވިދާނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައި ގަނެވޭނެ ދުވަހުގެ މުއްދަތު އިތުރުކުރެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 20 އޮކްޓޫބަރ 2019 އާއި 26 އޮކްޓޫބަރ 2019 އާ ދެމެދު، ވޭވަށު ކައުންސިލް އިދާރާގައެވެ

 

ޝޯޓް ލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުން

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6720035 ނަންބަރު އަށެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.

 

03 ޞަފަރު 1440

02 އޮކްޓޫބަރ 2019

02 އޮކްޓޫބަރު 2019
ހޯދާ