Fuvahmulaku Magistrate Court
Maldives
ތަރުޖަމާނުން ހޯދުމާއިބެހޭ

Cancelled on 29 September 2019 13:23


މިކޯޓަށް ހުށަހެޅި ހިނގަމުންދާ އެކި ބާވަތްތަކުގެ މައްސަލަތަކާއި ގުޅިގެން  ބަސް (އިނގިރޭސި، ބަންގްލަދޭޝް ، އަޑުއިވުމާއި ވާހަކަ ދެއްކުމުން މަހުރޫމުވެފައިވާ މީހުންގެ ބަސް) ތަރުޖަމާކޮށް ދިނުމަށް ތިރީގައި މިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތެއް ބޭނުންވެ އެވެ.

މަސައްކަތް: ޝަރީޢަތުގެ މަޖިލިސްގައި ތަރުޖަމާކުރުން.

ޝަރުޠު:  ބަންގްލަދޭޝް ބަސް ، އިނގިރޭސި ބަސް ، ސައިންގ ލެންގުއޭޖް ރަނގަޅަށް އެނގުން.

      ދިވެހިބަހުން ލިޔެފައިވާ ތަކެތި ކިޔަން އެނގުން.

      ދިވެހިބަހުން ފަރިތަކަމާއެކު ވާހަކަ ދައްކަން އެނގުން.

އެލަވަންސް: ތަރުޖަމާކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ކޮންމެ ގަޑިއަކަށް -/400ރުފިޔާ. (ހަތަރުސަތޭކަރުފިޔާ)

ވީމާ، ތަރުޖަމާކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ދަފްތަރުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، އައި.ޑީ.ކާޑުގެ ކޮޕީ އާއިއެކު ވަނަވަރު 12 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން ފޯނު ނަންބަރު އެނގޭގޮތަށް ލިއުމަކުން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

އަދި ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށްއެދި އެޕްލިކޭޝަން ފޯމާއި ފޯމާއެކު ހުށަހަޅަންޖެހޭ އިޤްރާރު، އައި.ޑީ.ހުށަހަޅާ ލިއުމާއެކު ކާކުކަން އަންގައިދޭ ކާޑުގެ ކޮޕީ އާއި ސީވީ، ތަޢުލީމީ ސެޓްފިކެޓް، އަދި ބިދޭސީއެއްނަމަ ޕާސްޕޯޓް އަދި ވޯކް ޕާރމިޓްގެ ކޮޕީ މި ސިޓީއާއެކު ހުށަހެޅުއްވުން އެދެމެވެ.

29 ސެޕްޓެމްބަރ 2019

29 September 2019
ހޯދާ