މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޕާކިސްތާން- ސެލްފް ފައިނޭންސް ސްކީމް 2019-2020 އާ ގުޅޭ

ޕާކިސްތާން- ސެލްފް ފައިނޭންސް ސްކީމް 2019-2020 އާ ގުޅޭ

 

        އަމިއްލަ ޚަރަދުގައި ޕާކިސްތާންގެ ޕަބްލިކް ސެކްޓަރ ޔުނިވަރސިޓީތަކުގައި، އެމް.ބީ.ބީ.އެސް، ބީ.ޑީ.އެސް، ފާމަސީ-ޑީ، އަދި ބީ.އެސް.ސީ އިންޖީނިއަރިންގ ޑިގްރީ ޕްރޮގްރާމް ފުރިހަމަކުރުމުގެ ފުރުޞަތު ދިވެހިރާއްޖެއަށް ހުޅުވާލާފައިވާކަމަށް ޕާކިސްތާންގެ އެމްބަސީން ވަނީ އަންގާފައެވެ.

 

 މިކޯސްތަކުގެ ހުރިހާ ޚަރަދެއް ކުރަން ޖެހޭނީ ކޯހުގައި ބައިވެރިވާ ކެންޑިޑޭޓުން އަމިއްލައަށެވެ. އޮންލައިން އެޕްލިކޭޝަން ހުށަހެޅުމާއި، ކޯސްތަކާއި ގުޅޭ އެހެނިހެން ތަފްސީލް www.hec.gov.pk/site/sfs ވެބްސައިޓުން ލިބޭނެ ކަމުގައިވެސް ދެންނެވީމެވެ.

 

އިހްތިޔާރު ކުރައްވާ ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ ޔުނިވަރސިޓީއެއްތޯއާއި، ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުން އެދެމެވެ.  

 

        

30 ސެޕްޓެންބަރު 2019
ހޯދާ