މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ. ފީވަކު ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާދޭނެ ފަރާތެއް ހޯދުން

އިޢްލާން

 

ށ. ފީވަކު ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާދޭނެ ފަރާތެއް ހޯދުން

                  މިރަށުގައި ސަރުކާރުން އަޅުއްވާ ދެއްވާ ފުޓްސަލް ދަނޑުގައި މިހާރު ޖަހާފައިހުރި ފެންސް ނެގުމަށްފަހު، އަލުން ފެންސް ޖަހާ އަދި މިހާތަނަށް ނުނިމިހުރި މަސައްކަތްތައް ނިންމާ ދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި މަސައްކަތްތައް ކުރަންޖެހޭނީ މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައެވެ.

                  ވީމާ، މި މަސައްކަތްކޮށް ދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 07 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 13 އޮކްޓޯބަރ 2019 ވާ އާދީއްތަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

                  މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާންކުރީމެވެ.

25 ސެޕްޓެންބަރު 2019
ހޯދާ