ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުއް ތާޢާވުން މިސްކިތުގެ ސީލިންގް މާރާމާތު ކުރުމާއި، ފުރާޅުން ފެން ފޭބުން ހައްލު ކުރުމަށް ބޭނުންވެއްޖެ

މަސްޖިދުއް ތާޢާވުން މިސްކިތުގެ ސީލިންގް މާރާމާތު ކުރުމާއި، ފުރާޅުން ފެން ފޭބުން ހައްލު ކުރުމަށް ބޭނުންވެއްޖެ

       ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ މަސްޖިދުއް ތަޢާވުން މިސްކިތުގެ ފުރާޅުން ފެން ފޭބުމާ ސީލިންގް މަރާމާތު ކުރުމަށް ބޭނުން ވެއްޖެއެވެ.

       ވީމާ، އެ މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 9 އޮކްޓޫބަރ 2019 ވާ ބުދަ ދުވަހުގެ 13:15 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށް ފަހު 13 އޮކްޓޫބަރ 2019 ވާ އާދީއްތަ ދުވަހުގެ 11:15 އަށް އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދެންނެވީމެވެ.

       މަޢުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުގެ ހުށައެޅުން ބަލައެއް ނުގަނެވޭނެއެވެ.

       އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ސިޓީއުރައަކަށް ލައި ބަންދުކޮށް މަސްޖިދުއް ތަޢާވުން މިސްކިތުގެ ފުރާޅުން ފެން ފޭބުމާ ސީލިންގް މަރާމާތު ކުރުމުގެ އަންދާސީ ހިސާބުކަން އެނގޭގޮތަށް ލިއުއްވައިފައެވެ.

       މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. 

01 އޮކްޓޫބަރު 2019
ހޯދާ