މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އިޢުލާން

                                                                   ނަންބަރ:  IUL)MMPRC-PRO/1/2019/70)

                               އިޢުލާން

 އަންދާސީ ހިސާބު ބޭނުންވެއްޖެ

މި ކޯޕަރޭޝަންގެ ފަރާތުން 2020 ވަނަ އަހަރު ބައިވެރިވާ ފެއަރތަކާއި، ރޯޑްޝޯތަކާއި އަދި އެހެނިހެން މާކެޓިންގ ހަރަކާތްތަކުގައި ދިވެހިރާއްޖެ އިޝްތިހާރުކުރުމަށް ބޭނުންވާ ތަކެތި ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު IUL)MMPRC-PRO/1/2019/58)  އިޢުލާނާއި ގުޅިގެން، ބައެއް ތަކެތި ތައްޔާރުކޮށްދިނުމަށް އެށީގެންވާ އަދަދަށް އަންދާސީ ހިސާބު ލިބިފައިނުވާތި، އެތަކެތި ތައްޔާރުކޮށްދިނުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2019 ސެޕްޓެމްބަރ 30ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް، ހ. ޒޮނޭރިޔާ، ދެވަނަ ފަންގިފިލާގައި ހުންނަ މި ކޯޕަރޭޝަންގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2019 އޮކްޓޯބަރ 03ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

               26 މުޙައްރަމް 1441ހ.

               25 ސެޕްޓެމްބަރ 2019މ.                

 

 

25 ސެޕްޓެންބަރު 2019
ހޯދާ