މޯލްޑިވްސް ސެންޓަރ ފޮރ އިސްލަމިކް ފައިނޭންސް ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓަންޓް މެނޭޖަރ - އެކައުންޓްސް

 

އިޢުލާން ނަންބަރ: IUL)MCIF/1/2019/7) 

 

ވަޒީފާގެ ފުރުޞަތު

 

ތިރީގައި މި ދަންނަވާ މަޤާމަށް މިކުންފުންޏަށް މުވައްޒަފަކު ބޭނުންވެއްޖެ އެވެ.

 

މަޤާމް: އެސިސްޓަންޓް މެނޭޖަރ - އެކައުންޓްސް

ބޭނުންވާ އަދަދު  : 1 (އެކެއް)

މުސާރަ: 16,000/-ރ

އެލަވަންސް: 4,000/-ރ

 

 މަޤާމުގެ މަސްއޫލިއްޔަތުތައް:

  1. ޑިޕާޓްމަންޓުގައި ދުވަހުން ދުވަހަށް ނިންމަންޖެހޭ ރިޕޯޓްތައް ތައްޔާރުކުރުން؛
  2. ކުންފުންޏަށް އަންނަ ބިލުތަކާއި ފައިސާ އާއި ގުޅުންހުރި ލިޔުންތައް ރަނގަޅުތޯ ބަލާ އެކައުންޓިން ސިސްޓަމުގައި ރެކޯޑް ކުރަންޖެހޭ އުސޫލުގެ މަތިން ރިކޯޑް ކުރުން؛
  3. ކުންފުނީގެ ޕޮލިސީ ތަކާއި ޕްރޮސީޖަރ ތަކާއި އެއްގޮތްވާ ގޮތުގެ މަތިން ފައިސާ އާއި ލިޔެކިޔުންތައް ރައްކާތެރި ކަމާއި އެކު ބަލަހައްޓައި ފައިލްތައް ތަރުތީބުކޮށް ގެންގުޅުން؛
  4. ކަނޑައަޅާފައިވާ މުއްދަތަށް ނިންމަންޖެހޭ ރިޕޯޓްތައް ނިންމުން؛
  5. އިންޓަރނަލް، އެކްސްޓަރނަލް އަދި އެހެނިހެން އޮޑިޓްތަކުގައި އެހީތެރިކަން ފޯރުކޮށް ދިނުން؛
  6. މާލީ ބަޔާން ތައްޔާރުކުރުމުގައި ޑިޕާޓްމެންޓް ހެޑް އަށް އެހީތެރިވެ ދިނުން؛
  7. ކުންފުނީގެ އެސެޓް ރަޖިސްޓަރ އަޕްޓޭޑްކޮށް ބެލެހެއްޓުން؛
  8. ކުންފުނީގެ މަސައްކަތްތަކަށް އެވަގުތަކު ބޭނުންވާ އެހީތެރިކަން ފޯރުކޮއްދިނުން.

 

ތަޢުލީމީ ފެންވަރާއި ހުނަރު:

  1. ފައިނޭންސް އަދި އެކައުންޓިން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި އެކު މަދުވެގެން 4 (ހަތަރެއް) އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  2. އެކައުންޓިންގ ސޮފްޓްވެއަރތަކަށް އަހުލުވެރިވެފައިވުން
  3. އެކައުންޓިންގ ޑިޕާޓްމަންޓްގައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމުގެ ޤާބިލުކަން ހުރުން.

 

މާލީ އިދާރާތަކުގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ މީހުންނަށް އިސްކަން ދެވޭނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް މިކުންފުނީގެ ވެބްސައިޓް: www.mcif.mv އިން ލިބެން ހުންނާނެއެވެ.)
  2. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  3. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތު އެނގޭނޭ ރަސްމީ ލިޔުމެއް.
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.

 

 

 

02 އޮކްޓޯބަރު 2019 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. 

 

އީމެއިލް މެދުވެރިކޮށް ނަމަ [email protected]  އަށް ފޮނުވުމަށް އެދެމެވެ.

 

ކުންފުނީގެ އެޑްރެސް:

މޯލްޑިވްސް ސެންޓަރ ފޮރ އިސްލާމިން ފައިނޭންސް ލިމިޓެޑް

ހ. ހުދުގަލި، 4ވަނަ ފަންގިފިލާ، ކަރަންކާމަގު

މާލެ، ދިވެހިރާއްޖެ

ފޯން:3008300

އީމެއިލް: [email protected]

 

ނޯޓް: މި މިޤާމަށް އިންޓަވިއުއަށް ކިޔޭނީ ހަމަ އެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

 

 

25 ސެޕްޓެންބަރު 2019
ހޯދާ