ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. އިހަވަންދޫއިން ބަންޑާރަ ގޯތި ދޫކުރުމަށް ކުރި އިޢުލާނަށް 2 ވަނަ އިސްލާޙު ގެނައުން

އިޢުލާން

ހއ. އިހަވަންދޫއިން ބަންޑާރަ ގޯތި ދޫކުރުމަށް ކުރި އިޢުލާނަށް 2 ވަނަ އިސްލާޙު ގެނައުން

        ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ކުރި މިއިދާރާގެ ނަމްބަރ (IUL)248-CAA/248/2019/90 ( 08 ސެޕްޓެމްބަރ 2019 ) ގެ އިޢުލާނަށް ތިރީގައި ދަންނަވާފައިވާ ބަދަލު ގެނެސްފީމެވެ.

        * ޕޮއިންޓް ދިނުމުގެ އުޞޫލަށް ގެނައި ބަދަލު

މިހާރު އޮތް ގޮތް

ބަދަލު ކުރި ގޮތް

1 – ކާވެނީގެ ބައި

(ރ) ކާވެންޏަށްވީ ކޮންމެ އަހަރަކަށް 1 ޕޮއިންޓް

1 – ކާވެނީގެ ބައި

(ރ) ކާވެންޏަށްވީ ކޮންމެ އަހަރަކަށް 1 ޕޮއިންޓް ( މިބައިން އެންމެ ގިނަވެގެން ދެވޭނީ 15 ޕޮއިންޓެވެ.

        * ޕޮއިންޓް ދިނުމުގެ އިތުރު ތަފްޞީލަށް ގެނައި ބަދަލު

1 ގެ (ރ) ގެ ތަފްޞީލް

        ނަމްބަރ 1 (ރ) ކާވެނީގެ މުއްދަތު ގުނުމުގައި 1 ކާވަންޏަށްވުރެ ގިނަ ކާވެނި ކޮށްފައި ވީނަމަވެސް މިހާރު ކާވެނި ކޮށްގެން އުޅޭ ފަރާތް ނޫން ފަރާތަކާއި ކޮށްފައިވާ ކާވެނި ތަކުގެ މުއްދަތު ގުޅައެއް ނުދެވޭނެއެވެ. އަދި ކާވެނީގެ މުއްދަތަށް ޕޮއިންޓް ދެވޭނީ ކާވެންޏެއްގެ މަތީ ދެމިތިބި ފަރާތްތަކަށެވެ.

        ފޯމާއެކު ހުށައަޅަން ޖެހޭ ލިއުންތަކުގެ ބަޔަށް ގެނައި ބަދަލު

މިހާރު އޮތް ގޮތް

ބަދަލު ކުރި ގޮތް

* ފޯމާއެކު ހުށައަޅައި ލިއުންތަކުގެ އަސްލު ގެންނަން ވާނެއެވެ.

* ފޯމާއެކު ހުށައަޅައި ލިއުންތަކުގެ އަސްލު ނުވަތަ އެޓެސްޓް ކޮށްފައިވާ ކޮޕީ ހުށައަޅަން ވާނެއެވެ.

11 – އަނބި، ނުވަތަ ފިރިމީހާގެ ރަށް ނޫން ރަށެއްގައި ދިރި އުޅޭނަމަ، އެރަށެއްގައި ދިރި އުޅޭކަން އަންގައިދޭ ރަށު/ސިޓީ ކައުންސިލުގެ ލިއުން

އަނބި، ނުވަތަ ފިރިމީހާގެ ރަށް ނޫން ރަށެއްގައި ދިރި އުޅޭނަމަ، އެރަށެއްގައި ދިރި އުޅޭކަން އަންގައިދޭ ރަށު/ސިޓީ ކައުންސިލުގެ ލިއުން، ނުވަތަ ވަޒީފާ އަދާ ކުރާ ތަނުގެ ލިއުން (މިލިއުން ގެންނަން ޖެހޭނީ، ދެމަފިރިންގެ ތެރެއިން އެކަކުވެސް އިހަވަންދޫގައި ދިރި ނުއުޅޭ ފަރާތްތަކުންނެވެ.)

        މި ބަދަލުތައް ގެނައި ނަމަވެސް މިހާރު ގޯއްޗަށް އެދި ފޯމު ހުށައަޅާފައިވާ ފަރާތްތަކުން އަލުން ފޯމު ފުރާކަށް ނުޖެހޭނެއެވެ. އަދި ގޯއްޗަށް އެދި ފޯމު ހުށައެޅުމުގެ ސުން ގަޑި ބަދަލެއް ނުވާނެއެވެ.

        މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

25 ސެޕްޓެންބަރު 2019
ހޯދާ